ރައީސް ޔާމިނަށް ރާޢްޖޭގައި މަރުގެ ހުކުމް ތަންފީޒް ކުރަން ކެރިވަޑައިނުގަންނަވާނެ ކަމަށް ކުރީގެ ރައީސް މައުމޫނާއި ފާރިސްގެ ވަކީލު ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ވެސް ފުރުއްވެވި ޝަމީމް ކުރެެއްވި ޓްވީޓްގައި ވިދާޅުވީ ރައީސް ޔާމިނަށް ގިސާސް ހިފަން ނުކެރޭނެ ކަމަށާއި އަދި އެއީ ހިސާބަށްވުރެއް ފިނޑިންނަށް ކުރެވޭނެ ކަންކަމެއްނޫން ކަމަށެވެ،. ރައީސް ޔާމިނަށް ކެރެންޔާ މަރުގެ ހުކުމް ތަންފީޒް ކުރުމަށް ވެސް ޝަމީމް ވަނީ ގޮވާލައްވާފައެވެ.

ޝަމީމް އިތުރަށް ވިދާޅުވިގޮތުގައި މިހާރުގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދު އަށް ވެސް މަރުގެ ޙުކުމް ތަންފީޒު ކުރާކަށް ނުކެރޭނެއެވެ. "ޔާމީނަށް ބޮޑުބޭބެ ކިޔާ ކުއްޖަކު މަގޭ ގާތުގައި ބުނި ޔާމިނަކީ ފިނޑިއެކޯ" ޝަމީމްގެ ޓްވީޓްގައި ވިދާޅުވިއެވެ.

https://twitter.com/HuShameem/status/1032315562288799744

ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒް ކުރަން ރައީސް ޔާމިނަށް ނުކެރޭނެ ކަމަށް ޝަމީމް ވިދާޅުވިއިރު ރައީސް ޔާމިން ވަނީ އިދިކޮޅު ފަރާއްތަކަށް ގިސާސް ހިފަން ވައުދުވާން ނުކެރޭނެ ކަމަށްވިދާޅުވެފައެވެ.

އިދިކޮޅު ފަރާތްތަކާ ޗެލެންޖް ކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން އަލުން ވެރިކަމެއް ހޯދަން މަސައްކަތް ކުރާއިރު މީގެ ކުރިން ގައުމާ ރައްޔިތުންނަށް ގެއްލުންވާ ގޮތަށް ކޮށްފައި ހުރި ކަންކަން ތަކުރާރު ކުރާނަންތޯ ނުވަތަ ނޫންތޯ އެބަ ސާފުކޮށް ރައްޔިތުންނަށް ބަޔާންކޮށްދޭން ޖެހޭ ކަމަށެވެ.

އިސްލާމް ދީނުގައި އޮންނަ ގޮތަށް މަރުގެ ހުކުމް ތަންފީޒު ކުރަން ވައުދު ވާން އިދިކޮޅު ފަރާތްތަކަށް ނުކުރޭނެ ކަމަށް ރައީސް ޔާމީން ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. ރައީސް ޔާމީން ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ކުރަން އެމަނިކުފާނު ވައުދުވެ ވަޑައިގެންނެވީ އެކަމަކީ އިސްލާމީ ޝަރީއަތުގައި ކުރަން ލާޒިމް ކުރައްވާފައިވާ ކަމަކަށް ވާތީ ކަމަށެވެ.

އަދި އެ ހުކުމް ތަންފީޒު ނުކުރަނީ ދުނިޔެވަނީ ގޮތުން އަމިއްލައަށް ކަންކަން ނިންމައިގެން ކަމަށާއި އެކަމަކު އެއީ އެކަން ކުރަން ޖެހޭ ގޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ރައިސް ވިދާޅުވެފައި ވެއެވެ.

ސުޕްރީމް ކޯޓުން މަރުގެ ޙުކުމް އިއްވާފައިވާ ތިން މީހަކު ރާއްޖޭގައި މިހާރު ވެސް އެބަތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ޑިމޮކްރަޓިސްޓް

    އަނެއްކާ ކުޑަކުދިން އަރުވާކަހަލަ އަނގައަރުވަން ފެށީއޭ.. ކަލޭމެނަށް ރަނގަޅުއެއްގޮތެއްވެސް އޮވޭތަ؟ މަރުހިފިޔަސް އަނިޔާވެރިވީ.. ނުހިފީމަ ފިނޑިވީ.. ކަލޭމެނެކޭ ބަނީއިސްރާއީލުންނެކޭ ކޮބާތަފާތެއް.. ކަލޭ ކިޔެވި ވަރަކަށް ވެފަތިހިރާ ގަމާރު!!!!!

