އާބާދީގެ ނިސްބަތުން ބަލާއިރު ރާއްޖެއަކީ މާރާމާރީ މަދު ޤައުމެއްކަމަށް ބުނެވޭކަށް ނެތެވެ. އެގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި ހިނގާ އެފަދަ މާރާމާރީތަކުގައި ނުރައްކާތެރި އެތައް ހާދިސާއެއް މީގެ ކުރިން ހިނގާފައިވާއިރު، ގިނަ ފަހަރަށް އެފަދަ ކަންކަމުގެ ފަހަތުގައި ތިބެނީ ފިރިހެނުންނެވެ. އަދި އެފަދަ ހާދިސާތަކުގައި އަނިޔާ ލިބެނީވެސް ގިނަ ފަހަރަށް ފިރިހެނުންނަށެވެ.

މިހާރު މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ދިވެހި އަންހެނުންތަކެއް، "އެމީހުންގެ ނުލަފާކަން ދައްކާލާ" މަންޒަރު ފެނިގެންދާއިރު ތިން އަންހެނެއްވެގެން އިތުރު އަންހެނެއްގެ ގައިގައި ތަޅައި އަނިޔާކޮށް ގަނާކުރާ (ބުލީކުރާ) މަންޒަރު ފެނިގެންދެއެވެ.

މި ވީޑިއޯއިން ފެންނަނީ ތިން އަންހެނަކު އިތުރު އަންހެނަކު ގޮވައިގެން ގޮސް މީހުން މަދު ހިސާބެއްގައި މަޑުކޮށްލުމަށްފަހު އޭނާއަށް ބަދު ބަސްތައް ރައްދުކޮށް އަނިޔާކުރާ މަންޒަރެވެ. އަދި ތަފާތު އެކި އިންޒާރުތައްދީ ތިން އަންހެނުން ވެގެން އެ އަންހެން މީހާގެ މޫނުމަތީގައި އާއި ގައިގައި ތަޅާ މަންޒަަރު އެ ވީޑިއޯއިން ފެނެއެވެ. އަދި "ދޫކޮށްލާނީ ރޯން ފެށުމުން" ކަމަށް އެއިން އެކަކު އެ އަންހެން މީހާގެ ގާތުގައި ބުނާ އަޑު ވީޑިއޯއިން އިވެއެވެ. އެ ވީޑިއޯއިން ފެންނަނީ ކޮން ބައެއްކަމެއް އަދި އެނގިފައި ނުވީނަމަވެސް، އެއިން ބައެއް މީހުންގެ މޫނު ވީޑިއޯއިން ފެނެއެވެ.

މި ވީޑިއޯ މިހާރު ގިނަ ބައެއްގެ ސަމާލުކަމަށް ވަނީ އައިސްފައެވެ. އަދި އެ ދަށުދަރަޖައިގެ ޢަމަލު ހިންގާފައިވާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އެފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

މި މައްސަލަ ފުލުހަށް ހުށަހެޅިފައިވުމާއި އެކު ފުލުހުން މައްސަލަ މިހާރު ބަލަމުންދާއިރު، އެކަމާއި ގުޅޭ ތަފްސީލެއް ފުލުހުން އަދި ދެއްވާފައެއް ނުވެއެވެ. އަދި އެކަން ހިނގާފައިވަނީ ކޮން ރަށެއްގައިކަމެއްވެސް ފުލުހުން ހާމައެއް ނުކުރެއެވެ. މާލެ އާއި ރާއްޖެތެރޭގައި ހިނގާ މިފަދަ މާރާމާރީތައް ފަހަކަށް އައިސް އިތުރުވެފައިވުމުގެ ސަބަބުން ފުލުހުން ދަނީ އެކަން ހުއްޓުވުމަށް ޚާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

 1. ކުއްޓި

  ބެކްރައުންޑަށް ބަލާފައި ވައްތަރީ ހުޅުމާލޭގައި ހިނގާފައިވާ ހާދިސާއެއްކަމަށް. ހުޅުމާލެ ފްލެޓުތަކާއި ވަރަށް ވައްތަރު ގޮތަކަށް ބެކްރައުންޑު ހުރީ.

 2. އުރަވަލި

  މިއުޅޭ ކަލޭގެ ވެރިކަމަށް އައިފަހުން ތިޔަކަހަލަ ކިތައްމެ ކަމެއް މި ރާއްޖެއައް ގެނެސްފި

  • ޖޭވީ

   ޙާދަ ހަޖަމް ނުވެޔޭ ދޯ

  • ޙަމީދު

   ތިކަލޭގެ ދުނިޔެއަށް އައިފަހުން ޖެހިގެން އުޅޭ ބަލާވެރިކަމެއްމީ

 3. ނުރަބޯ

  މީގޭންވެސް އެނގިގެން ދަނީ މިމީހުން ބުރުގާއަޅާފައި މި ތިބެނީ ހަމައެކަނި ދައްކާލަން ކަމެވެ. އީމާންތެރިކަމެއް ނެތްކަމެވެ.

 4. ކަކުނި

  ހޭބަލިވަނީ ތިބެ.. ނިކަން އަހަރުމެންނާ ދިމާކޮށްބަލަ

 5. އަލީ

  ގަދަވާން އެޅޭ އަންހެނުން ....... ލަދު ހަޔާތުގެ ކަންފުޅެއް ވެސް ނެތެއްނު....

