ޔަމަނުގައި މުދިމަކު މިސްކިތުގައި ނަމާދަށް ހުއްޓާ ބަޑިން ހަމަލަދީ ޝަހީދުކޮށްލާފިއެވެ.
މީޑިޔާ ރިޕޯޓްތަށް ބުނާގޮތުން ބަޑިން ހަމަލީދީ ޝަހީދުކޮށްލައިފާވަނީ ޔަމަންގެ ހަދްރަމައުތުގައި ނަން މަޝްހޫރު އިމާމެއް ކަމަށްވާ އަލް ހަބީބް އައިދްރީސް ބިން އަބްދުﷲ ބިން ސުމައިތުއެވެ. އިމާމް ޙަބީބް ޝަހީދުކޮށްލާފައިވަނީ މިސްކިތުގައި އިމާމްވެ ހުންނަވަނިކޮށް މިސްކިތައް އެރި ގޮތްނޭންގޭ ބަޔަކު އިމާމްގަޔަށް އަމާޒުކޮށް ދިން ބަޑީގެ ހަމަލާތަކުގެ ސަބަބުންނެވެ.
ޔަމަނުގެ ބޮޑުވަޒީރު އަހްމަދު އޮބެއިދު މި ހަމަލާ ކުށްވެރި ކުރައްވާފައިވާއިރު ބޮޑު ވަޒީރު ބުނެފައިވަނީ މިއީ މެދުމިނުގެ ސިޔާސަތެއް ގެންގުޅުއްވާ އިލްމުވެރި ބޭކަލެއްކަމަށާއި މިހަމަލާއަކީ މިފަދަ ބޭފުޅުންނަށް އަމާޒު ކުރެވިގެން ދެވޭ ހަމަލާތަކެއްކަމުގައެވެ.
މިހަމަލާ މިހާރު ފުލުހުންދަނީ ތަޙްޤީޤް ކުރަމުންނެވެ.
ތިޔަ ހަމަލާ ދިނީ ސީއައިއޭއިން ރާވައިގެން ކަމަށް ވުމީ އެންމެ ގާތް ކަންތައް.. ޓެރިރެޒަމް ހިންގަނީ އެމީހުން
ތީ ސީދާ ހަރުކަށި ޓެރަރިސްޓުން ދިން ހަމަލާއެއް. އެމީހުން ބޭނުންވަނީ 6އަހަރުގެ ކުޑަކުދިން ބޮއްވާފަ ހިރަފުސްތެރޭ އަޗާތަޅަން. މިކަމާ ދެކޮޅު އެންމެން މަރާލުން އެމީހުންގެ ދީނަކީ