ގުޅިފައިވާ އިއްތިހާދުގެ ވެރިކަމެއްގައި އެއްވެސް ބަޔަކަށް ތަފާތު ކުރުމުގެ ވިސްނުމެއް ނުގެން ގުޅޭނެ ކަމަށް އިދުކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންނަށް ރަސްގަތީމަށް ވަޑައިގެން އިބޫ ވިދާޅުވީ ގުޅިފައިވާ އިއްތިހާދުގެ ސަރުކާރެއްގައި އެއްވެސް ބަޔަކު އަދި ރަށަކަށް ތަފާތު ކުރުމުގެ ސިޔާސަތެއް ނުގެންގުޅުއްވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ވެރިކަމެއްގައި ވަކި ޕާޓީއެއް ވަކި ފިކުރަަކަށް ބެލުމެއްނެތި، އަޅުގަނޑުމެންނާ އެކީގަތިބި މެންބަރުންވިޔަސް، އަޅުގަނޑުމެންނާ ހިޔާލުތަފާތު މެންބަރު ތިބި ނަމަވެސް، އަދި ހިޔާލު ތަފާތު ރަތްޔިތުން ތިބި ރައްޔިތުން ދިރިއުޅޭ ރަށްތަކަށްވެސް އަޅުގަނޑުމެންގެ ސަރުކާރެއްގައި ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތަށް ފޯރުކޮށް ދެވިގެންދާނެ" އިބޫ ވިދާޅުވިއެވެ.

ރަސްގަތީމުގައި އިއްތިހާދުގެ ސަޕޯޓަރުންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން އިބޫ އިތުރަށް ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަށް ފޯރުކޮށްދިނުމަށް ޕްލޭނެއް އެބައޮތް ކަމަށެވެ.

"އަސާސީ ހިދުމަތް ފޯރުކޮށްދިނުމަށް ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށް ދިނުމަކީ ބޮޑު ކަމެއްނޫން. ތިން މިލިއަން ޑޮލަރު ހަރަދުކޮށްގެން އެއަޅާ ނަރުދަމާ ނިޒާމް އެއީ 1 މިލިއަން ނޫނީ 1.5 މިލިއަން ޑޮލަރަށް އެޅޭނެ ނަރުދަމާކަން މިއަދު ހިސާބުތަށް ޖެހީމަ އެބަ ހާމަވޭ" އިބޫ ވިދާޅުވިއެވެ.

ރާއްޖޭގެ ތަރައްގީގެ ދުވެލި މަޑުޖެހިފައި މިވަނީ ވައްކަމާއި ކޮރަޕްޝަންގެ ސަބަބުން ކަމަށާއި އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ ގެއްލުން ފައިސާތަށް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންނަށް އިބޫ ރަސްގަތީމަށް ވަޑައިގަތުމުގެ އިތުރުން ވަނީ އެއަތޮޅު ގެ އަނގޮޅިތީމަށް ވެސް ވަޑައިގަންފައެވެ. އެ ރަށުގައިވެސް ވާހަކަދައްކަވަމުން އިބޫ ވަނީ އިދުކޮޅު އިއްތިހާދުގެ މެނިފެސްޓޯގެ ކަންކަމަށް އަލި އަޅުވާލާ ވާހަކަ ދައްކަވާފައެވެ.

އިބޫ ނ އަދި ރ އަތޮޅުގެ ރަށްތަކުގައި ކެންޕެއިން ހަރަކާތްތަށް ކުރިޔަށް ގެންދަވާއިރު އިއްތިހާދުގެ ރަނިންމޭޓް ފައިސަލް ނަސީމްވެސް ދަނީ ތާއިދު ހޯދުމަށް ކެމްޕެއިން ހަރަކާތްތަށް ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ހުސޭނުބޭ

    އިދިކޮޅު ވެރިކަން 3 އަހަރުވަންދެން ދެކުނީމު! ތަފާތުކުރުން ނޫން އެހެން ކަމެއް ނެތް! ފްލެޓްތައްވެސް ދޭންއުޅުނީ ޕާޓީ ކުދިންކޮޅަށް. އިބޫ އަކީ ހަމަ ސީދާ އިދިކޮޅު ދެއޯ! ބުނާ ބަހާ ދިމާ އިދިކޮޅަށް ކަންތައްތައް ކުރާނީ!

  2. ޙަސަން

    ތަފާތު ކުރެވުނުސް ނުކުރެވުނަސް އެނގޭ ފެންވަރުގެ މީހެއްނޫން ތިއީ.

