ވަގުތުގެ ކިޔުންތެރިންނަށް ބައިވެރިވެވޭ ގޮތަށް ކުރިޔަށް ގެންދާ މި ކަވަރޭޖަށް، އެ ކިޔުންތެރިއަކު ހުރި ރަށެއްގައި ހިންގަމުންދާ ކަންތައްތަކުގެ ފޮޓޯ އާއި އެކަމާ ގުޅޭ ޚަބަރު، ބޮޑު އީދަށް ވަގުތުން ހާއްސަ ކޮށްފައިވާ ވައިބާރ ނަންބަރު 9694948 އަށް ފޮނުވޭނެ.

00:08

ވިލިމާލޭގައި މިރޭ ކުރިއަށް ދިޔަ އީދު ޝޯވ ގެ ތެރެއިން

22:59

ވިލިމާލޭގައި މިހާރު ކުރިއަށްދާ އީދު ޝޯވ -- ވަގުތު އިމޭޖެސް: މުޙައްމަދު ޖިމީ

22:39

ކ. ކާށިދޫގައި ޔުނައިޓެޑް މުޝްތަރީގެ ފަރާތުން އިންތިޒާމުކޮށް ހިންގާ ބިރުވެރި ހޮހޮޅަ،

22:28

އަޟްޙާ އީދުގެ މުނާސަބަތުގައި އިނގުރައިދޫގައި މިއަދު ކުރިއަށްދިޔައީ މާލި ޕެރޭޑެއް. މި ހަރަކާތުގައި ތަފާތު ވައްތަރުގެ މާލިތައް ފެނިގެން ގޮސްފައިވޭ. (ފޮޓޯ: އިއްސެ)

21:42

ކ.ހިންމަފުށީގައި މިއަދު ބޭއްވި ކޯޑި ކެންޑުމުގެ ކުޅިވަރުގެ ތެރެއިން. (ފޮޓޯ: ވިޒިޓް ހިންމަފުށި މޯލްޑިވްސް)

21:38

ބ، ކަމަދޫގައި މިއަދު ހަވީރު ކުރިއަށް ދިޔަ ބައެއް އީދު ކުޅިވަރު ތަކުގެ ތެރެއިން...

21:35

ށ. ކަނޑިތީމުގައި މިހާރު ކުރިއަށް ދަނީ އާއްމުންނަށް ހުޅުވާލައިގެން ބޭއްވޭ ބާބެކިއު ނައިޓެއް

21:33

ށ. މަރޮށި ކައުންސިލްގެ ފަރާތުން ރައްޔިތުންނަށް ވަނީ މިރޭ ޖާފަތެއް ދެއްވާފައި

18:35

ށ. ކަނޑިތީމުގައި ކުރިއަށް ދިޔަ "ނިލަމެހި މަސްރޭސް"

18:34

ހއ. ފިއްލަދޫގައި ކުރިއަށްދިޔަ އަންހެނުންގެ ދަނޑި ޖެހުން...

18:33

ލ. މާވަށުގައި ކުރިއަށް ދިޔަ ކުޑަކުދިންގެ ކުޅުވަރު ތަކުގެ ތެރެއިން..

17:54

ހިއްޗަށް ވަޑައިގަތުމަކީ ހދ.ކުޅުދުއްފުށީގައި ޒަމާނުންސުރެ ކުޅެމުން އަންނަ ސަގާފީ ކުޅިވަރެއް. މިއަދު ހަވީރުވެސް މި ސަގާފީ ފުރިހަމަ ހަރަކާތްތައް ކުޅުދުއްފުށިން ފެނިގެން ގޮސްފައިވޭ. (ފޮޓޯ: އިބްރާހީމް މުޙައްމަދު)

17:44

ހދ.ކުޅުދުއްފުށީގައި މިއަދު ހަވީދރު ވަނީ އީދު ކުޅިވަރުތައް ކުރިއަށް ގެންގޮސްފައި. އެގޮތުން "ބޮޑު ފައިވާން" އަކީވެސް ފާހަގަކޮށްލެވޭ ކުޅިވަރެއް.

ބޮޑު ފައިވާން - ވަގުތު އިމޭޖަސް: އިބްރާހީމް މުޙައްމަދު

17:36

ރ.މީދޫ އަންހެން ކަނބަލުންގެ ކޯޑި ނަގާފައިވަނީވެސް މިއަދު. މިއީ ޒަމާނުންސުރެ މީދޫ ރައްޔިތުން ކުޅެމުން އަންނަ ސަގާފީ ކުޅިވަރެއް. (ފޮޓޯ: އީސަ)

17:24

ށ.ނަރުދޫގައި މިއަދު ކުރިއަށް ގެންދިޔަ ކޯޑި ކުޅިވަރުގެ ތެރެއިން . (ފޮޓޯ: އާދަމް އަޒްހާން)

17:19

މިއަދު ލ.މާބައިދޫގައި ކުރިއަށްދިޔަ ކުޅިވަރުތަކުގެ ތެރެއިން "ކޯޑި" (ފޮޓޯ: އިކްރާމް)

16:23

ލ. މާވަށުގައި ކުރިއަށްދާ ކުޑަކުދިންގެ ކުޅިވަރުތައް

16:01

އީދު ކުޅިވަރުގެ ތެރެއިން ހދ. ކުރިނބީގައި މިއަދު މެންދުރު ކުރިއަށްދިޔައީ ޓާސްކް ރޭހެއް. މިރޭހަކީ އަންހެން ކަނބަލުންނަށް ޙާއްޞަކޮށްގެން ކުރިއަށް ގެންދެވުނު ކުޅިވަރެއް. (ފޮޓޯ: ފައްތާހު)

15:55

ވަޅު އީދު ދުވަހު ލ.މާބައި ވަރަށް ފޯރިއާއެކު ފެނާއި، ކުލަ ޖެހުމުގެ ހަރަކާތްތައް ކުރިއަށްދިޔަ. މިއީ ރަށުގެ ރައްޔިތުން ވަރަށް އެކުވެރި މަޖާ މާހައުލެއްގައި ކުރަމުން އަންނަ ކަމެއް. (ފޮޓޯ: ފަޒީލް)

13:17

ބ. ކަމަދޫގައި ކުރިއަށް ދާ އީދު ކުޅިވަރު ތަކުގެ ތެރެއިން -- ފޮޓޯ: ފާއިޒް

11:55

އއ. މާޅޮހުގައި އިއްޔެ ހަވީރު ކުރިއަށްދިޔަ ކޯޑި ނެގުމުގެ ހަރަކާތުގެ ތެރެއިން

ފޮޓޯ: މުޙައްމަދު ޔާމީން

11:53

މަކުނުދޫގައި މިހާރު ކުރިއަށްދަނީ އަންހެނުންގެ ވާ ދެމުމުގެ މުބާރާތުގެ ފައިނަލް

11:52

ނ. ލަންދޫ ކައުންސިލް އީދު އުފާ - ވާ ދެމުމުގެ މުބާރާތް

11:10

ހއ. ތަކަންދޫގައި މިހާރު ކުރިއަށް ދަނީ ގޯނި ރޭސް

11:00

މިހާރު ހއ. ތަކަންދޫގައި ކުރިއަށްދަނީ ވާ ދެމުމުގެ މުބާރާތެއް. މި ކުޅިވަރަކީވެސް ފޯރިގަދަ ކުޅިވަރެއްކަން ފާހަގަ ކޮށްލެވޭ.

