ނ. މަނަދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ނައީމާ މޫސާގެ މަރުގެ މައްސަލާގައި ހައްޔަރުކުރީ ދެ ދިވެހިން ކަމަށާއި އޭގެތެރެއިން އެކަކު ފުލުހުންގެ ތަހްގީގަށް އެއްބާރުލުންދީ ކޯޓުގައި ކުށަށް އިއުތިރާފް ވެފައިވާކަމަށް އެރަށުން މައުލޫމާތު ދީފިއެވެ.

ނައީމާގެ މަރުގެ މައްސަލައިގައި ހައްޔަރު ކުރީ 20 އަހަރުގެ މީހަކާއި 25 އަހަރުގެ މީހެއް ކަމަށް މައުލޫމާތު ލިބެއެވެ. އެމީހުންނަކީ މަސްތުވާތަކެތީގެ ރެކޯޑާއި އަދި ތޫނު ހަތިޔާރު ބޭނުން ކޮށްގެން މާރާމާރީ ހިންގުމުގެ ރެކޯޑް ވެސް އޮންނަ ބައެކެވެ.

ހައްޔަރު ކޮށްފައިވާ މީހުންގެ ތެރެއިން އެކެއްގެ ނަމަކީ އަހްޒަމް އެވެ. ދެވަނަ މީހަކީ ރިފާޝް ނަމަކަށް ކިޔާ މީހެކެވެ.

މިއަދު ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރި ޓްވީޓެއްގައި ވަނީ މައްސަލަ އާއި ގުޅުން ހުރި ތަނެއް ބަލައި ފާސްކުރަމުންދާކަން ކަށަވަރު ކޮށްދެއްވާފައެވެ. "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި ބަލައި ފާސްކުރަމުން ދަނީ އެރަށުގެ ނާމަގު ސަރަހައްދެވެ. އެއީ ނައީމާ މަރާލި މައްސަލައިގައި އިއުތިރާފްވި މީހާ ދިން މައުލޫމާތައް ބަލައި ފާސްކުރަމުންދާ ތަނެއް ކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

ފުލުހުން އެސަރަހައްދު ފާސްކުރަމުން ދާއިރު ހައްޔަރު ކޮށްފައި ތިބި ދެމީހުން ވެސް އެތަނުގައި އެބަތިއްބެވެ. އެސަރަހައްދުން މިހާރު ފުލުހުން ވަނީ ކަތިވަޅިއަކާއި ބައެއް އެހެން އެއްޗެހި ހޯދާފައި ކަމަށް މައުލޫމާތު ލިބެއެވެ.

އެކަނި ދިިރިއުޅެމުންއައި 62 އަހަރުގެ ނައީމާ މަރާލާފައި އޮއްވާ ފެނިފައި ވަނީ އޭނާ ދިރިއުޅޭ ގޭގެ ތެރެއިން އޭޕްރިލް މަހުގެ ހަތް ވަނަ ދުވަހު އިރުއްސޮނު ފަހުންނެވެ. ނައީމާގެ މަރުގެ މައްސަލައިގައި ބަޔަކު ހައްޔަރު ކުރެވުނުކަން ފުލުހުން ހާމަމިކުރީ މިއަދު އެވެ. މިއަދަކީ ނައީމާ މަރާލާފައި އޮއްވާ ފެނުނުތާ 50 ވަނައަށްވީ ދުވަހެވެ.

ކޮމިޝަނަރ މުހައްމަދު ހަމީދު މިއަދު ވިދާޅުވީ މަރުގެ މައްސަލަ ތަޙްޤީޤު ކުރުމުގެ ތަޖުތިބާކާރު، އިންސްޕެކްޓަރ މުހައްމަދު ސާމިހް އިސްކޮށް ހުރެ މާލެއިން ދިޔަ ޓީމާއި ނ.އަތޮޅުގެ ފުލުހުން، މިމަރުގެ ހަޤީޤަތް ހޯދާ އިންސާފު ޤާއިމްކުރުމަށް ކުރަމުންދާ ބުރަ މަސައްކަތް ފަޚްރުވެރިކަމާއެކު ފާހަގަކުރައްވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ހަސަން

    ދިވެހި ފުލުހުނަށް ވަރަށް ބޮޑަ ޝުކުރިއްޔާ!ދިވެހި ފުލުހުންގެ ހިތްވަރު އެބަހުރި

    67
    8
    • ޔަގީން

      ހިތްވަރުތައް ފުނޑު ފުނޑު ކުރަނީ ހުކުމް އިއްވާ ކޯޓުތައް

      7
      3
      • ވާނުވާ

        ކޮސްނުތަޅަބަލަ. ކިތައް މީހުނަށް މަރަން ހުކުމް ކޮށްފި. މަރައިފިތަ. މާދަން ސިޔާސީ ވެރިން އެމީހުނަށް މާފުދީ ނެރޭތަނެއް ނުފެނޭތަ. ހަދިވެސް ދިވެހިންނަކަށް ވާނުވާ ނޭންގެޔޭ.

