ސިނަމާލެ ބްރިޖާއި ގުޅިފައިވާ ހަލިމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ ނިޔާވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ މާލެ އިން ހުޅުމާލެއަށް ދަތުރު ކުރަމުންދިޔަ ސައިކަލެއް ބާރު ސްޕީޑްގައި ގޮސް ޕިކަޕެއްގެ ފަހަތުގައި ޖެހިގެންނެވެ.

ފުލުހުން ވިދާޅުވީ، މާލެ އިން ހުޅުމާލެއަށް އަންނަ ހަލިމަގުގައި ސައިކަލެއް ޕިކަޕެއްގައި ޖެހިގެން އެކްސިޑެންޓެއް ހިނގާފައިާ ކަމަށް މިރޭ 12:04 ގައި ފުލުުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓްގައި ނިޔާވެފައި ވަނީ އުމުރުން 43 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ވިދާޅުވީ، އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާ ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަަމަށެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި އެކްސިޑެންޓްގައި ނިޔާވެފައި ވަނީ ހަސަން ފައިސަލް ނަމަކަށް ކިޔާ މީހެކެވެ. އޭނާ މަސައްކަތް ކުރަމުން ގޮސްފައި ވަނީ އެމްޕީއެލްގައެވެ.

އޭނާ ނިޔާވީ ފުލުހުން އުޅަނދުތައް ޓޯވ ކުރުމަށް ބޭނުން ކުރާ ޕިކަޕެއްގައި ޖެހިގެންނެވެ.

އޭނާގެ ކަށުނަމާދު އޮންނާނީ މިއަދު މެންދުރު ފަހު ހުޅުމާލެ ސަހަރާ މިސްކިތުގައެެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ނަސީރު

    މަތްޔިތާއައް ސުވަރުގޭގެ ނިއުމަތް މިންވަރު ކުރައްވާށި ..އާމީން .
    އާދޭސް ކޮއްފަ ބުނަން ، ކިތައްނެ އަވަހައް ތަނަކައް ދާންޖެހުނަސް ، ބާރައް ނުދުއްވާ .

    138
    2
  2. ޛަމަލް

    ދުވެލި މަޑު ކުރޭ. ޙައިވޭ ގައި ދުއްވަނީ ވަރައް ނުރައްކާތެރި ކޮށް. ކާރު ތައްވެސް ލޭން ބަދަލު ކުރަނީ ސިގްނަލް ނުދީ. ޓުރެފިކް ލައިޓް ލޭން ކައިރި ވެސް ނުރައްކާ. ހުޅުމާލެ ހައިވޭ ޓު މާލެ 1 ވަނަ ލައިޓް

    91
    3
    • ޙެެ

      ބުރިޖް އެޅިފަހުން ކިތައް ފުރާނަ ހިގައްޖެ. ދަންމަޅިއެއް

      5
      29
    • ޖަވިއަނި

      ފުލުހުންގެ ނާޤާބިލް ކަމުން ތި ބުނި ހުރުހައި ކަމެއްވެސް ވަނީ

      20
      15
    • ކަނަމަދު

      ދުވެލިމަޑުކުރޭ ލޯހުޅުވާގެން ކުރިއަށް ބަލަމުން ކޮންޓުރޯލް ކުރެވޭވަރަށްދުއްވަ ތިމާއަތުގަ ތިމާގެސައިކުގެ ކޮންޓުރޯލް އިންނަންވާނެ

      38
      0
    • ހައިވޭ

      ބެލެނިވެރި ފަރާތެއްނެތް ހުރިހާ މާހައުލެއްގަ ވާނީ މިހެން. އެއީ އަމިއްލަ ގެކަމުގަވިޔަސް. ސިފައިންނަކީ ނަމެއްގަ މިގައުމުގަ ތިބޭ ބައެއް.

      22
      5
      • އެދުރު

        މިހާރު ތިކަމުގަ ސިފައިން ކުއްވެރިވީ ކީއްވެގެންބާ؟

    • ދެން

      ފުޓޯއިން ތި ފެންނަމީހާ ތިހުރީ ހެލްމެޓް ނާޅައެއްނު

      15
      1
    • ޕ

      އަމިއްލައަށް މަރުވުންމި އަމިއްލައަށް ދުވެލި ބާރުކުރަނީ

    • ކާރުބާރު

      ބައެއް ކާރުގެ ދުއްޕާން ވަރަށް ބޮޑުވެއްޖެ. މީގެ ތެރޭގައި ބައެއް ޓެކްސީތައްވެސް ހިމެނޭ. އޯވަރޓޭކް ކުރުމުގައި ހައްދެއް ނެތް. ގޮތެއް ފޮތެއް ވެސް ނެތް.

  3. Anonymous

    ދަތުރު ދުޢާ ވެސް ކިޔާލާ ކުދިންނޭ ސަވާރީއަށް އަރާއިރު.
    ހަނދުނާއި ހަވީރުގެ ޒިކުރުތައްވެސް ކިޔާލައިގެން ތިބެމާ

    42
  4. ރާއްޖެ

    ސްޕީޑް ކިލްސް.

