ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ މަންމާފުޅުގެ ހަނދާނުގައި ހުޅުމާލޭގައި މިސްކިތެއް ހުޅުވައިފިއެވެ.

"މަސްޖިދުލް ވާލިދައިން" ނަމުގައި ހުޅުމާލެ ރެހެންދި ސްކޫލް ކައިރީގައި ހަދާފައިވާ އެ މިސްކިތް މިއަދު އަސްރު ނަމާދުގެ ވަގުތުގައި ހުޅުވައިދެއްވީ ރައީސް އަބްދުﷲ ޔާމީނެވެ.

މެޑަމް ފާތުންގެ މަންމާފުޅު އައިޝަތު މޫސާ އަވަހާރަވީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އެކަމަނާގެ މަންމާފުޅު އަވަހާރަވިއިރު އުމުރުފުޅަކީ 80 އަހަރެވެ.

މިސްކިތް ހުޅުވުވައިދެއްވުމަށްފަހު ރައީސް ޔާމިން ވަނީ އެ މިސްކިތުގައި އަސްރު ނަމާދު ކުރައްވާފައެވެ. ނަމާދުގައި މެޑަމް ފާތުން ވެސް ބައިވެރިވެވަޑައިގަތެވެ. އެ މިސްކިތް ހުޅުވުމަށް ބޭއްވި ކުޑަ ހަފްލާގައި ސަރުކާރުގެ އިސްވެރިންނާއި، މަޖިލީސް މެންބަރުން ބައިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހެޕީ

    މެޑަމު ކޮންތާކުން ހޯއްދެވި ފައިސާއަކުންތޯ މިސްކިތް އެޅުއްވީ އެބަ ސުވާލުކުރޭ މިއުޅޭ ރީނދޫހުމުގެ ކުދިން.. ދަޢުލަތިގެ ކުންފުނިތަކުގެ މުވައްޒަފުންނެރެގެންނޯލަ އީދަށް ތިޔަތަން ހުޅުވާށޭ ކިޔާފަ މަސައްކަތްކުރުވީ.. ނިކަން ވަރުގަދަ ރައްދެއްދީ އެކުދިންގެ އަނގަޔަށް މަލަރެއް ޖަހަން ބޭނުން

  2. ތިއްތި

    ވ ނާ އިންސާފު

  3. ނަންްްްްް

    ލައްކަ ސަވާބު
    ޚަރަކު ކުރި ފައިސާ ހަލާލު ނަމަ

  4. ކުރަފިބޯ

    ރާއްޖެއަށް ލިބޭ ހުރިހާ ޑޮލަރެއް ޚަރަދުކޮށްގެން މިއޮތް ކުދި ރަށްތަކުގައި މިސްކިތް އަޅާ ފުރާލީމަ އެ ދެން ވެ ނިމުނީދޯ؟

    • މިސްކިތް

      ބުދު ނުބެހެއްޓުނީމަ ރުޅި އައީ ދޯ؟

  5. ނައިސް

    ތިއަށް ކިޔަނީ ދެއްކުންތެރިކަމޭ