ރިޔާސީ އިންތިހާބަށްފަހު މަޖިލިސް ފެށޭއިރު، ބޮޑު އަގުލަބިއްޔަތެއް ކޯލިޝަންގައި އޮންނާނެ ކަމަށާއި ކޮންމެހެން ނޮވެމްބަރު 17 ނުވަތަ ނޮވެމްބަރު 11 ގައި ވެރިކަމާ ހަވާލުވާން ތިބޭކަން ނުޖެހޭނެ ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމު މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވާ އިބޫ ވިދާޅުވީ މިހާރު ވެސް މަޖިލީހުގެ މެޖޯރިޓީ އޮތީ ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަނަށް ކަމަށާއި އިންތިހާބަށްފަހު މަޖިލިސް ހުޅުވުމާއެކު، ބޮޑު މެޖޯރިޓީއަކާއެކު ގާނޫނުތަކަށް ބަދަލުތަކެއް ގެންނަން ފަށާނެ ކަމަށެވެ.

"އެހެންވީމަ އެ ހިސާބުން މަސައްކަތް ފެށޭނެ. އެގޮތުން ވެރިކަމުގެ ނިޒާމު ހަރުދަނާ ކުރަން ގާނޫނުއަސާސީއަށް އިސްލާހުތަކެއް ގެންނަން އިދިކޮޅު ޕާޓީތަކުން އެއްބަސްވެފައިވާނެ. ޕާޓީތަކުގެ ލެޖިސްލޭޓިވް އެޖެންޑާގެ ދަށުން 20 އަށް ވުރެ ގިނަ ގާނޫނުތަކަށް ބަދަލު ގެންނާނެ" އިބޫ ވިދާޅުވިއެވެ.

ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއް ދަމަހައްޓާނެ ގޮތާއި ވެރިކަން ރޫޅިގެންދާނެ ގޮތް ގާނޫނެއްގައި ނުވަތަ ގާނޫނު އަސާސީގައި ބަޔާން ކުރުމަށް ޕާޓީތަކުން އެއްބަސްވެފައިވާ ކަމަށާއި ގާނޫނުއަސާސީއަށް އެ ބަދަލު ގެނައުމުގެ ކުރިން ގާނޫނެއް ހަދާނެ ކަމަށް އިބޫ މީގެ ކުރިން ވިދާޅުވެފައިއެވެ.

"ހިޔާލުތަފާތުވުންތަކެއް އުފެދިދާނެތީ، އިދިކޮޅު ޕާޓީތަކުން މަސައްކަތް ކުރަނީ "ދެބަސްވުމަށް އެއްބަސްވެގެން" އިބޫ ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބަށް މަހަކަށް ވެފައިވާއިރު ކެންޕެއިންގެ ފޯރިވެސް ދަނީ ގަދަވަމުން ނެވެ. އިންތިހާބުގައި ވާދަ ކުރައްވާ ދެ ކެންޑިޑޭޓުން ގިނަ ވައުދު ތަކެއް ދަނީ ރައްޔިތުންނަށް ވަމުންނެވެ.

މިއަހަރު އޮންނަ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ 23 ސެޕްޓެމްބަރުގައެވެ. ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި ދެފުއް ފެންނަށް އިންތިހާބަކަށް ހެދުމަށް ސަރުކާރުން އަނަނީ މަސައްކަތް ކުރަމުނެވެ. އަދި އިންތިހާބު މިނިވަންކަމާއި އަމާން ކަމާއެކު ކެންޕެން ކުރެވޭނެ މާހައުލެއް ގާއިމު ކުރުމަށް ވެސް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ހެދުމަށް އެ ކޮމިޝަންގެ މެންބަރުން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ފާއިޒް

    ކަލޯ ކަލެއަށް މާގިނައިން ހުވަފެން ފެންނަނީދޯ .. ހާދަ ހިތްވެސް މޮޅު ބުރާންތިއެކޭމީ...

  2. ސިޔާސީ

    އަޅެފަހެއަޖާބު ވެއްޖެ ވަހީދު ސަރުކާރުން ފެސިގެން ވެކަމާހަވާލުވާ ވާހަކަ ދައްކަނީ މިމީހުން ހާދަ ބޭނުން ވެގެނޭ ތިއުޅެނީ

  3. ކޮއްޓި

    ތިޔައީ ހަމަ އެމްޑީޕީ މީހުންގެ ވައްތަރު ޔާމީނުގެ ވެރިކަންވެސް އެމީހުން ކިތައްފަހަރު ވެއްޓި ހަމަ މިބީދައިން ވެރިކަމާވެސް ހަވާލުވާން އިބޫބެ ކެތްމަދުވެފަ ވެރިކަންލިބުމާއި އެކު މި މީހުން ގައުމައް ކިނެއްބާ ހަދާނީ .........

  4. ދޮންކަނބުލޮ

    އެހެން ވިމާ ކަލޯ މިހާރު ތިހުރީ ވެރިކަމުގައިދޮތަ؟؟؟؟؟؟؟؟؟؟؟؟

  5. އައިޝް

    ކަލޭނޭ ވެރިކަމުގެ ތަޙްތު ފެންނަހެން ހީވީތަ! ކަލޭމެން ބުނި ރޯދަ ހިފާނީވެސް އެހެން ވެރިކަމަކުއޭ. މޮޔަވެފަ

  6. ދިވެހި ދަރިއެއްގެ އަމާ

    ވަގުން ބޭނުން އިރަކު ބޭނުން ޤާނޫނެއް ބަދަލުކުރުން މައްސަލައަކަށްނުވި.

  7. ކިނބޫ

    މިހާރު ވެސް ހަވާލު ވާންވީނު

  8. ހިންނަވަރު ހޮޅުއަށި

    އެހެންވިއްޔާ ކަލެޔާ ވެރިކަން ޙަވާލުކޮށްފިން! އާދޭ ހިންނަވަރަށް ވެރިކަމުގެ ހުވާކުރަން.