    11
    1
  5. ޢިބުރަތް

    މިކުޑަ ތައްކޮޅުގަ ބާރަށް ދުއްވުމުގެ ބޭނުމެއްނެތެއެވެ. މަގަށް ސަމާލުކަން ދޭށެވެ. ދިމަދިމާ ނުބަލާށެވެ، އަބަދުވެސް ރައްކާތެރިކަން އިސްކުރާށެ. މީ ކޮންމެ މީހަކުވެސް ކުރަންޖެހޭކަމެކެވެ

    25
  6. ރެފްރީ

    ކޮންކެނޑިޑޭޓއްބާ އެކްސިޑެންވުންހުއްޓުވަން ވައުދުވާނީ ؟ ގާސިމުގެވައުދަކީ
    ( ގާސިމު ރިސޯޓުހަދަން ) ދިވެހިންނަށް ޗާގޯސްހޯދާދިނުން.
    ނާޒިމުގެވައުދަކީ ކުށްވެރިންނަށް މަރުގެއަދަބުދިނުން.
    އަންނިގެވައުދަކީ ނިޒާމުބަދަލުކޮށް ދެވަނަ އިނގިރޭސިވިލާތެއްހެދުން.
    އުމަރުގެވައުދަކީ މަސްތުވުންހުއްޓުވުން.
    އިބޫގެވައުދަކީ ކުރިއަށްގެންދާ މަޝްރޫއުތައް ހުއްޓާނުލާކުރިއަށްގެންދަން.
    މުނައްވަރުގެހުވަފެނަކީ ދިވެހިކަނޑުގެ ލޮނު ފެނަށްބަދަލުކުރުން. ކުޅިތަކުގަ ކަންނެލިއާލާކުރުން. އަދުރޭގެހުވަފެނަކީ ޔާމީނު މިނިވަންކުރުން.

    12
    1
  7. ޝާ

    މާލެއިން ހުޅުމާލެ އަށް ދާ ޓްރެކް ލޭން ކާރުލޭން ވާތް ފަރާތައް ބަދަލު ކޮއަފިނަމަ ވަރައް ފަސޭހަވާނެ ހުޅުލެއައް ދާން ލޭން ބަދަލުކުރާކަން ނުޖެހޭނެ ހުލުމާލެއައްވެސް ސީދާކޮއްދެވޭނެ މިހާރު ހުލުލެއައް ދާ ކާރުތައް ވަރައް ނުރައްކާކޮއް ކުރަސްކުރަނީ ހުލުލެ ސައިޑުގައޮވެފަ ޚިޔާލުބަދަލުވި އަނެއްކާ ނުރައްކާކޮށް ހުރަސްކުރަންވީ

    11
  8. އަހްމަދު

    ހަލިމަގޭ އަލިމަގޭ ބުރުޖޭ ކިޔާފާ ގަޑިއަކު60-50 ކިލޯ މީޓަރަށް ދުއްވަން 2ކިލޯ މީަޓަރު ހަމަނުވާތަނެއްގާ ހުއްދަދީފާ މިއޮތީ ތިޔަކަހަލަ ކަންތައް ހިންގަން. އެހެންނާފަހެ 35މީޓަރުގައި ދުއްވައިގެންވެސް ތިޔަ ބުރިޖާ ހަލިމަގު 10 މިނިޓުން ހުރަސް ކުރެވޭ. ގަވާއިދު ހަދާ މީހުން އެއްވެސް ވަރަކަށް ނުވިސްނާ. ހަދާފާއޮތް ތަނުގެ ނަމަށް ދުވެލި ކަނޑައަޅާފާ ތިޔައޮތީ
    . ދުރުމިނަށް ބަލާ 40ކިލޯ މީޓަރަށްވުރެ ބާރަށް ދުއްވަން ހުއްދަ ނުދޭންވީ .

    15
    5
    • އެދުރު

      50 ކމ ބާރުމިނުގަ ދއްވާނަމަ އެއްވެސް އުނދަގުލަކާ ނުލައި ސައިކަލް ކޮންޓްރޯލް ކުރެވޭނެ.. މައްސަލައަކީ 150 ކަމައް ބަލައިގެން ގިނަމިހުންނަށް ދުއްވޭތީ..

  9. މޮހޮނު

    މައްސަލައަކީ މީގެން ކަމަކުން މި ގައުމުގެ މަދު ބައެއް ނޫނީ އިބުރަތެއް ލިބި ނުގަންނާނެތީ... ހެދިފައިވާ ގަވާއުދުތަކަށް އަމަލުކޮށް ވަގުތު އޮއްވާ ދާންޖެހޭ ތަންތަނަށް ދާން ނުކުތުމުން މިފަދަ ހާދިސާތައް މަދު ކުރެވޭނެ... މައްޔިތާގެ ފާފަ ފުއްސަވާ ސުވަރުގެ މިންވަރު ކުރައްވާށި، އާއިލާއަށް ކެއްތެރިކަން ދެއްވާށި... އާމީން

    18
    • ޢެމް

      ޢޭނާ އެކްސިޑެންޓްވީ ޕޮލިސް ޕިކަޕެއްގައި ޖެހިގެން ކަމަަށް ވަންޏާ އޭނަ އެކްސިޑެންޓްވެ އެމަރުވީ ޕޮލިހުން އޭނަ ހިފެހެއްޓުމަށް ކުރިކަމަކުން ކަމަށްވެސް ވެދާނެއެއްނުން!

      1
      2
  10. ގުދުގުދާބެއްޔާ

    މިކަމުގައި އޮތް ހައްލަކީ ވަކިހިސާބަކުން ބެރިކޭޑް ޖެހުން! މީގެ ކުރިން ޕޮލިހުން އެކަން ކުރި.!

  11. ޢޭނަ

    ބަހައްޓަފައިހުރި ބޯޑު ތަކުގައި 50 އަށްވުރެ ބާރަށް ނުދުއްވުމަށް އޮތަސް އެކަން ބަލަންތިބި މުއައްސަސާ އަކުން ބެލެނީކީ ނޫން. އެމީހުން ދުވަނީ ވަކިބައެއްގެ ފަހަތުން. ގަވާއިދު ހެދި މީހުން އެކަން ތަންފީޒު ވަމުން ދޭތޯ ވެސް ބަލާނެ ވަގުތެއްނުވޭ އެމީހުންގެ ޖީބަށް ބަލަން ހަދައިގެން.