    • އިބޫ

      ސަމީމު ކިޔެވީ ބަނީ އިސްލާއީލު ބާގައިގެ މީހުން ކައިރިންް. އެހެންވެ އެގޮތައް އެއުޅެއީ ބިރުން

  2. އަލީ

    ކަލޭމެންގެ ނުފޫޒާއި ހެދި މިހާރުގެސް ހުކުމް ތަންފީޒުކުރުން ލަސްވެފައި އޮތީ. ކޮންއަމަޔެކޭ ކިޔާކަށް.

  3. އަހުމަދު

    ތިގޮލަޔަށްވެެސް ނުކެރިނެއްނު ރަނގަޅު ހުކުމެއް ކުރާކަށް

  4. ޒަގްރަބް

    މީނަޔަށް ކެރިދާނެ ވައަތަރު ޖަހާ މީދޯ އެއްކަލަ ލިއުން ތައްޔާރު ކުރި ބޭބޭ.!

  5. ގައްދޫ މުހަންމާއިދީ

    ތީމިހާރު އަގެއްނެތް އެއްޗެއް ގެއްލިފައި ހުއްޓާރީލޯޑް ކޮއްފަ ތިހިރީ ، އެހެން ނޫނަސް މަރަންވީވަ ވަގުންނަން އިގޭޮަކަން ނުޖެހޭ!

  6. ބޯސަން

    ލިސްޓު ގެ އެންމެއްކުރީގައޮތީ ތިބޭ ފުޅާ ވީމަދޯ

  7. ދޮންޔޫސުފު

    މީ ހަމަ ފައްކާ ދޮޅުބުރާންޗެއް. ޤާނޫނީ ވަކީލުން ފެންވަރުގެ މީހަކު ގޮވާނެތަ މިކަހަލަ ކޮހެއް.

  8. އިބޫ

    ސަމީމް ތިބޭފުޅާ ތިހީ ކުރައްވަނީީ މަރުގެ ހުކުން ތަންފީޒު ކުރަން ނުކެރިގެނޭތައެއުޅެނީ. ތިބޭފުޅާ މިހާރު ތިއަޑައް ބާރު ލާފަ ތިގޮތައް މިހާރު ތިކިޔަނީީ ސިޔާސީ ބޭނުމެއްގަ މިވަގުތު މަރުގެ ހުކުން ތަންފީޒު ކޮއްފިއްޔާ ޔޫއެންނުން ނާ ދެން އޮތްތާކުން ސަރުކާރައް ޕުރެސަރުކޮއް ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަން އިގޭތީ ތީ ތިޖަހާމަޅިޔަކީ ނޭގިގެނެއް ނޫން މިއުޅެނީކީ. މީގެ ކުރިން ކީއްވެ ތިގޮތައް ވާހަކަނުދެއްކީ. ވޯޓުލާ ދުވަސް އައިސް ކުރިމަތިވީމަ ތިކުޅެއީ ސިޔާސީގޭމު މަރުގެ ހުކުން ތަން ފީޒު ކުރާކައްނުކެރޭނެއޭ ފިޑިއެކޭ. ތިވާހަކަދައްކާ ކުޑަކުދިން ކައިރީގަ. ހަމަގައިމުވެސް ކެނެރީގޭ ނަސީދަކައް ނުކެރޭނެ މަރުގެ ހުކުން ތަންފީޒު ކުރާކައް . އޭނަ ވަރިކަމުގަހުއްޓަސް. އެއީީ އެކަން ނުކުރަން މިހާރުވެސް ގޮވާމީހާ ޔަހޫދީންނާ އެއް ބައިވެގެން. މަރުގެ ހުކުންވެސް އެވަގުތު އައިސް ޖެހުނީމަ ކުރާނަން. ދެން ތިބޭ ބަލަން

  9. ޢިއްބެ

    ޔާމީންގެ ފިޑިކަން !!!! ޢަމައްޔާއި . މުލި މިގައުމުގަ އެންމެން މިދައްކަނީ ޔާމީންގެ ކެރުމާ ގަޓްގެ ވާހަކަ . ފިޑިން އޮޅިއްޖެ ސަސްޕެންޓް ކުރީމަ ސައިޒްގަ .