10:24

ހދ. މަކުނުދޫގައި މިހާރު ކުރިއަށްދާ ވާ ދެމުމުގެ މުބާރާތް.

09:06

ށ. މަރޮށީގައި އިއްޔެ ވަނީ މަސްރޭހެއް ބާއްވާފައި. އިއްޔެ މެންދުރު ފަހު 1:30 ގައި މަސްރޭހަށް ފުރުމަށްފަހު ބައިވެރިން ރަށަށް އައިސްފައިވަނީ ރޭ 9 ޖެހިއިރު.

00:21

ރ.މީދޫގައި މިރޭ ކުރިއަށްދިޔަ ހަރަކާތްތަކުގެ ތެރެއިން "ޒޮންބީސް ނައިޓް" (ފޮޓޯ: އީސަ)

 

00:11

ނ.ވެލިދޫގައި މިއަދު ހަވީރު ތުއްތު ކުދިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ އީދު ކުޅިވަރުގެތަކުގެ ތެރެއިން. (ފޮޓޯ: ބައޯކަލޯ)

00:03

މިރޭ ހދ.ނޭކުރެންދޫގައި ކުރިއަށްދިޔަ އީދު ޝޯގެ ތެރެއިން. (ފޮޓޯ: މުޙައްމަދު ޒާހިރު)

23:55

ނ.ކެނދިކުޅުދޫގައި މިރޭ ކުރިއަށްދިޔައީ ފިރިހެނުންގެ ކޯޑި ނެގުމާއި، ބޮޑުބެރުގެ ޝޯއެއް. ފޮޓޯ: ވިންކް އަ ޕިކް

23:43

ކ.ގުރައިދޫގައި މިވަގުތު ކުރިއަށްދާ އީދު ޝޯގެ ތެރެއިން. މި ޝޯ އިންތިޒާމް ކުރަނީ "ދަ ވޯލް" އިން. (ފޮޓޯ: ވިސާމް)

23:18

މިރޭ ހއ.ތަކަންދޫގައި ކުރިއަށްދިޔަ އީދު ޝޯގެ ތެރެއިން.

22:29

ވިލިމާލޭގައި މިރޭ ކުރިއަށް ދިޔައީ ބޮޑުމަހުގެ ކުޅިވަރެއް. މި އިވެންޓަށް ބޮޑު ތަރުުހީބެއް ލިބިފައިވާކަން ފާހަގަ ކޮށްލެވޭ.
ވަގުތު އިމޭޖެސް: މުޙައްމަދު ޖިމީ

21:00

ނ. ވެލިދޫގައި ކުރިއަށްދާ އެމްއެޗް އީދު ކުޅިވަރު ގެ ތެރެއިން ވާދެމުން...

19:45

ށ. ފުނަދޫގައި ކުރިއަށް ދިޔަ ފިރިހެނުންގެ ކޯޑި -- ވީޑިއޯ: ފުނަދޫ ލައިވް

18:58

އީދުގެ މުނާސަބަތުގައި މިއަދު ހަވީރު ކ.ގުރައިދޫގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން.

18:47

މިރޭގެ އީދު ޝޯއަށް ފިލްމީ ތަރި އައްޒަ ރ.މަޑުއްވަރީގައި. (ފޮޓޯ: މަޑުއްވަރީ އޮންލައިން)

 

18:21

ވިލިމާލޭގައި ކުރިއަށްދާ ކުޑަކުދިންގެ ހަވީރު - މި އިވެންޓަށް ގިނަ ބައެއްގެ ތަރުޙީބު އަންނަނީ ލިބެމުން --
ވަގުތު އިމޭޖެސް: މުޙައްމަދު ޖިމީ

18:12

ލ. މާވަށުގައި ކުރިއަށްދިޔަ ކުޑަކުދިންގެ ފައިގަތަޅާ އިވެންޓް

17:34

ހދ.ކުޅުދުއްފުށީ މަށިމާލި ޕެރޭޑް ކުރިއަށްދަނީ. މި ޕެރޭޑަކީ ކޮންމެ އީދެއްގައި ކުޅުދުއްފުށީގައި ފެނިގެންދާ ހަރަކާތެއް. (ފޮޓޯ: އިބްރާހީމް މުޙައްމަދު)

17:19

ދ.ހުޅުދެލީގައި މިވަގުތު ކުރިއަށްދަނީ މަސްރޭސް. މި މުބާރާތުގައި ހަތަރު ޓީމަކުން 40 މަސްވެރިން ބައިވެރިވެފައިވާއިރު، 150 މަސް ބާނާފައިވޭ. މުބާރާތުގައި ބައިވެރިވެފައިވާ ޓީމް އެވަރގުޑް އިން 50ކ ގެ މަސް ބާނާފައިވާއިރު، ލަބަރި ޓީމުން 42.5ކ ގެ މަސް ބާނާފައިވޭ. ޓީމް ކަލާޔާނުލާއަށް 27ކ ގެ މަސް ބޭނުނުއިރު ފެނަކައަށް ބޭނިފައިވަނީ 17ކ ގެ މަސް.

17:11

ހއ. ތަކަންދޫގައި މިހާރު ކުރިއަށްދާ މާލި ޕެރޭޑްގެ ތެރެއިން.

16:35

ރ.މީދޫ ހުޅަނގު އަވަށު އީދު އުފާ - ނައުކޮޅަށް ފައިބާވަޑައިގަތުން (ފޮޓޯ: އީމާން މުޙައްމަދު)

16:12

ހއ. ތަކަންދޫގައި އޮންނަ މާލި ޕެރޭޑަށް މާލިތައް މިހާރު ދަނީ ތައްޔާރު ކުރަމުން

15:53

ރ. އުނގޫފާރުގައި ކުރިއަށްދިޔަ ހަރަކާތް ތަކުގެ ތެެރެއިން - ފިރިހެނުން ބިލެއް އެޅުން

15:42

ރ. މަޑުއްވަރީގައި ހުޅަނގާއި އިރުމަތީ އަވަށް ގުޅިގެން ކުރިއަށް ގެންދިޔަ ޢީދުގެ ބައެއް ހަރަކާތްތައް -- ފޮޓޯ އިބްރާހިމް ޝަރީފް

15:36

ގއ. ގެމަނަފުށީގައި ކުރިއަށްދިޔަ އީދު ހަރަކާތްތަކުގެ ތެރެއިން ގެމަނަފުށީ ފިރިހެނުންގެ ކޯޑި - މި ކުޅިވަރު ބަލައިލުމަށް ގެމަނަފުށީ ކުދިބޮޑު ގިނަ އަދަދެއްގެ ބަޔަކު ވަނީ ޖަމާވެފައި -- ފޮޓޯ: ޖަމީލް އުސްމާން / ފޭސްބުކް

15:32

ރ. މަޑުއްވަރީ ހުޅަނގު އަވަށު އީދު ކުޅިވަރުތައް. ފޮޓޯ - މަޑުއްވަރި އޮންލައިން

15:17

ބ. ކަމަދޫ އިން އީދުގެ ހަރަކާތްތައް

14:32

ހއ. ތަކަންދޫ ފިރިހެނުންގެ ދަފި ލުމުގެ ހަރަކާތުގެ ތެރެއިން...