  3. Anonymous

    ކަލެއަށް ސުވާލެއް ކޮށްލަންތަ؟ ތަފާތު ކުރުމޭ ބުނާ ބަހުގެ މާނައަކީ ކޮބައި؟ އަތުން ފައިން ހޯހޯ ގޮވާފަ ޖަވާބު ނުދޭނަމޭ ކިޔާފަ ފިލީއުތަ؟

  4. ޚަލާ

    ޑިބޭޓްގަ ބަވެރިނުވެ ރައްޔިތުން ގެ ސުވާލު ތަކައްޖަވާބުނުދީ ކޮން އަންގައެއްތިތަޅަނީ. ހޮޅިވާހަކަ އަޑުއަހާކައްބޭނުމެއްނޫން. ރައްޔިތުންގެ ނިންމުން ބަލަންހުރޭ.

  5. ބޮޑުޢީދު

    ބަލަ ހޮވިޖެއްޔާ ޖެހެނީ އަންނި ނުވަތަ ޖަޒީރާ ރައީސް އަށް ވެރިކަނ ދޭށެ، މީ ހަމާ ތެދެއް އެމް ޑީ ޕީ ގެ މަތީފަޑީގެ ބޭފުޅަކައި ޖޭޕީގެ މަތީ ފަޑީ ބޭފުޅެއް ބުނި ބަހެއް

  6. ބޭބެ

    ގެންގުޅޭނެ!! ކަލޭމެންގެ ވެރިކަމުގެ ފުރަތަމަ ދިމާކޮށްލާނީ ފުލުހުންނާ ސިފައިންނާ!! އެމީހުން ގިއްގަޅުވާޅާނީ ފުރަތަމަ!! ދެން އިންޑިޔާގެ ސިފައިންގެ އެހީތެރިކަމާ އެކު ކަންތައްތައް ހިންގާ އެމީހުންގެ އެންބަސީގެ ގޮތްޕެއް ރައިސް އޮފީސްތެރޭ އޮންނާނެ!! ދެން ޑޭވިޑް ހާޑިމްހަމްވެސް ގެނަސް ރައިސް އޮފީސްތެރޭ ގޮނޑިއެއްދީ ބަހައަޓާނެ!! ފުލުހުންގެ އިންޓެލިޖެންސްތެރެއަށް ކަސަބީ އަންހެނަކު ލާނެ!! މިލްކު ކުރެބް ކިޔާ މީހެއް އުޅޭނެ ކެރަފާ އާއިލާގެ އަންހެން މަނަޖެއަކާ އިނދެގެން އޭނަ ވަރަށް ގަޔާވާނެ ފުލުހުންގެ މުއައްސަސާދެކެ!! ކުރީގެ ސުޖާތު ކިޔާ މީހަކާއެކު ދަނޑި ޑިއުޓީވެސް އަދާކުރި!!

  7. ނުރަބޯ

    ތަފާތު ނުގެންގުޅޭނީ އިސްލާމީ އުސޫލުތަކަށް އިޙްތިރާމްކުރާ ބައެއްނަމަ. އެކަމަކު ހަމަ ދަނޑިވަޅެއް ލިބޭއިރަށް ލާދީނީ ފިކުރުފަތުރާ ލާދީނީ އުސޫލުތައް ގާއިމުކުރަން އުޅޭ ބަޔަކު. އެއްބަޔަކު އަނެއްބަޔަކަށް ތަފާތުކުރުން ނުގެންގުޅުމަކީ ނެތްކަމެއް. އެމްޑީޕީގެ މޮޓޯ އަކީވެސް ތަފާތުކުރުން ގެންގުޅުން.

  8. ރަޝީދު

    ދައްކާވާހަކައިގައި އޮއްޓަރެއްނެތެވެ.ތިދައްކަނީ ދަންދޮރު ނުފިލާ ކުޑަކުދިންދައްކާ ކަހަލަ ވާހަކައެއް.ނަމުގައި އިއްތިހާދުގެ ވެރިކަމެއް.ކަމުގައި އެމްޑީޕީގެ ވެރިކަމެއް.

  9. ނުޢައިމު

    ޖަޒީރާ ރައީސްގެ ކެމްޕެއިން ލޯގޯހަދާފައިވަނީ ރާއްޖޭގައި ކުރީބޭނުންކުރި ނޫޓެއް ނަކަލްކޮށްގެން. ލޯގޯގެ އެއް ވަށްބުރުގައި އެތެރެއިން ރަމްޒުކުރަނީ އިންޑިޔާގެ ދިދައިގެ ވަށްބުރު! އަޅުވެތިކަން ދިވެހިން ބޭނުމެއްނޫން! ދިވެހިން ވިސްނަވާ!

  10. ބަތޮލްފ

    އެހެންވީމަ ޖަލުގަ ތިބި ހުރިހާ އެންމެން ދޫކުރާނެތަ؟ ނޫނީ ދޫކުރަނީ ހަމައެކަނި ޓެރެރިސްޓުން އެކަނިތަ؟