ސިނަމާލެ ބްރިޖާއި ގުޅިފައިވާ ހަލިމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ މާލެ އިން ހުޅުމާލެއަށް ދަތުރު ކުރަމުންދިޔަ ސައިކަލެއް ބާރު ސްޕީޑްގައި ގޮސް ޕިކަޕެއްގެ ފަހަތުގައި ޖެހިގެންނެވެ.

އެ ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

މަންޒަރު ދުށް މީހުން ބުނާގޮތުގައި މި އެކްސިޑެންޓްގެ ސަބަބުން ހަލިމަގުގެ ޓްރެފިކް ވަރަށް ބާރުބޮޑުވެގެން ދިޔައެވެ. އަދި އެ ސަރަހައްދަށް ގިނަ އަދަދަކަށް ލޭ ފައިބާފައި ހުރި މަންޒަރު ވެސް ފެނިފައިވާ ކަމަށް ބުނެފައި ވެއެވެ.

ފުލުހުން ވިދާޅުވީ، މާލެ އިން ހުޅުމާލެއަށް އަންނަ ހަލިމަގުގައި ސައިކަލެއް ޕިކަޕެއްގައި ޖެހިގެން އެކްސިޑެންޓެއް ހިނގާފައިާ ކަމަށް މިރޭ 12:04 ގައި ފުލުުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓްގައި އުމުރުން 43 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބުރުގާ

    މީހުން ކީއްވެތަ ހައިވޭއައް އަރާއިރައް ހޭބޯނާރަނީ. ކަލޭމެނައް އެއްވެސް ގަވައިދެއް މުހިންމުނޫނިއްޔާ.........