13:23

ތ. ކިނބިދޫގައި ކުރިއަށް ދިޔަ މާލި ޕެރޭޑްގެ ތެރެއިން..

12:56

12:53

ރ.މަޑުއްވަރީ ހުޅަނގު އަވަށު މީހުން އީދު އުފަލުގައި ކޯޑީ ކުޅުން މިހާރު ކުރިއަށްދަނީ. މި ފޯރިގަދަ ހަރަކާތުގައި ރަށުގެ އަންހެން އަދި ފިރިހެން ބޭފުޅުންގެ އިތުރުން ކުދި ބޮޑު އެންމެހާ ރައްޔިތުން ދަނީ ބައިވެރިވަމުން. (ލައިވް ވީޑިއޯ: މަޑުއްވަރީ އޮންލައިން)

12:53

ރޭ ކ. މާފުށީގައި ކުރިއަށް ދިޔަ ޝޯވ ގެ ތެރެއިން...

12:22

ލ. މާމެންދޫގައި ވަަރަށް ފޯރިއާއި އެކު ވާދެމުމުގެ ކުޅިވަރުވެސް ވަނީ ކުޅެފައި.

ފޮޓޯ: މުޙައްމަދު ޝިޔާޒް

12:16

އީދުގައި ބ. ކަމަދޫގައި ކުރިއަށް ދިޔަ ބައެއް ހަރަކާތްތައް.

ފޮޓޯ: އަލީ ޝަފީޤް / ފޭސްބުކް

12:10

12:09

ނ. ލަންދޫ ކައުންސިލް އީދު އުފާ - އަންހެނުންގެ ސްޕޯޓްސް މީޓް

12:03

މަޝްހޫރު ތަރި ސުނީތާ ވަނީ އަވައްޓެރި ސްރީލަންކާގައި ރޭ ޝޯވ އެއް ދީފައި

12:03

ހއ. ތަކަންދޫގައި ކުރިއަށްދިޔަ ފިރިހެނުންގެ ދަފި ލުމުގެ ހަރަކާތް

ފޮޓޯ: ރިއްފަތު

12:01

ލ. މާމެންދޫގައި ބޭއްވި މަސްހުނި މޮޑުމުގެ މުބާރާތުގެ ތެރެއިން...

ފޮޓޯ: މުޙައްމަދު ޝިޔާޒް

މި މުބާރާތުގައި 3 ޓީމު ބައިވެރި ވެފަައިވާއިރު މުބާރާތުގެ އެއްވަނަ ޓީމަކަށް ހޮވިފައިވަނީ "ޓީމް ނުބޮނާނެން"

11:14

ލ. ފޮނަދޫ ކުރިގަމު އަވަށުގައި މިއަދު ކުލަޖެހުން ކުރިއަށް އެބަދޭ.

ފޮޓޯ: ހުސެއިން ޝަރީފް

10:51

ނ. ލަންދޫގައި ކުރިއަށްދާ އަންހެނުންގެ ސްޕޯޓްސް މީޓް

10:50

10:50

10:48

މިހާރު ލ. މާމެންދޫގައި ކުރިއަށް ދަނީ ބޮޑެތި މީހުންގެ ފައިގަތަޅާ ކުޅުން.

ފޮޓޯ: މުޙައްމަދު ޝިޔާޒް

10:00

ހ.ދ މަކުނުދޫގައި ކުރިއަށް ދަނީ މަކުނުދޫ ޔޫތު މޫވްމެންޓް ގެ ފަރާތުން އިންތިޒާމުކޮށް ހިންގާ ޓާސްކް ރޭހެއް.

ފޮޓޯ: އެމް ވައި އެމް

 

09:49

"އެމް.އެޗް އީދު ކުޅިވަރު 1439" ގެ ނަމުގައި ނ.ވެލިދޫގައި ރޭ ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން ހަވާ އެރުވުމާއި، އަންހެން އަދި ފިރިހެން ވާ ދެމުމުގެ މުބާރާތް. (ފޮޓޯ: ބައޯކަލޯ)

09:46

އަޟްޙާ އީދުގެ މުނަސަބަތުގައި ރޭ ނ.ވެލިދޫގައި ކުރިއަށްދިޔަ ޝޯގައި "ނިވައިރޯޅި 2" ގެ ފަރި ހަރަކާތްތައް ފެނިގެންދިޔައިރު، ޝޯ ހޯސްޓް ކޮށްފައިވަނޫ މަޝްހޫރު ޕްރެޒެންޓަރ މޫސާ ވަސީމްގެ އިތުރުން ޖުމައްޔިލް، މުއާޒް އަދި އާތިކް (މަރޫ). (ފޮޓޯ: ބައޯކަލޯ)

09:27

ލ. މާމެންދޫގައި މިހާރު ކުރިއަށް ދަނީ ފައިގަތަޅާ މުބާރާތެއް. މި މުބާރާތަކީ މާމެންދޫ ކައުންސިލް އިން އިންތިޒާމްކޮށް ހިންގާ ކުޅިވަރެއް. މި ކުޅިވަރުގައި 4 ޓީމު ބައިވެރިވެފައިވޭ.

ފޮޓޯ: މުޙައްމަދު ޝިޔާޒް
ފޮޓޯ: މުޙައްމަދު ޝިޔާޒް

08:57

އިނގުރައިދޫއަކީ ފޯރީގައި އަޟްޚާ އީދު ފާހަގަ ކުރަމުންދާ ރަށެއް. އީދު ކުޅިވަރުގައި އެރަށުގެ އެކި އުމުރުފުރާގެ ރައްޔިތުން ދަނީ ބައިވެރިވަމުން. (ފޮޓޯ: އިއްސެ)

08:42

08:41

ކ.ގުރައިދޫގައި އަޟްޙާ އީދުގެ މުނާސަބަތުގައި މިއަދުގެ ހަރަކާތްތައް ފެށިގެން މިދަނީ އަންހެނުންގެ ހޭންޑް ބޯލް މުބާރާތަކުން. އީދު ދުވަހެކޭ އެއްގޮތަށް ވަޅުއީދު ދުވަހުވެސް ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ރޭވިފައިވޭ.

ފޮޓޯ: ޢަލީ ވިސާމް

08:27

އީދުގެ ދެވަނަ ދުވަހަށް އިރު މަރުހަބާ ކިޔައިގެން އައިއިރު، ދިވެހިން މިދަނީ އީދުގެ ފުރިހަމަ އުފާތައް ލިބިގަންނަމުން. ސަގާފީ އަދި ޒަމާނީ ކުޅިވަރުތައް ހިމެނޭގޮތަށް މިއަދުވެސް ގިނަ ކުޅިވަރުތަކެއް ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ރޭވިފައިވާކަން ފާހަގަ ކޮށްލެވޭ.

23:49

ކ، ގުރައިދޫގައި ކުރިއަށްދާ އީދު ޝޯވ އިންތިޒާމް ކުރަނީ އެރަށުގެ މަޝްހޫރު ރެސްޓޯރަންޓެއް ކަމަށްވާ "ދަ ވޯލް" އިން. މި ޝޯވގައި ބޮޑުބެރުގެ ހަރަކާތްތައް ފެނިގެން ގޮސްފައިވޭ.

ވަގުތު އިމޭޖެސް: އަލީ ވިސާމް

23:05

ތަކަންދޫގައި މިރޭ ކުރިއަށް ދިޔަ ރޭގަނޑު ގެ ކެއުމުގައި ރަށުގެ ކުދި ބޮޑު އެންމެހާ ފަރާތްތަކުން ވަނީ ބައިވެރި ވެފަ.