 6. މަމީ މަނިކު

  ތި ވީޑިއޯ ކޮބާތަ؟

 7. ތިމަންނަ

  ގައުމު ތަރައްގުއިގެ އުސް ހަރުފަތަކަށް ....

 8. ާާާާީިސޮދުރީ

  ފިސާރި ކަނބަލުން

 9. ލަދު

  މިރިނުވެ ގޮބޮޅި ކާއްޓަށް ވީމަ ދެން ވާނެ ގޮތަ ތިފެންނަނީ!

 10. ޙ hg ދ

  ކޮބާ ކޮބާ ކޮބާ ވީޑިޔޯ

 11. ބަދަވީ

  ދެންފަހެ، އަންހެނުންނާއި ފިރިހެނުން ހަމަހަމަ ޒަމާނެއްގައި ތިޔަކީ މާ ހައިރާންކުރުވަނިވި ކަމެއްވެސްނޫންތާއެވެ!، ބުރުގާއިން މުޅި މީހާ ފޮރޮވިގެން އުޅޭ ގައުމެއްގައި އަހަރެން(ފިރިހެނެއް) މަސައްކަތް ކުރަމުން ދަނިކޮށް އެއްރޭ ބަސް ސްޓޮޕަށް ދަނިކޮށް، ކާރެއްއައިސް މަޑުކޮށްފަ ހޮޓަލެއްގެ ޑައިރެކްޝަން ދޭންބުނެ ކާރުމަޑުކޮށްފާ، ދާމަގުމަތީގަ އަހަރެން އެޕާރޓްމަންޓަށް ވަށްޓާލަ ދޭނެކަމަށްބުނެ، އަހަރެން ގޮވައިގެން ގޮސް އެކަހެރި ހިސާބެއްގައި އަހަރެން ގަޔަށް އަތްލާ ޖިންސީ ގޮތުން އަނިޔާދީފަ 3 ބަދަވި އަންހެނުން އަހަރެން އެތަނަށް ދޫކޮށްފަ ދިޔައީ، އެވެސް އިސްލާމުން! ބުރުގާއެޅުމަކީ އަދި ހުރިހާކަމެއް ފުރިހަމަވުމެއްވެސްނޫން!

 12. ޝާނާ

  ލަދެއްހަޔާތެއްނެތި ކުދި ކުދި ކުދިން

 13. ޙައްވާ

  ތީވަރަށް ދަށުދަރަޖައިގެ އަމަލެއް ހިންގިބައެއް! ޢަވަހަށް އަދާލަތުގެ ކުރިމައްޗަށް ގެންގޮސް މައްސަލަ ބަލާ!

 14. ހަފީޒާ

  މާ ދެން ގަޓުވެފަ އެއުޅެނީ ރަނގަޅު މީހަކާ ނުޖެހޭތީ..

 15. އިބޫ

  މިއީ ރަސޫލާއަށް ފުރައްސާރަ ކުރި އަންނިގެ ވެރިކަމުގައި އެމްޑީޕީ އަންހެންވެރިން މުޒާހަރާތަކުގައި ދަސްކޮއްދިން ކަމެއް.

  • ސޮއް

   އެއީ ތަރުބިއްޔަތު ކުރެވިފަހުރި ފުރިހަމަކަން

 16. ސަހަރޯ

  ބުރުގާ އަޅައިގެން ތިބީ މިތިބަ ހަރުކަށި ބާގައިގެ މީހުން ޗުއްޕުވެސް ނުބުނާނެ

 17. ބޮޑު ދެލޯ

  އަދިވެސ އަންހެނުން ބާރުވެރި ކުރުވާ!
  އެއިރުން އަދި މިޔައްވުރެވެސް ރަގަޅުވާނެ!?

 18. 3ނިރު

  އެމްޑީޕީން ވެރިކަމަށް އަރާފިއްޔަ މިއަށްވުރެ 100 ގުނަ މީހުން ޖާހިލުވާނެ

 19. ނާޒިމާ

  ބުރުގާ އަޅަނީ ކީއްކުރަން ބާ؟

 20. ކަމަނަ

  ތީ މައިންބަފައިން އިހުމާލުވެ މަގުމައްޗަށް ދޫކޮށްލާފަ ހުރި ކުއްޖެއް ދެކުނު ރަށެއްގެ ކުއްޖެއް މާލެ ބަދަލުވެ ކިޔަވައި ދެނިއްޔޯ ދަރިންނަށް

 21. ??

  ތި މައްސަލަ ފުލުހުން ބަލައިފިއްޔާ ރަނގަޅު.. ތީ މިހާރު ވަރަށް އާއްމު ކަމެއް ބުލީކުރުން.. ސްކޫލް ތަކުގަވެސް ކިތަންމެ ވަރަށް މި ކަމާ ކެމްޕޭން ހިންގިޔަސް ކުރާ މީހުން އަަށް އަދަބު ނުލިބެންޏާ އަދިވެސް ކުރާނެ..

 22. ކިޔުންތެރިއެއް

  ކާކު ވީޑިޔޯ ކުރީ؟