ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މި މަހު ގދ.ގައްދޫއަށް ވަޑައިގެންނެވި އިރު އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް ހެދި މަރިޔާދު ގޭގައި އަލިފާން ރޯވެ އަނދާ ހުލިވެއްޖެއެވެ.

ލަކުޑި އާއި ފަނުން، އުނދޯއްޔަކާ އެކު އެމަރިޔާދުގެ ހެދީ ގައްދޫގެ ޕީޕީއެމް ސަޕޯޓަރުންނެވެ. މަރިޔާދުގޭގައި އަލިފާން ރޯވެފައި ހުއްޓާ ފެނުނީ މިރޭ 22:30 ހާއިރުއެވެ.

މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި މަރިޔާދުގެ އަނދާ ހުލިނުވަނީސް އެސަރަހައްދަށް މީހުން ޖަމާވިއެވެ. ނަމަވެސް ދަނޑިފަހުން ހަދާފައިވާ ތަނަކަށް ވާތީ އަލިފާން ނިއްވާލަން މަސައްކަތެއް ކުރުމުގެ ކުރިން މުޅި މަރިޔާދުގެ ވަނީ އަނދާ ހުލިވެފައެވެ.

އަނދައިގެން ގޮސްފައި ވަނީ 13 ފޫޓު ދިގު އަށް ފޫޓް ފުޅާ މަރިޔާދުގެއެކެވެ.

މަރިޔާދުގޭގައި އަލިފާން ރޯވި ސަބަބެއް އަދި ސާފެއް ނުވެއެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ރައީސް ޔާމީން ގައްދުއަށް ވަޑައިގަތީ މި މަހުގެ ހަ ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޙު

    ޙަމަރަަގަލަލެތިވަނިި

  2. އާދަންބެ

    ހަޖަމު ނުކުރެވޭތީ ކުރެވޭ ކަންތައް މިނޫނަކަސް ދުވަހެއް އޮތްކަން ހަނދާންކުރޭ

  3. ހުސޭނު

    އަންދާލީ ނޫންބާ.. އެމްޑީޕީ ކުދިން ވަރައް ސިޔާސަވާނެ. އެހާމެ ޅަވާނެ...ޖެއްސުން ކުރަން ައެ ވަރެއް ނޯންނާނެ.....

  4. ޙަެމެ

    ތިކަން ކުރާނީ ހަަމަ ކަށަވަރުންވެސް މޑޕ ގެ ގުނޑާއިން. ޢެކމައް ވަކި އެެއައްވުރެ މޮޅުބައެއް ނޯންނަާނެ.

    • ކޮއްކޮ

      މީގެކުރިންވެސް މުޅި ރާއްޖޭގަ ތިޔަ މޮޔަ ކުދިންކޮޅު ހުޅުޖަހާ އަންދާ ހެދި

  5. ސިއްތި

    ޢަލިފާނުގެ ކުޅިވަރު ކުޅޭހިތްވާނީ މިއުޅޭ ރީންދޫ ކުދިން ކޮޅު. ހުޅުޖެހުމުގެ މާހިރުން އެއީ

  6. ހަލީމް

    ޢެމްޑީޕީ

  7. އިބޫ

    ހަމަކަށަވަރުންވެސް ތިކަން ކުރާނީ އެމްޑީޕީ ގުންޑާއިން އެއީ ހުޅު ޖެހުމަށް ރާއްޖޭގެ މަޝްހޫރު ޕާޓީ އެމީހުން ތިބޭނީ ދަނޑިވަޅު ބަލަބަލާ ހުޅުޖެހުމަށް.

  8. ވަގުތު

    އީދު ދުވަހަށް އީދު މަޅިލީއެއްނު