ފޮޓޯ : ކިޔުންތެރިއެއް
ފޮޓޯ : ކިޔުންތެރިއެއް

22:22

ސީކް ޖަމިއްޔާގެ ފަރާތުން އިސް ނަގައިގެން ބ. ކެންދޫގައިވެސް ސްޓޭޖް ޝޯވ އެއް ކުރިއަށް އެބަ ދޭ.

22:03

ހުޅުމާލޭގައި ކުރިއަށްދާ "އެޗްޑީސީ އީދު އުފާ" ޝޯވ ގެ ތެރެއިން. މި ޝޯވ ގައި ޗިޅިޔާ ބޮޑުބެރު ގްރޫޕާއި ހުޅުމާލޭ އަންހެން ކަނބަލުންގެ ހަރަކާތްތައް ފެނިގެން ދާނެ

22:00

ކ. ކާށިދޫގައި ވެންޗަރ ކްލަބުން އިންތިޒާމުކޮށް ކުރިއަށްގެންދާ އީދު ޝޯވ ފަށާފައި ވަނީ ބަނޑިޔާ ލަވައަކުން. މި ޝޯވ ގައި ފިލްމީ ތަރި މަރިޔަމް އައްޒަ ބައިވެރިވާ ކަން ފާހަގަ ކޮށްލެވޭ.

21:51

ފ. ނިލަންދޫގައި މިހާރު ކުރިއަށް ދަނީ އަންހެނުންގެ ވާ ދެމުމުގެ މުބާރާތެއް. މިއީ ފ. ނިލަންދޫ ކައުންސިލުން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ މުބާރާތެއް.

ފޮޓޯ: އަބްދުﷲ ޝައްމޫން

21:49

ކ. ދިއްފުށީގައިވެސް އީދު ޝޯވއެއް ފަށައިގެން ކުރިއަށް އެބަ ދޭ. މި ޝޯވ އަކީ ދިއްފުށީ އީދު ފޯރި ކޮމިޓީއިން އިސް ނަގައިގެން ކުރިއަށް ގެންދާ ޝޯވއެއް.

ފޮޓޯ: އަޙްމަދު ނާޝިޒް

21:12

ކ. ދިއްފުށީގައި މިހާރު ދަނީ ހަވާއަރުވަމުން

ފޮޓޯ: ޒައިނާ

21:07

ހުޅުމާލޭގައި އީދު ޝޯ ފަށަން ވަނީ ތައްޔާރުވެފައި.

ވަގުތު އިމޭޖެސް: މުޙައްމަދު ޖިމީ

21:02

ހއ. ތަކަންދޫގައި މިރޭ އޮތް ކެއުމަކަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ދަނީ ވަމުން

19:16

ހުޅުމާލޭގައި މިއަދު ހަވީރު ބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިން. މި ހަވީރުގައި ބޮޑުބެރުގެ ހަރަކާތްތަކުގެ އިތުރުން ހުޅުމާލޭ އަންހެން ކަނބަލުންގެ ސަގާފީ ހަރަކާތައް ފެނިގެން ގޮސްފައިވޭ. މި ކުޑަކުދިންގެ ހަވީރު ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަންބިކަނބަލުން ފާތިމަތު އިބްރާހީމް ވަނީ ބައިވެރިވެވަޑައިގެންފައި.

ފޮޓޯ" މުޙައްމަދު ޖިމީ

18:30

ފިހާޅޮހި އައިލެންޑް ރިޒޯޓުގައި އީދު ފާހަގަ ކުރުމުގެ ބައެއް ހަރަކާތްތައް

ފޮޓޯ: ފާތިމަތު ޒުހުދާ

17:56

ހއ. ކެލާގައި ކުރިއަށް ދިޔަ ދަފިނެގުން، މަލިކު ދަނޑި، އަދި މާލި ދަނޑީގެ ހަރަކާތްތައް

ފޮޓޯ: ޒަހުވާން

17:49

ގއ. ގެމަނަފުށީގައި ކުރިއަށް ދިޔަ މާލި ޕެރޭޑްގެ ތެރެއިން...

ފޮޓޯ: އެމްޕީ ޖަމީލް އުސްމާން / ފޭސްބުކް

17:42

ކ. ދިއްފުށީގައި މިހާރު ކުރިއަށްދަނީ ދަފިނެގުމުގެ ހަރަކާތެއް

17:40

ނ. ވެލިދޫގައިވެސް މިހާރު ކުރިއަށް ދަނީ ކުޑަކުދިންގެ ހަވީރެއް. އެމްއެޗް އީދު ކުޅިވަރު 1439 - ކުޑަކުދިންގެ އުފާ ނަމުގައި ކުރިއަށްދާ މި ކުދަކުދިންގެ ހަވީރުގައި ކުޑަކުދިންނަށް ބައިވެރި ވެވޭ ގޮތަށް ތަފާތު އެކި ކުޅިވަރުތައް ވަނީ އިންތިޒާމްކޮށްފައި.

ފޮޓޯ: އަބްދުﷲ އާދަމް

17:28

އީދު ފާހަގަ ކުރުމުގެ ހަރަކާތްތަކުގެ ތެރެއިން ކ. ކާށިދޫގައި މިހާރު ކުރިއަށްދަނީ ކުޑަކުދިންގެ ހަވީރު. މިއީ ޔުނައިޓެޑް މުޝްތަރީގެ ފަރާތުން އިންތިޒާމްކޮށްގެން ހިންގާ ހަރަކާތެއް. މި ކުޑަކުދިންގެ ހަވީރަށް ރަށުގެ ގިނަ ބައެއްގެ ތަރުހީބު ދަނީ ލިބެމުން.

ފޮޓޯ: ޔުނައިޓެޑް މުޝްތަރީ

17:17

ކ. ދިއްފުށީގައި މިހާރު ކުރިއަށްދާ މާލި ޕެރޭޑްގެ ތެރެއިން

ފޮޓޯ: ޒައިނާ

17:06

ބ. ކެންދޫގައި މިހާރު ކުރިއަށް ދަނީ "ގާ އޮޑި" މިއީ ސީކް ޖަމިއްޔާގެ ފަރާތުން އިންތިޒާމް ކޮށްގެން ހިންގާ ހަރަކާތެއް.

ފޮޓޯ: މިރޭ

16:54

ވިލިމާލޭގައި މިހާރު ކުރިއަށްދާ މާލި ޕެރޭޑްގެ ތެރެއިން...

ވަގުތު އިމޭޖެސް: އަމީން ފަހްމީ

16:50

ފ. ނިލަންދޫގައި މިހާރު ކުރިއަށް ދަނީ ފިރިހެނުންގެ "ބޮނޑި ކުޅުން"

ފޮޓޯ: އަބްދުﷲ ޝައްމޫން

16:46

މާލެ އަތޮޅު ދިއްފުށީގައިވެސް މިހާރު މާލި ޕެރޭޑެއް ކުރިއަށް އެބަ ދޭ. މި ހަރަކާތުގައިވެސް ރަށުގެ ގިނަ އަދަދެއްގެ ބަޔަކު ދަނީ ބައިވެރިވަމުން.

