އުސް އިމާރާތްތަކުން ބިންމައްޗަށް ފައިބަން ގޮވާލާ އިއްޔެ އިދިކޮޅު ފަރާތްތަކުން މުޒާހަރާގައި ހައްޔަރުކުރި 17 މީހުން ދޫކޮށްލުމަށް 13 އަހަރުގެ ޖަލު ހުކުމެއް ފުރުއްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއވެ.

މިއަދު ކުރެއްވި ޓުވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ އިއްޔެގެ މުޒާހަރާގައި ހައްޔަރު ކުރެވުނު 17 ބޭފުޅުންވެސް މިހާރުން މިހާރަށް ދޫކޮށްލުމަށް ގޮވާލާ ކަމަށެވެ.

އިއްޔެގެ މުޒާހަރާގައި ޖުމްލަ 17 މީހަކު ހައްޔަރު ކުރިއިރު، މީގެ ތެރޭގައި ރައްޔަތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުއްﷲ ޝާހިދާއި ރައްޔަތުންގެ މަޖިލީހުގެ ކިބިދޫ ދާއިރާގެ މެންބަރު އަދި ކުރީގެ ކޮމިޝަނަރ އޮފް ފޮލިސްގެ މަޤާމް ފުރުއްވާފައިވާ އަބްދުﷲ ޝާހިދުވެސް ހިމެނިވަޑައިގަންނަވައެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، މުޒާހަރާ ކުރުން މަނާކޮށްފައި ވަނިކޮށް، ވެރިކަން ކުރާ ރަށުގެ އެންމެ ބޮޑު މަގު މަގަށް އިދިކޮޅު ފަރާތްތަކުން ނިކުތުމުން އެއްޗެހި ދުއްވުން ހުއްޓި ހިނގާބިނގާވެ އުޅޭ މީހުންނަށް ދަތިތައް އިއްޔެވެސް ވަނީ ދިމާވެފައެވެ. މިހެންކަމުން ފުލުހުންވަނީ މުޒާހަރާ ރޫޅާލާ ފުލުހުންގެ ވާޖިބަށް ހުރަސްއެޅިމީހުން ހިފާ ހައްޔަރުކޮށްފައެވެ.

އިދިކޮޅު ފަރާތްތަކުން މަޖީދީމަގަށް ނިކުމެ ޣައިރު ޤާނޫނީ މުޒާހަރާއެއްކޮށްފައިވާއިރު، އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ މިއަދުވެސް އިދިކޮޅު ފަރާތްތަކުން ބާއްވާ މުޒާހަރާ ކުރިޔަށް ދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޟަމިރު

    އޯކޭ އައްނި ނުބުނެގެން މިމަޑުކޮއްލީ

  2. އިސްމާއީލު

    އެމީހުންދޫކޮށްލަން ތިޔަބުނަނީ ކާކު ކައިރީގައި. ކަލޭގެ އަމާކައިރީގަތަ؟ ކަލޭގެ ތިޔަ ހިކިއަމުރު އަދިވެސ ްހާދަ ކުރާހިތްވެޔޭދޯ؟

  3. ދައްލޭ

    މިދޫކޮށްލީ ސާރ.

  4. Anonymous

    .މަނިކުފާނު ކިތައްމެވަރަކަށް ގޮވާލެއްވިޔަސް މުޒާހަރާގައި ބަންދުކުރި އެކަކުވެސް ދޫކުރެވޭކަށްނެތް، ޚާއްސަކޮށް މަޖިލިސް މެމްބަރުން، އެއީ ގައުމުގާ ކުއްލިހާލަގު ހިންގާފައިއޮއްވާއިރު މުޒާހަރާކުރުމަކީ ގާނޫނީ މަނާކަމަކަށްވާއިރުު މަޖިލިސް މެމްބަރުން މާބޮޑަށް މުޒާހަރާގައި ބައިވެރިވާންނުޖެހޭ، މެމްބަރުން ވާންޖެހޭނީ ރައްޔިތުންނަށް ނަމޫނާ ދައްކާ ބަޔަކަށް، އެކަމަކު އެބޭފުޅުން އެއްމެ ދަށުދަރަޖައަށް ވެއްޓިގެންއުޅޭތަން ފެންނަނީ، މުޒާހަރާކުރުމަކީ އާއްމުރައްޔިތުން ހިނގާއުޅުމާއި ބާޒާރުކުރުންފަދަ ކަންތަކަށް ވަރަށް އުދަގޫ ކުރިމަތިވާކަމެއް އަދި ވިޔަފާރިވެރިންނަށް ނުހަނު ގެއްލުން

  5. ރޮންދާ

    ކަލޭބުނެގެން މީހަކު ދޫކުރާނެނަމަ އެންމެ ފުރަތަމަ ދޫކުރާނީ ކަލޭ، މި ހުރިހާވެސް މައްސަލައަކީ ކަލެއަށް އައިސްގެން އުޅޭ ބޮޑު ހުކުން ތަންފީޒު ކުރަންޖެހުން، މަށެއް ޤަބޫލެއް ނުކުރަން ކަލޭތީ އަނގަ ފުޅާކުރުމަށް އެއްވެސް ހައިސިއްޔަތެއް އޮތްމީހެއް ކަމަކަށް، ތިއީ ބޮޑު ޓެރަރިސްޓެއް