  10. ޝިހާބް

    މިހާރު ޔަޤީންވީތާ މީނަ ލިސްޓްގައި އޮތްކަން. އަވަހަށް ބޯން ބޭނުން އެއްޗެއްބޮއެގެން ތައްޔާރުވޭ.

  11. މަރިޔަމް

    ކަލޯ ކެރޭކަން ވަރަށް އަވަހަށް ފެންނާނެ. ތެޅިފޮޅޭނެ ކަމެއްނެތް. ސޯޓް ތިރިވެދާނެ.

  12. ސޯލިހާ

    ތީނަ ނަހަދާނެ ތެދެއް ކޮއްމެވެސް ގޮތަކުން ޖީބަށް ލެވޭތޯ ބަލާނީ

  13. ހަސަނު

    މީކާކުގެ ފިރިއެއްކަން ޖެހިނަމަ ރަނގަޅުވީސް.

  14. ސސސ

    ކަލޭތީކާކު. ހައިސިއްޔަތަކީ ކޮބާ. ކޮންތާކުތިއުޅެނީ. ވެރިކަންކުރަނީ ކާކު؟ މިސުވާލަށް ޖަވާބުދީބަލަ.

  15. ފަޒާ

    ކާކުތަ ޝަމީމް އަނގައިގަ އޮތް ބުއްފުޅި ނެއްޓުވީ؟ އަދި މާ އަވަސް ކިރު ބުޔުން ހުއްޓާލަން؛ އަލުން ޖައްސާ.

  16. ރުޒާނާ ޗޮއްޕަޓު

    މަށަށްވެސް ތިކަމާ ދެކޮޅު ހެދޭކަށް ނެތް. ހިއެއް ނުވޭ ތިކަމެއް ވާނެހެނެއް.

  17. ދޮގެއްތަ؟

    މަރަށް މަރު ހިފާނަމޭ ބުނެލަން ވެސް ނުކެރޭ ފިނޑި ބާގަގަނޑަކުން ކޮން ފޮނި އަނގައެއް ތަޅާކަށް.

  18. ސައްޕު

    އީޔޫގެ ތާއީދު ހޯދަން ތެޅޭ ރަނޑ އަނގަ މަޑުން ލައިގެން ތިބޭ. ތިކަކެއްކުރީމަވެސް އެންމެ ބޮޑަށް އަނގަފުޅާކޮށްފަ ތެޅޭނީ ތި ރުނޑ

  19. ހުސޭނުބޭ

    ނާޤާބިލުވެގެން މަޤާމު ގެއްލިފައި ތިބޭ މީހުންނަށް މިހެރަ އަރާ ކެހެންޏެއް!

  20. ކެރަފާ

    މީނައެކޭ ބަނީ އިސްރާއީލުންނެކޭ ތަފާތެއްނެތް މީނަގެ ހިތް މިހާރުމިވަނީ ކުޑަކުއްޖެއްގެ ހިތަކަށް ބަދަލުވެފަ.

  21. ބަވަނަ/މާލެ

    އަހަރެމެން ކުޑައިރު ކުދިން ތޮޅޭ ތަނަށް ދިޔައީމަ އިވޭކަހަލަ ބަސް ތި ބުނަނީ ޖަހާބަލާށޭ ދެންޖަހާކަށް ނުކެރޭނެޔޭ ހީހީ ހަލާކު!!

  22. މޮންޓް

    ތިޔަދައްކަނީހަމަރަގަޅު ވާހަކަ އެކަންކުރާނީ ޔާމީނެއްނޫން އެކަންކުރާނީ ކޯޓުން މިވަރުނޭގޭ ގާނޫނީ ވަކީލުންވެސް ތިބޭކަމީ ހިތާމަކުރާކަމެއް

  23. ޔފއ

    ސަމީމު ކައިރީ ބުނެ ބަލަ ސަހިންދާ ގޮވައިގެން އޮސްޓްރޭލިޔާ ގެ މަލްބަރަން އަށް ޖައްސާލާށޭ. އެއީ އެއްނު ޕޖ ގަ ހުރި އިރު ބިޓު ޕީ.އައި. ސީ ގެ ރައީސާ އަކަށް ހުރި އިރު ދެމީހުން ކުރި ކަމަކީ ނަމުގަ ސަރުކާރުގެ ރަސްމީ ދަތުރު.