16:41

ވިލިމާލޭގައި މިހާރު ކުރިއަށްދާ މާލި ޕެރޭޑް ބަލާލުމަށް އެ ސަރަހައްދަށް ގިނަ އަދަދެއްގެ ބަޔަކު ޖަމާވެފައިވޭ.

ވަގުތު އިމޭޖެސް: އަލީ ވިސާމް

16:30

ވިލިމާލޭގައި މާލި ޕެރޭޑް މިހާރު ފެށިގެން ކުރިއަށް ދަނީ

ފޮޓޯ: ވިލިމާލެ ޔޫތު

16:21

16:16

ނ. ލަންދޫ ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ލަންދޫ އީދު އުފާ 1439 - ފިރިހެނުންގެ ބަށި މުބާރާތުގެ ޗެމްޕިއަންކަން ދެކުނު އަވަށަށް.

ފޮޓޯ: ޝިނާން އަބްދުލް ޣަނީ

16:14

އަޟްހާ އީދާއި ގުޅުވައިގެން ނ. ލަންދޫ ކައުންސިލްގެ ފަރާާތުން ކުރިއަށް ގެންދިޔަ ލަންދޫ ގެވެހި ކަމަނާ ހޮވުމުގެ ނަތީޖާ އިއުލާން ކޮށްފި. އެއްވަނަ ލިބިފައިވަނީ ޒުހައިރާ އުމަރުއަށް

ފޮޓޯ: ޝިނާން އަބްދުލް ޣަނީ

15:45

މިއަދު ކ. ހިންމަފުށީގައި ކުރިއަށް ދިޔަ އީދުގެ ޖާފަތް

ފޮޓޯ: ޝާން އިބްރާހިމް (ފޭސްބުކް)

15:30

15:29

ކ. ތުލުސްދޫގައިވެސް މިއަދު ވަނީ ކުލަ ޖެހުމުގެ ކުޅިވަރުތައް ކުރިއަށް ގެންގޮސްފައި.

ފޮޓޯ: ފުގީ

15:27

ވިލިމާލޭ މާލި ޕެރޭޑަށް މާލިތައް މިހާރު ދަނީ ތައްޔާރު ކުރަމުން. މި ޕެރޭޑް ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 4:00 ގައި

ފޮޓޯ: ވިލިމާލޭ ޔޫތު

15:22

އީދުގެ އުފަލުގައި ބައިވެރި ވުމުގެ ގޮތުން މަޝްހޫރް ފިލްމީ ތަރިންނާއި އެނޫން ފަރާތްތަކުންވެސް ދަނީ އީދު ކުލަ ޖެހުމުގައި ބައިވެރި ވަމުން

ފޮޓޯ: އަޒޭ (ފޭސްބުކް)

15:10

15:00

ނ. ޅޮހީގައި ކުރިއަށް ގެންދިޔަ މާލި ނެރުމުގެ ހަރަކާތްތައް

ފޮޓޯ: ސިނާހް

14:43

އީދުގެ އުފަލުގައި ނ.ކެނދިކުޅުދޫގައި ކުލަޖެހުމުގެ ތެރެއިން.

ފޮޓޯ: ކޭކޭ އީދު އުފާ 1439 (ފޭސްބުކް)

14:34

14:33

ގއ.ގެމަނަފުށިން ވޭލާ ބޭންޑަށް ހޫނު މަރުޚަބާއެއް ކިޔައިފި.

14:32

14:21

ގިނަ އަދަދެއްގެ ދިވެހިންނާއެކު އަވައްޓެރި ސްރީލަންކާގައި ހުންނަ ސޯސަންވިލާގައި ވެސް ކުލަ ޖެހުމުގެ ކުޅިވަރުތައް ފޯރިއާއެކު ދަނީ ކުޅެމުން..

14:17

13:10

ވެލިދޫގައި ރޭ ކުރިއަށް ގެންދިޔަ ކުޅިވަރުތަކުގެ ތެރެއިން އީދު ނެރުމާއި، ރަންފޮށި އުފުލުން. މިއަދު ހަވީރުވެސް ވެލިދޫގައި ކުޅިވަރުތައް ކުޅުމަށް ވަނީ ރޭވިފައި.

12:57

އެހެން ރަށްތަކެކޭވެސް އެއްގޮތަށް ކ. ދިއްފުށީގައިވެސް ކުލަ ޖެހުމާއި ފެންޖެހުމުގެ ކުޅިވަރުތައް ކުރިއަށް އެބަދޭ.

ފޮޓޯ: ނަޒްލީން

12:45

ހުޅުމާލޭގައި ކުރިއަށްދާ ފެންޖެހުމާއި ކުލަޖެހުން އަދި އީދުގެ އެކިއެކި ހަރަކާތްތަކުގެ ތެރެއިން...

ވަގުތު އިމޭޖެސް: މުޙައްމަދު ޖިމީ

12:43

ޅ. އޮޅުވެލި ފުށީގައި މިއަދު ހެނދުނު ކުރެވުނު އަޟްހާ އީދު ނަމާދުގެ ތެރެއިން

12:05

ހދ.ނެއްލައިދޫގައި އިދުގެ މުނާސަބަތުގައި ކުރިއަށް ގެންދިޔަ އީދު ސަޔާއި، ފެން ޖެހުމުގެ ހަރަކާތުގެ ތެރެއިން.

12:03

ށ. ނަރުދޫގައި މިއަދު ހެނދުނު ސްކޫލް ކުދިން ވަނީ އީދު މާލީގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައި.

f
ފޮޓޯ: އާދަމް އަޒްހާން

11:49

ހުޅުމާލޭގައި މިހާރު އީދުގެ ހަރަކާތްތަކުގެ ތެރެއިން ކުލަ ޖެހުން ދަނީ ކުރިއަށް. މިކަމުގައި ގިނަ އަދަދެއްގެ ބަޔަކު ދަނީ ބައިވެރިވަމުން

ވަގުތު އިމޭޖެސް: މުޙައްމަދު ޖިމީ

11:45

ގއ.ގެމަނަފުށީގައި މިވަގުތު ކުރިއަށްދާ އީދު ކުޅިވަރުގެ ތެރެއިން.

ފޮޓޯ: ޖަމީލް އުސްމާން ޖޭޔޫ (ފޭސްބުކް ޕޭޖް)

11:25

ގެމަނަފުށީ އީދު ކުޅިވަރު ފޯރީގައި ކުރިއަށްދަނީ.

ފޮޓޯ: ޖަމީލް އުސްމާން ޖޭޔޫ (ފޭސްބުކް ޕޭޖް)

11:16

ހއ.ތަކަންދޫ: މިރޭ ތަކަންދޫގައި ބޮޑު ޖަމާއަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރޭގަނޑުގެ ކެއުމަށް ތައްޔާރު ވަނީ. މި ކަމުގައި ރަށުގެ ފިރިހެން ވެރިންގެ ފުރިހަމަ އެއްބާރުލުން ލިބޭކަން ފާހަގަކޮށްލެވޭ.

11:12

ގއ.ގެމަނަފުށީގައި އީދުގެ ހަރަކާތްތައް ފޯރީއާއެކު ކުރިއަށްދާއިރު، އީދު ކުޅިވަރު ބަލާލަން ގިނަ ބަޔަކު ގޮނޑުދޮށަށް ވަނީ ޖަމާވެފައި.

