ފ. އަތޮޅުގެ ރަށްތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފުރާވަޑައިގަންނަވައިފިއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަހްމަދުވެސް ބައިވެރިވެވަޑައިގަންނަވައެވެ.

އޭގެ އިތުރުން މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

އެގޮތުން މި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަންނަވާނީ، ފ. ނިލަންދޫއަށެވެ. އޭގެފަހުން އެއަތޮޅު ދަރަނބޫދޫ، މަގޫދޫ އަދި ބިލެތްދޫގެ އިތުރުން ފީއައްޔަށް ވެސް ވަޑައިގަންނަވާނެއެވެ.

ރައީސް އޮފީހުން ވިދާޅުވީ، މިދަތުރުފުޅުގައި ރައީސް އެރަށްރަށުގެ ކައުންސިލާއި، އ.ތ.މ ކޮމިޓީގެ މެމްބަރުންނާއި އަދި އާންމު ރައްޔިތުންނާ ވެސް ބައްދަލުކުރައްވާނެ ކަަމަށެވެ.

އަދި މީގެ އިތުރުން އެރަށްރަށުގައި ސަރުކާރުން ހިންގައި ނިމިފައިވާ މަޝްރޫއުތައް އިފްތިތާހްކޮށްދެއްވުމަށާއި، ކުރިޔަށްދާ ބައެއް މަޝްރޫއުތަކުގެ މަސައްކަތް ކުރިޔަށްދާގޮތް ވެސް ބައްލަވައިލައްވާނެއެވެ. މިގޮތުން، ފ. އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތް ކުރެއްވުމަށް ނިންމާފައިވާއިރު، ފ. މަގޫދޫގައި އަޅަމުންދާ އެއަރޕޯޓްގެ މަސައްކަތް ކުރިޔަށްދާގޮތްވެސް ރައީސް ބައްލަވައިލައްވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޑައެލޯގް

    ވޯޓު ހޯދަން ދައުލަތުގެ ފައިސާއިން ނަހަމަގޮތުގައި ދަތުރުކުރަނީއެވެ. އެއީޔޯ ޒީރޯޓޮލަރެންސްއަކީ އިބޫބުނީ

    12
  2. މާމީ

    ކެމްޕޭނައް ދާ އިރު ލަދެއްނުގަނޭ

    13
    • ފެންސިރު

      ގައުމު ވިއްކަނީއޭކިޔާކާރޑް އަޅުވައިގެން، ފ.އަތޮޅުގެ ސައުދީ މެގަ ޕްރޮޖެކްޓް ހުއްޓުމަކަށް ގެނައި މުއްލާއިން މިއަދު ފ.ގައޮތް މީސްމަދު ބިމުގެގޮތުން އެންމެކުޑަ، އެހެނަސް އައުވާނުންނަށް ތާއީދު ބޮޑު ރަށުގަ އެއަރޕޯރޓް އަޅަން ނިންމުން ބޮޑުކާމިޔާބަކަށްވެ ތާއީދު ލިބޭނެކަމަށް ހީކުރުމަކީ މޮޔަކަމެއް. ޢޭރުގެ މި ގައްދާރުން މިއަދު ގައުުމުގެ ކަނޑުތައް ވިއްކާ އިންޑިޔާގެ ބުޑިސްޓް ހިންދޫ ބާތިލް ދީންތަކުގެ އަސްކަރީން މިތާ ދާއިމަށް ތިބޭނެ މަގުފަހިކޮށްފަ، އަދިވެސް ވެރިކަމައިގެން މަރުފަލިޖަހާ އެނގޭކަމީ މީކީ ގައުމީވަންތަކަމެއް ނެތް ބަޔެއްކަން.

  3. ނިޔާމާ

    ރައްޔިތުންގެ ހައްގުތައް ގެއްލުވާ ލުމަށްފަހު ނުކުރާ ކަންކަން ކުރިޔޯ ބުނާނެ ރައްޔިތުން ވިސްނާ

  4. ޔާންޔާ

    ތި ރައްރަށް ދިއުން ބޭނުން ހުރިކަމެއް ނޫން . މާލެމީހުނާއެއްކޮށް ހުރެގެން ނަތީޖާއެއް ފެނާނީ.

  5. ސާބަސް

    ފ. ޢަތޮޅު ވިއްކާލާފަ އޮތްތަނެއް ނޫންތަ ތިޔަ އީ ކުރީ ސަރުކާރުން، ރޭޑިއޯ ތަކުން ވަރަށް ގޮވި އެހެން.