ދިވެހި ރާއްޖޭގެ އަމާންކަން ނަގާލަން އިދިކޮޅު ފަރާތްތަކުން ކުރިޔަށް ގެންދާ މުޒާ ހަރާތަކަކީ ހައިޖާނެއްގެ ގޮތުގައި ސިފަ ކުރައްވަވާ މިކަމުން ލިބޭ ގެއްލުންތަކުގެ ޒިންމާ ނަންގަވަން ޖެހޭ ފަރާތަކީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް އެންވަޔަރޮމެންޓް މިނިސްޓަރ، ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ވިޔަފާރިތަކަށް ދަތިކޮށް، ރާއްޖޭގެ ތަސައްވުރު ހުތުރުކޮށް، ޓޫރިޒަމް ހުއްޓުވާލާ އާއްމުންނަށް އުދަގޫކުރަން އިދިކޮޅުން މިހިންގާ ހައިޖާނުގެ ޒިންމާ ނަންގަވަން ޖެހޭނީ ޤާސިމް އިބްރާހިމް ކަމަށެވެ.

އިއްޔެ އިދިކޮޅު ފަރާތްތަކުން މާލޭގެ މަގުތަކަށް ނިކުމެ ވިޔަފާރިތަކަށް ހުރަސް އެޅޭ ގޮތަށް ކުރިޔަށް ގެންދިޔަ މިމުޒާހަރާއާ ގުޅިގެން އިދިކޮޅު ޕީޕީއެމްގެ ގިނަ މެންބަރުންނާއި ވަޒީރުން އިދިކޮޅު ފަރާތްތަކަށް ދަނީ ފާޑު ކިޔަމުންނެވެ.

އިދިކޮޅު ފަރާތްތަކުން ކުރިޔަށް ގެންދިޔަ މިމުޒާހަރާގައި މަދު ބަޔަކު ބައިވެރިވިރު، ޤާސިމް އިބްރާހިމް އިސްވެ ހުންނަވާގެން ފެބްރުއަރީ އެއްވަނަ ސުޕްރީމް ކޯޓުގެ ފަޑިޔާރުން ލައްވާ ހުކުމް ނެރުއްވާގެން ގެންނަވަން އުޅުނު ބަޣާވާތް ކާމިޔާބުވެފައި ނުވާކަމަށް ވިދާޅުވެ ޤާސިމްވަނީ ބަޣާވާތެއް ގެންނަވަން އުޅުއްވި ކަމަށް އެއްބަސްވެ ވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހައްޤުބަސް

    ތިޔަ މަބުނާ ވާހަކައަކީ.. މި ޤާސިމޭ ހުރިހާ ޒަމާނެއްގަ ހުރިހާ ވެރިކަމެއް ގުޖަޑުކުރަނީ.. މައުމޫނު ވެރިކަން ކަމުނުގޮސްގެން 12 13އޭކިޔާފަ ގުޖަޑުކުރި ނަޝީދު ވެރިކަން ގުޖަޑުކޮށް 7 ފެބުރުވަރީގަ އެސޮރު ބޭރުކުރި. މިހާރު އުޅޭވައްތަރު މިހުރީ.. ތޯބެ އެކަނި ރިއަލިޓީ ތި ހާމަކުރީ.. ދެން މިއުޅޭ މީހުން ނަޝޫދޭ މައުމޫނޭ ކިޔަކިޔާ މިތިބެނީ 24/7

  2. ޕޮކަންޑިމޭން

    ހެހެހެ ޔާމީނު ޒިންމާވާންޖެހޭނީ.

  3. ނަޖްވާ

    ތޯބެ ކަލޭ ތިހިރީ ހަމަ ހޭ ގަތަ!

  4. ވެރި ސޮރު

    އެއްދުވަހު ބަޢާވާތޭ އަނެއްދުވަހު ހައިޖާނޭ މުސީބާތެކޭ ވެރިކަން ހޯދާށޭ ކިޔާނެ ބަލަ ތަމެންވެސް އުޅެނީ ވެރިކަން ހޯދަން އެހެން ބަޔަކު އުޅުނީމަތޯ ގޯސްވެ ކަމުނުދަނީ!

  5. އަބްދުއްލާ

    ގަާސިމްކީ ކީރިގި ގުރްއާނުގާ ބަގަރާސޫރަތުގެ 11 12 މިދެއާޔަތުގަ ބުނާފަދަ ފަސާދަވެރިއެއް ނޫންބާ ؟އިލްމުވެރިމަ މިކަމާއަޅާނުލާ ތިބެއްޖެނަމަ އެ އިލްމުވެރިން ފާފަވެރިވާނެ.