10:56

ހައްދުންމަތީ މާބައިދޫގައި މިއަދު ހެނދުނު ކުރިއަށް ގެންދިޔަ އީދު ސައިގެ ތެރެއިން.

ފޮޓޯ: ޓަޗް ވިތު މާބައިދޫ

10:44

އަޟްޙާ އީދުގެ މުނާސަބަތުގައި ހދ.ހިރިމަރަދޫގެ ރައްޔިތުން އީދު ސައި ބާއްވާފައިވަނީ އެކުވެރިކަމާއި އެއްބައިވަންތަ ކަމާއެކު.

ފޮޓޯ: ޒިޔާދް

 

10:37

ރާއްޖޭގެ ކަންކޮޅުތަކުގައި އީދުގެ އުފަލުގައި ތަފާތު ހަރަކާތްތައް ހިންގަމުންދާއިރު، ރާއްޖޭގެ އުތުރުގެ ރަށެއް ކަމަށްވާ ހދ.ކުރިނބީގައި ކުލަ ޖަހެމުގެ ހަރަކާތްތައް ދަނީ ކުރިއަށް.

ފޮޓޯ: މީސްމީޑިއާ

 

10:20

ފ.ފީއަލީގައި އީދުގެ އުފަލުގައި ފެންޖެހުމުގެ ކަންތައްތައް ކުރިއަށް ދަނީ. ފެންކުލަ ޖެހުމުގައި ރަށުގެ ކުދި ބޮޑު ގިނަ ބަޔަކު ބައިވެރިވާ ކަން ފާހަގަ ކޮށްލެވޭ

"ތެމުނަސް ހެވޭ" ގެ ނަމުގައި ފ.އަތޮޅު މަދަރުސާގެ 2012 ވަނަ އަހަރުގެ ބެޗުން އިސް ނަގައިގެން ކުރިއަށް ގެންދާ މި އިވެންޓަށް ގިނަ ބައެއްގެ ތަރުހީބު ދަނީ ލިބެމުން.

09:55

ހ.އ. ތަކަންދޫގައި އުޟްޙިޔާ ކަތިލުން ވަނީ ކުރިއަށް ގެންގޮސްފައި. ތަކަންދޫގައި ކަތިލާފައިވަނީ 4 ބަކަރި.

09:53

ރ. އުނގޫފާރުގައި ރޭ ޢީދުގެ ހަރަކާތްތައް ފެށުން

ފޮޓޯ: މުނާޒް މުޙައްމަދު

09:48

ހ.އ. ތަކަންދޫގައި ކުރިއަށް ދިޔަ އީދުގެ ސައިފޮދު.

09:37

އީދު ކުޅިވަރަށް "ނިވައިރޯޅި 2" ޓީމު ނ. ވެލިދޫއަށް ދިއުމުން ވަނީ ހޫނު މަރުޚަބާއެއް ކިޔާފައި.

ފޮޓޯ: ބައޯކަލޯ

09:28

އީދު އުފަލުގައި ނ.ވެލިދޫ ބަނދަރު ސަރަހައްދުގައި މިރޭ ހަވާ އެރުވުމަށް ހަމަޖެހިފައިވޭ. އެމްއެންޑީއެފްގެ ޓީމަށް އެރަށުން ވަނީ ހޫނު މަރުޚަބާއެއް ކިޔާފައި.

ފޮޓޯ: ބައޯކަލޯ

09:18

ކުލަގަދަ ގޮތެއްގައި ނ.ވެލިދޫގައި އަޟްޙާ އީދު ފާހަގަކުރުމަށް ހަމަޖެހިފައިވާއިރު، އީދު ޝޯ ހޯސްޓް ކުރާނީ މަޝްހޫރު ޕްރެޒެންޓަރ މޫސާ ވަސީމް.

ފޮޓޯ: ބައޯކަލޯ

ނ.ވެލިދޫ އީދު ކުޅިވަރު (އެމް.އެޗް އީދު ކުޅިވަރު 1439) ހޯސްޓް ކުރުމަށް މޫސާ ވަސީމް ވެލިދޫއަށް ދިއުމުން ވަނީ ހޫނު މަރުޚަބާއެއް ކިޔާފައި.

09:12

ބ. ކެންދޫގައި ޢީދު ސައި ކުރިއަށް ދަނީ

09:02

އަވަށްޓެރި ކޮޅުނބުގައިވެސް މިއަހަރުގެ ބޮޑު އީދު ކުލަގަދަކޮށް ފާހަގަކުރުމަށް ވަނީ ރޭވިފައި. އެގޮތުން މިއަދުގެ ހަރަކާތްތައް ފެށީ އެގައުމުގައި ހުންނަ ދިވެހިންގެ ތައުލީމާއި ސަގާފީ ސެންޓަރު، ސޯސަންވިލާގައި ބޮޑު ޖަމާއަތުގައި ކުރި އީދު ނަމާދުން. އީދު ނަމާދުގައި ކޮލަމްބޯގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން ވަނީ ބައިވެރިވެފައި

09:01

މާލޭގައި އުޟްޙިޔާ ކަތިލުން ކުރިއަށް ދަނީ.

ވަގުތު އިމޭޖެސް: އަމީން ފަހްމީ

09:00

ކ. ގާފަރުގައި މިއަދު ހެނދުނު ބޮޑު ޖަމާއަތުގައި ކުރެވުނު އީދު ނަމާދުގެ ތެރެއިން.

08:46

ލ.ފޮނަދޫ ބަނދަރު ސަރަހައްދުގައި ކުރިއަށްދިޔަ އީދު ނަމާދު.

ވަގުތު އިމޭޖަސް: މުޙައްމަދު އަރީޙް

08:40

ހުޅުމާލޭގައި އުޟްޙިޔާ ކަތިލުމަށް ތައްޔާރު ވަނީ. ހަބަރު ލިބޭ ގޮތުގައި 100 ބަކަރި ކަތިލުމަށް ވަނީ ތައްޔާރު ކޮށްފައި

ވަގުތު އިމޭޖެސް: މުޙައްމަދު ޖިމީ

08:39

ކ.ގާފަރުގައި އަޟްޙާ އީދުގެ މުނާސަބަތުގައި އީދު ސައި ކުރިއަށް ގެންދަނީ.

08:35

މާލޭގައި އުޟްޙިޔާ ކަތިލުމަށް ތައްޔާރުވަނީ.

ވަގުތު އިމޭޖެސް: އަމީން ފަހްމީ

08:29

ކ. މާފުށީގައި ޢީދު ސައިފޮދުގެ ކަންތައްތައް ކުރިއަށް ދަނީ

 

08:23

ލ. ފޮނަދު ކުރިގަމު އަވަށުގައި ޢީދު ސައިފޮދު ކުރިއަށް ދަނީ

08:20

މާލޭ މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި އަޟްޙާ އީދު ނަމާދު ކުރުން.

ވަގުތު އިމޭޖަސް: ޢަލީ ވިސާމް

07:55

އަޟްޙާ އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުމަށް ހުޅުމާލެ ސެންޓްރަލް ޕާކް ސަރަހައްދުގައި ގިނަ އަދަދެއްގެ މުސްލިމުން ޖަމާވެފައި.

ވަގުތު އިމޭޖެސް: މުޙައްމަދު ޖިމީ

07:54

އަޟްޙާ އީދު ނަމާދަށް މާލޭ އިސްލާމީ މަރުކަޒަށް ގިނަ ބަޔަކު ޖަމާވެފައި.