        8
        1
  2. ބަސްކޮޅު

    ފުލުހުންގެ މަސައްކަތަށް އައްސަރިބަހާ ސާބަސް ދެން އޮތީ ހުކުމާ ހިސާބަށް ދިޔުން އަދި އެހުކުން ތަންފީޒުވުން… އިންސާފުހޯދާދެވޭނީ އެހިސާބުން، ކުށަށް އިއުތުރާފުވާ މީހާއަށްވެސް އަދަބު ދިނުމަށް މިއަދު މިވަނީ ނުކުޅެދިފަ…އަމަން އަމާންކަން މިކުޑަ ގައުމަށް ހޯދާދެވޭނީ މިކަމަށް ހައްލެއް ލިބިގެން

    6
    1
  3. އަނީސާ

    މަރަށް މަރުހިފަން ހާކިމަށް ގޮވާލަން.

  4. ސަބުނަމް އަލީ

    މަރަށް މަރުހިފަން ގޮވާލަން

  5. ކޮއްކޮ

    ސާބަހޭ ހިތްވަރުގަދަ ދިވެހި ފުލުހުން.. އެފަދަ އުނދަގޫ ހާލަތެއްގައި ވެސް ވާނެ ކަން ސާބިތު ކޮށްދީފި

    3
    2
  6. ސޯލޭ

    މިފަދަ ރެކޯޑް އޮންނަ މުޖުރިމުން ވޯޓްގެ ބޭނުމައް ދޫކޮއްފަ މިތިބެނީ ހުރިހާ މުސީބާތެއް ނިކަމެތި ރައްޔިތުންނައް

  7. އަސްލު

    މަސްތުވާތަކެތި ބޭނުންކުރުމުގެ ރެކޯޑު އޮންނައިރު ކީއްވެތަ ތިމީހުން މުޖުތަމުއަށް ދޫކުރެވެންވީ ދެންވެސް ހަމަކަލޭމެން ތިޔަޑުރާމާކުޅޭނެ ތިޔައީ ބަޔަކަށްދަށްކާ ދަޅައެއް ހަމަމިހާރު ތިމީހުންނަށް މަރުގެ އަދަބުދޭންވީ ދެންވެސް ކަލޭމެން އެމީހުން ވެއްދި ދޮރުން ނެއްލާނެ.

    5
    1
  8. ނަސީރު

    ވަރައް ޔަގީންކަމާއިއެކު މިބުނަނީ ، ރާއްޖޭގެ ފުލުންނައް ބޮޑެތި ކުއްކުރާމީހުން ހޯދާނެ އުކުޅުތަކާއި އާލާތައް އެބަހުރި، މިހާރު ރާއްޖޭގައި ވަރައް ބޮޑުވެފައި އޮތް އެއް މައްސަލަ ކަމައް އަހަރެންދެކޭގޮތުގައި ވަގައް މީހުންގެ އެކައުންޓް ތަކުން ފައިސާ ނަގާ މައްސަލާގައި ސާމިލުވާ މީހުން ފުލުހުންނައް ހޯދުމަކީ އަހަރެން ދެކޭ ގޮތުގައި ފެންތައްޓެއް ބޯލުން ކަހަލަ ފަސޭހަކަމެއްކަން ޔަގީން، އެކަމް ހިތައް އަރަނީ ފުލުހުން ކީއްވެބާ އެބައި މިހުން ހަތްޔަރު ނުކުރަނީ ،

  9. ހިތްވަރު

    ދިވެހިފުލުހުންނަށާއި، ދިވެހިސިފައިންށާއި، ދިވެހިޕޮލިހުންނަށް އަށްސަރިބަހާސާބަސް ތިޔަަކުރިހިތްވަރަށް މަރުޙަބާ

    4
    3
  10. ތުނިޔަ

    ދިވެހިފުލުހުންނަށާއި، ދިވެހިސިފައިންށާއި، ދިވެހިޕޮލިހުންނަށް އަށްސަރިބަހާސާބަސް ތިޔަަކުރިހިތްވަރަށް މަރުޙަބާ

    4
    3