މާލެސިޓީ ކައުންސިލްގެ ފަރާތުން އަޞްހާ އީދުގެ މުނާސަބަތުގައި ކަތިލުމަށް ހަމަޖެހިފައިވާ 200 ބަކަރި ފޯރުކޮށްދޭނެ ފަރާތެއް ހޯދަން އެ ކައުންސިލުން އިއުލާން ކޮށްފިއެވެ.

ޖޫން މަހުގައި އަންނަ ބޮޑު އީދުގައި މާލޭގައި އުލްހިޔާ ކަތިލައި ރައްޔިތުންނަށް ބެހުމަށް މާލެ ސިޓީ ކައުންސިލުން ވަނީ ނިންމައިފައެވެ.

މިފަހަރު މާލެ ސިޓީ ކައުންސިލުން ނިންމާފައި ވަނީ 100 ބަކަރި ކަތިލާފައި މާލެ ސިޓީ ރައްޔިތުންނަށް ބެހުމަށެވެ. އަދި މަސް ބެހުމުގައި ކުޑަކުދިންގެ ހިޔާ ކަހަލަ ތަންތަނަށް ހާއްސަ އިސްކަމެއް ދީގެން ކުރިއަށް ގެންދާ ގޮތަށް ވަނީ ނިންމާފައެވެ

މާލެ ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، އީދުގެ މުނާސަބަތުގައި އެ ކައުންސިލްގެ ކަތިލުމަށް ހަމަޖެހިފައިވާ 200 ބަކަރި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށާއި، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

ތިރީގައި މިދަންނަވާ ދުވަސްތަކުގައި މާލޭ ސިޓީކައުންސިލްގެ އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަންނަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑްހުށަހެޅުމަށް ދަންނަވަމެވެ.

އެ އިއުލާނުގައިވާގޮތުން އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ތިއީ ވެރިކަން ވައްޓާލުމަށާއި ވެރިކަން ހޯދުމަށްޓަކައި 200 ބަކަރީގެ ލެއިން ސިހުރެއް ހަދަން ކުރާ ކަމަކަށް ވެސް ވެދާނެ ދޯ. ރަނގަޅު ބަޔަކު ތިކަމަށް 200 ބަކަރި ހޯދާނުދޭނެ ދޯ. ނޫނީ ތިއީ އިންޑިއާ ރުޅިއަރުވަން ކުރާ ކަމަކަށް ވެސް ވެދާނެ ދޯ. ބަކަރިއަށް އަޅުކަންކުރާ މީހުން ވެސް އިންޑިއާގައި އުޅޭ ދޯ. ނޫނީ ތިއީ މުއިއްޒު ބަކަރިމަސް ކާހިތުން ކުރާ ކަމަކަށް ވެސް ވެދާނެ ދޯ. ކަތިލާނަމަ ކަތިލަންވީ މާލޭ ސިޓީގެ ކޮންމެ ގެއަކަށް ބަކަރިއެއް ދޯ. އެންމެ 200 ބަކަރިން އެންމެނަށް ނުކެވޭނެ ދޯ. މި ކޮމެންޓް ޖެހިޔަސް ރުޅިއަންނާކަށް ނުވާނެ ދޯ. މިބުނީ އަސްލު ތެދު ދޯ.

  2. އައްބާ

    ބާރަށް ގޮވާ މަސްފަލަ ބަކަރި މަޖިލީހުން ލިބޭނީ ގަންނަން.