00:38

ހއ. ތަކަންދޫ: މާދަމާ ކަތިލުމަށް ބައިތިއްބާފައިވާ ބަކަރިތަކެއް އާއްމުންގެ ބަޔަކު ދޫކޮށްލުމުން މިކަން ކުށްވެރިކޮށް ތަކަންދޫގެ ގިނަ ބަޔަކު ދަނީ އަޑު އުފުލަމުން

00:17

ލ. ފޮނަދޫ ކުރިގަމު އަވަށުން އީދުގެ ހަރަކާތްތައް ފެށީ އީދު ގަސް ރޯ ކުރުމުން

ފޮޓޯ: ހުސެއިން ޝަރީފް

00:08

އއ. ހިމަންދޫއިން އީދުގެ ހަރަކާތްތައް ފަށާފައިވަނީ އީދު ބަޑި ރޯކުރުމުން. އއ. ހިމަންދޫގައި އީދު ބަޑި ރޯކުރުމަށް ތައްޔާރު ކުރުމަށް ޒުވާނުން ހަރަކާތްތެރިވަނީ

 

 

 

 

 

23:38

ރ. މީދޫގެ ހުޅަނގު އަވަށުން އީދު ފެށުމުގެ ގޮތުން ކުރިޔަށް ގެނދިޔަ ހަރަކާތް ތަކުގެ ތެރެއިން ކަރުދާސް މާލި

ފޮޓޯ: އީމާން މުޙައްމަދު

23:23

އީދު ނަމާދުގެ ބޮޑު ޖަމާއަތަށް އިސްލާމީ މަރުކަޒާއި ޖުމްހޫރީ މައިދާން ސަރަހައްދު ތައްޔާރު ކުރުން

ވަގުތު އިމޭޖެސް: އަމީން ފަހްމީ

23:14

އީދު ޗުއްޓީއަށް އެކި ރަށްރަށަށް ފުރުމަށް ގިނަ ބަޔަކު މިހާރުވެސް މާލޭގެ ބަނދަރަށް ވަނީ ޖަމާވެފައި

ވަގުތު އިމޭޖެސް: އަމީން ފަހްމީ

22:58

ލ. މާބައިދޫގައި ބޮޑު އީދުގެ ކުޅިވަރު ފެށީ މާލި އެރުވުމުން. މާލި އެރުވުމަކީ އީދަށް މަރުހަބާ ކިޔުމުގެ ގޮތުން އެރަށުގައި ޒަމާނުންސުރެއް ކޮށް އުޅޭ ކަމެއް. އެގޮތުން ވަލު ތެރެއިން އެ މާލިތައް ރަށު ތެރެއަށް އަރަނީ ގަސް ރޯކުރުމަށްފަހު ނުވަތަ އެރަށު މީހުން ކިޔާ ގޮތުންނަމަ ބޮނޑިބަތް ޖެހުމަށްފަހު

ފޮޓޯ: މުޙައްމަދު ފަޒީލް

22:52

އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުމަށް މާފަންނު ސްޓޭޑިއަމް ތައްޔާރު ކުރަނީ: އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު މިއަދު ވިދާޅުވި ގޮތުގައި، ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށް ރާއްޖޭގެ ގިނަ ރަށްތަކުން ބޮޑު ތަރުހީބެއް ވަނީ ލިބިފައި. އަދި އެރަށްތަކަށް ދޭންޖެހޭ ހުއްދަ ދޫކޮށްފައިވާ ކަމަށް ވިދާޅުވި

ވަގުތު އިމޭޖެސް: އަލީ ވިސާމް

22:48

އީދު ނަމާދުގެ ބޮޑު ޖަމާއަތަށް މާފަންނު ސްޓޭޑިއަމް ތައްޔާރު ކުރުމުގެ މަސައްކަތްތައް ކުރިއަށް ދަނީ

ވަގުތު އިމޭޖެސް: އަމީން ފަހްމީ

މާލޭގައި އަޟްހާ އީދު ބޮޑު ޖަމާއަތުގައި ކުރުމަށް ހަމަޖެހިފައިވަނީ މާފަންނު ސްޓޭޑިއަމްގެ (އެކުވެނި ދަނޑު) އިތުރުން، ޖުމްހޫރީ މައިދާން ހިމެނޭގޮތަށް އިސްލާމީ މަރުކަޒުގައި. އަދި ހުޅުމާލޭ ސެންޓްރަލް ޕާކާއި، ވިލިމާލޭ ބޯޅަ ދަނޑުގައިވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނެ.

ވަގުތު އިމޭޖެސް: އަމީން ފަހްމީ

22:43

އީދުގެ ހަރަކާތްތައް ފެށުމަށް މާފުށީ ރައްޔިތުން އިންތިޒާމުކޮށް އެކުވެގެން ބޭއްވި ކެއުމެއް.

22:25

ބ. ކުޑަރިކިލި އަންހެން ކަނބަލުން އަޟްޙާ އީދު ފާހަގަކުރުމުގެ ގޮތުން ދަނޑި ޖަހަނީ.

ފޮޓޯ: ކިޔުންތެރިއެއް

22:19

ބ. ގޮއިދޫ -- ފޮޓޯ: ހަސަން ނިޒާމް
ބ. ގޮއިދޫ -- ފޮޓޯ: ހަސަން ނިޒާމް

22:13

22:05

އީދާއި ގުޅިގެން މިރޭ ވިލިމާލޭގައި އީދު ބަޑި ރޯކޮށްފައިވާއިރު، މާދަމާ ވިލިމާލެ ބޯޅަދަނޑުގައި، ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށް ވަނީ ހަމަޖެހިފައި.

ވިލިމާލެ ބޯޅަ ދަނޑުގައި އީދު ބޮޑު ޖަމާއަތުގައި ކުރުމަށް ހަމަޖެހިފައިވީނަމަވެސް، އެހެން އަހަރުތަކޭ އެއްގޮތަށް މިސްކިތުގައިވެސް އީދު ނަމާދު ކުރާނެ.

ބޯޅަ ދަނޑުގައި ބޮޑު ޖަމާއަތުގައި އޮންނަ އީދު ނަމާދަށްފަހު، އެ ސަރަހައްދުގައި އީދު ސައި ކުރިއަށް ދާނެ.

21:53

އަޟްޙާ ޢީދުގެ ހެޔޮއެދުންތަކާއި ތަހުނިޔާ މުޅި އިސްލާމީ އުންމަތަށް އަރިސްކުރައްވައި ރައީސް ފޮނުއްވި ތަހުނިޔާ މެސެޖުގައި އިތުރަށް ވިދާޅުވީ، އިސްލާމްދީން އެއްބައިވަންތަކަމަށް ބާރު އަޅައި ގޮވާލާ މިންވަރު ހައްޖުގެ މަތިވެރި މަނާސިކުން އެނގިގެންދާކަމަށް.

