މުޒާހަރާއެއް ރޫޅާލަން ފުލުހުން މަސައްކަތް ކުރަނީ – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ

ފުލުހުންގެ ސްޕެޝަލިސްޓް އޮޕަރޭޝަންގައި ކުރިން މަސައްކަތް ކުރި އިތުރު ތިން ފުލުހަކު އަނެއްކާ ވެސް ހައްޔަރުކޮށްފިއެވެ.

މީޑިޔާއެއްގައި ރިޕޯޓްކޮށްފައިވާގޮތުން އިއްޔެ ހައްޔަރު ކުރި ފުލުހުންނަކީ އެސްއޯގައި މަސައްކަތް ކުރާތާ ގިނަ ދުވަސްތަކެއް ވެފައިވަނިކޮށް އެހެން ޑިޕާޓުމެންޓުތަކަކަށް ބަދަލުކޮށް އަތޮޅު ތެރޭގެ ބައެއް ރަށްރަށަށް ފޮނުވާލާފައިވާ ފުލުހުންތަކެކެވެ. އޭގެތެރެއިން ދެ ފުލުހަކު މާލެއިން ހައްޔަރު ކުރި އިރު ތިން ވަނަ މީހާ ހައްޔަރުކޮށްފައިވަނީ އަތޮޅު ތެރޭގައި ހުއްޓައެވެ.

ކުރި ހައްޔަރުކޮށްފައިވަނީ އެސްއޯގެ ކުރީގެ ކޮމާންޑަރު ހުސައިން ސައިފާއި، ފުލުހުންގެ ސްވޮޓު ޓީމުގައި މަސައްކަތް ކުރި ސާޖެންޓު ރިޝްވާނާއި ކޯޕްރަލް އަލީ ނަސީރާއި ކޯޕްރަލު ހަސަން ނަސީރާއި ކޯޕްރަލު މުހައްމަދު ޝާމިން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު