އަންނަ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީންގެ ރަނިންގ މޭޓެއްގެ ގޮތުގައި ހަމަޖައްސަވާފައިވާ، އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރ ޑރ. ޝަހީމް އަލީ ސައީދު، ދިވެހި ހައްޖާޖީންގެ ހާލު ބައްލަވާލައްވައިފިއެވެ.

ޑރ، ޝަހީމް ދިވެހި ހައްޖާޖީންގެ ހާލު ބައްލަވާލައްވާފައި ވަނީ، މިހާރު މައްކާގައި ހުންނެވި ހައްޖު ކޯޕަރޭޝަންގެ ޗެއާމަން އަށް ގުޅުއްވައިގެންނެވެ. އަދި އެހެން ގުރޫޕްތަކުގެ އިސްވެރިންނަށް ގުޅުއްވާ އެ ގުރޫޕްގެ ހަވާލުގައި ހައްޖަށް ދިޔަ ހައްޖާޖީންގެ ހާލު ބައްލަވާލެއްވުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށް، ޑރ ޝަހީމްގެ ޓީމުން މައުލޫމާތު ދެއްވިއެެވެ.

ޝަހީމް އޭނާއަށް ގުޅުއްވައިގެން ހައްޖާޖީންގެ ހާލު ބައްލަވާލައްވާ، ހައްޖާޖީންގެ މަބްރޫރު ހައްޖަކަށް އެދިވަޑައިގެންނެވިއެވެ. އަދި ހައްޖާޖީންގެ ފަހުގެ މައުލޫމާތުއް ހޯއްދަވައި، އީދުގެ ހެޔޮއެދުމާއި ތަހުނިޔާވެސް ވަނީ ހައްޖާޖީންނަށް ފޮނުވާފައެވެ.

ރައީސް އަބްދުﷲ ޔާމީންގެ ރަނިންގ މޭޓެއްގެ ގޮތުގައި، މިފަހަރު ނުކުންނަވާ ޑރ. ޝަހީމް ދަނީ ރައްޔިތުންނާއި ބައްދަލު ކުރަމުންނެވެ. މިހާރު އެމަނިކުފާނު ވަނީ އަތޮޅު ތެރެއަށްވެސް ދަތުރުފައްޓަވާ ރައީސް ޔާމީން 2018 އަށް ހޮވުމަށް ސީދާ ހަރަކާތަށް ނުކުމެވަޑައިގެންފައެވެ.