މުޒާހަރާތަކަށް ހުރަސް އަޅަމުން އަންނަނީ މަދު ފުލުހުންތަކެއް ކަމަށާއި ކުރިމަގުގައި އެ ފުލުހުން ވެސް އިދިކޮޅު ފަރާތްތަކުގެ މަސައްކަތާ ގުޅޭނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު މިރޭ ވިދާޅުވެއްޖެ އެވެ.

ގުޅިފައިވާ އިދިކޮޅު ފަރާތްތަކުން ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އަމީތު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރިއަށް ގެންދާ އެއްވުންތައް ނުހުއްޓުވޭނެ ކަމަށާއި މިއަދު ހަވީރު ގިނަ ބަޔަކު އެއްވި ގޮތަށް މިރޭ ވެސް އެއްވާން ގޮވާލާ ކަމަށެވެ.

ނޫސްވެރިނާއި ވާހަކަ ދައްކަވަމުން ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވީ މުޒާހަރާ ކުރުމަށް ސަރުކާރުގެ ހުއްދަ ހޯދަން ނުޖެހޭ ކަމަށާއި އެ ހައްގު ގާނޫނުން ކަށަވަރުކޮށްދޭ ކަމަށެވެ.

"ދިވެހި ގައުމު ސަލާމަތް ކުރުމަށް ހުރިހާ ދިވެހިން ނުކުންނަން ޖެހޭ. އެހެން ނޫނީ ދުވަހުން ދުވަހަށް އަޅުގަނޑުމެންގެ ހާލަތު ދާނީ ދަށަށް. މިހާރު އަޅުގަނޑުމެންނަށް ކައިގެން ތިބެވިދާނެ. އެހެން ނަމަވެސް ރައީސް ޔާމީން ވެރިކަން ދޫކޮށްލާފައި ދާއިރު އަޅުގަނޑުމެންނަށް ނުހުންނާނެ ބާކީ އެއްވެސް އެއްޗެއް،" ނިޒާރު ވިދާޅުވި އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އާދަޔާ ހިލާފު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން މިއަދު ހަވީރުން ފެށިގެން މާލޭގެ މަޖީދީ މަގުގައި ބޭއްވި އެއްވުމުގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދާއި ކުރީގެ ޕޮލިސް ކޮމިޝަނަރު، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދުގެ އިތުރުން އާންމުންތަކެއް ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

އިދިކޮޅު ސިޔާސީ ބޭފުޅުން ވެސް ހިމެނޭ ގޮތުން ނުވަ ގައިދީއަކު ދޫކޮށްލުމަށް އަންގައި މިދިޔަ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ފަހުން ސްޕްރީމް ކޯޓުން ވަނީ ބާތިލް ކޮއްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޅިޔަންބެ

    ޔާމިނުވެސް އިދިކޮޅު ފަރާތްތަކާއި ގުޅޭނެ

  2. އިއޮބޮ

    ފުލުހުން ނަކީ ފިސާރި ބައެއް. ކަލޯމެން ގޮނބޯހެއްދޭނީ ރީނދޫ ސިހުރު ޖެހިފަ ތިބިމީހުން.
    އަންނި އަމާވެސް ގޮނބޯ ހައްދާފަ މަގައްނެރެފި. ދެން މަހީ ހީީ

  3. އަލީ

    ގާނޫނާއި ޙިލާފުވާ ކޮންމެ މީހަކު ގޮސްފާނެ. އަދި ގޮސްގެން ގެއްލުންވާނީ ހަމަ އެކުދިންނަށް . ގެއްލޭނީ އެކުދިންގެ ވަޒީފާ. ލޮލް.

  4. ނުރަބޯ

    ކަލޭމެން ރީނދޫމީހުންގެ ވެރިކަމެއް 2013 ގައި ގާއިމުވިނަމަ. ކަލޭމެންގެ ލާދީނީ ފާޙިޝް ވެރިކަން ވެއްޓެން މެދުވެރިވި ސަބަބު ކަމަށް ގިނަ މީހުންބުނާ ފުލުހުންނަށް ވަރުގަދަ ލޮޓިއެއް ދޭން އޮތީ ރާވާފައެވެ. އެގޮތުން ފުލުހުންގެ ޢަދަދު ވަރަށް ބޮޑުތަން މަދުކޮށް، ފުލުހުންގެ އިދާރާ މާލޭސިޓީ ކައުންސިލްގެ ދަށަށް ގެންގޮސް މުޅި ފުލުހުންގެ ބާރު ނައްތާލަން އޮތީ ރާވާފައެވެ. (ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ފުލުހުންގެ ބާރު ގާއިމުކޮށްފަ އޮންނަނީ އެގައުމެއްގެ ދާޚިލީ ވުޒާރާގެ ދަށުން ހިންގާ ބާރެއްގެ ގޮތުގައެވެ). ކުރިންވެސް ބުނިހެން ރީނދޫ ވެރިކަން ވެއްޓުނީ ފުލުހުންގެ ސަބަބުން ކަމަށް ރީނދޫ އެތެރެ ކޮއިލުން ގަބޫލު ކުރާތީ އެބާހުންނަށް އަދަބު ދީ ނިކަމެތި ކޮށްލުމުގެ ގޮތުން، ފުލުހުންނަށް ދުއްތުރާލާ ނިކަމެތިކަން ދޭން ރާވާފައި ވީއިރު ފުލުހުން އަމިއްލަ އަށް އެމީހުންނަށް ނިކަމެތި ކަމެއް ލިބޭނެފަދަ ކަމެއް ކުރާނެ ކަމަކަށް ނުބެލެވެއެވެ. އަމުދުން ރީނދޫ ޑިކްޓޭޓަރ ކެރަފާ ނަޝީދަކީ ބުނާބަހުގައި އެއްވެސް އިތުބާރެއް ނެތް މީހަކަށްވެސް ވާތީއެވެ.

  5. މޖ

    ހާދަ ފިރިހެން މަންޖެއެކޭ އައްޗީޑި ކެރީމާ