އަޟްޙާ އީދުގެ މުުނާސަބަތަކީ، މުސްލިމުންގެ މެދުގައި ހިތްހެޔޮކަމާއި އުފާވެރިކަމުގެ ޝުއޫރުތައް ފާޅުކުރުމުގެ މުނާސަބަތެއްކަމަށާއި، ދިވެހިންގެ މެދުގައި އޮތް އެއްބަނޑުއެއްބަފާ ކަމާޢި، އަހްވަންތަކަމުގެ ގުޅުން ގާއިމްކޮށް ދެމެހެއްޓުމުގެ މުހިއްމުކަން އަޅުގަނޑުމެންގެ ހިތްތަކަށް ގެނެސްދޭ އުފާވެރި މުނާސަބަތެއްކަމުގައި ވެސް ރައީސް ފާހަގަކުރައްވައިވޭ

21:47

ދިވެހިންނަކީ އެއްބައިވަންތަ ބައެއްގެ ގޮތުގައި ކުރިއަށް ދިއުމުގެ މަތިވެރި އަޒުމް އާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިލްތިމާސް ކުރައްވައިފި. ރައީސް އެގޮތަށް އިލްތިމާސް ކުރެއްވީ އަޟްޙާ އީދުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ހިތާބުގައި

21:39

ވަގުތު އިމޭޖެސް: މުޙައްމަދު ޖިމީ

21:39

މާލެއާއި ރާއްޖޭގެ ރަށްތަކުގައި އަޟްހާ އީދު ނަމާދުގެ ބޮޑު ޖަމާއަތުގައި ކުރުމަށް ދަނީ ތައްޔާރުވަމުން. އެގޮތުން މިއަހަރުގެ މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މާފަންނު ސްޓޭޑިއަމްގައި އެކަމަށް ވާންޖެހޭ ތައްޔާރީތައް ދަނީ ވަމުން. މާލޭގައި ބޮޑު ޖަމާއަތުގައި ދެން އީދު ނަމާދު ކުރާނީ ޖުމްހޫރީ މައިދާން ހިމެނޭގޮތަށް އިސްލާމީ މަރުކަޒުގައި

21:38

ވަގުތު އިމޭޖެސް: މުޙައްމަދު ޖިމީ

21:32

އީދު ހުޅު ރޯކުރުން - ވިލިމާލެ -- ވަގުތު އިމޭޖެސް: އަލީ ވިސާމް

21:30

އީދު ހުޅު ރޯކުރުން - ވިލިމާލެ -- ވަގުތު އިމޭޖެސް: އަލީ ވިސާމް

21:29

އީދު ހުޅު ރޯކުރުން - ވިލިމާލެ -- ވަގުތު އިމޭޖެސް: އަމީން ފަހްމީ

21:26

ވިލިމާލޭގައި ބޮޑު އީދުގެ ހަރަކާތްތައް ފެށުމަށް އީދު ހުޅު ރޯކުރާ މަންޒަރު ބަލާލުމަށް ޖަމާވެފައިވާ އާއްމުން -- ވަގުތު އިމޭޖެސް: އަމީން ފަހްމީ

21:25

ވިލިމާލޭގައި ބޮޑު އީދުގެ ހަރަކާތްތައް ފެށުމަށް އީދު ހުޅު ރޯކުރުން -- ވަގުތު އިމޭޖެސް: އަމީން ފަހްމީ

21:18

ވިލިމާލޭގައި ބޮޑު އީދުގެ ހަރަކާތްތައް ފެށުމަށް އީދު ހުޅު ރޯކުރުން. އެ އަވަށުގެ ގިނަ އަދަދެއްގެ ކުދި ބޮޑު ރައްޔިތުން ވަނީ އެ ހަރަކާތް ބެލުމަށް ޖަމާވެފައި --- ވަގުތު އިމޭޖެސް: އަމީން ފަހްމީ

21:16

ވިލިމާލޭގައި އީދު ހުޅު ރޯކުރާ މަންޒަރު ބަލާލުމަށް ގިނަ އަދަދެއްގެ ބަޔަކު ޖަމާވަނީ -- ވަގުތު އިމޭޖެސް: އަމީން ފަހްމީ

21:13

21:10

ވިލިމާލޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރައްޔިތުން އީދު ހުޅު ރޯކުރާ މަންޒަރު ބެލުމަށް ފެރީ ޓާމިނަލް ސަރަހައްދަށް ޖަމާވެފައިވޭ

21:09

ހ.ދ ނޭކުރެންދޫއިން އީދުގެ ހަރަކާތްތައް ފެށުން

21:05

ވިލިމާލޭގައި އީދު ހުޅު ރޯކުރަން ތައްޔާރު ވަނީ

މިއީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިއަހަރުގެ އަޟްހާ އީދާ ގުޅުވައިގެން މާލެ އާއި އަތޮޅުތެރޭގެ ރަށްތަކުގައި ކުރިއަށް ގެންދާ ކުޅިވަރުތަކާއި ހަރަކާތްތަކުގެ އެންމެ ތާޒާ ފޮޓޯ އާއި ހަބަރު ގެނެސްދިނުމަށް ވަގުތު ނޫހުން ކުރިއަށް ގެންދާ ހާއްސަ ލައިވް ބްލޮގެކެވެ.

ވަގުތުގެ ކިޔުންތެރިންނަށް ބައިވެރިވެވޭ ގޮތަށް ކުރިޔަށް ގެންދާ މި ކަވަރޭޖަށް، އެ ކިޔުންތެރިއަކު ހުރި ރަށެއްގައި ހިންގަމުންދާ ކަންތައްތަކުގެ ފޮޓޯ އާއި އެކަމާ ގުޅޭ ޚަބަރު، ބޮޑު އީދަށް ވަގުތުން ހާއްސަ ކޮށްފައިވާ ވައިބާރ ނަންބަރު 9694948 އަށް ފޮނުވޭނެއެވެ.

އަދި ބޮޑު އީދުގެ ކަވަރޭޖް ގެނެސްދޭ ހާއްސަ ބްލޮގުގައި ކިޔުންތެރިންގެ ފޮޓޯތައް ޝާއިއު ކުރަމުންދާނެއެވެ. އަޟްހާ އީދުގެ ކަވަރޭޖް ގެނެސްދޭ ވަގުތު ލައިވް ބްލޮގްގައި އީދުގެ ހަރަކާތްތައް މާލެ އާއި އެކި ސަރަހައްދުތަކުގައި ހިނގާ ހަރަކާތްތައް ވަގުތުން ގެނެސްދިނުމަށް ވަގުތުގެ ނިއުސް ޓީމުން މަސައްކަތް ކުރަމުންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަހަންމާ

    ޥަރަށް ދެރަކަމެއް. ލާދީނީ ބައިގަނޑު ގެ ދަރީންތަކާއި އާއިލާތައް އޮރިޔާން ނިވާނުވާ ކުދިން ބިކިނީ ސްޓައިލްގެ ހެދުން ލައިގެންވެސް އެބައުޅޭ. ޙުޅުމާލޭގެ ބަޔެއް ދިމާލުގައި ލޯހުޅުވާލަން ދަތި. ލާފަހުންނަ އެތިކޮޅު ކުޑަކަމުން އަހަރުމެންނަށް ދަރީން ގޮވައިގެން ލޯހުޅުވާ އުޅެން ދަތި.

    • މީ

      މާތްﷲ އަށް ބިރުވެތިވަމާ އަޅުގަނޑުމެން އިންޝާﷲ.. ފިތުނަ ފަސާދަ މާބޮޑުވީމަ ދެން އައިސްދާނެ ކޯފާއަކަށް.. މާތްﷲ އަޅުގަނޑުމެނާއި މިގައުމު ރައްކާތެރި ކުރައްވަވާށި އާމީން