ރާއްޖޭގައި ނަން ހިނގާ ގިނަ ފަންނާނުންނާއިއެކު ލ ފޮނަދޫގައި ޚާއްސަ ޝޯތަކެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

ފޮނަދޫ ޒުވާނުން އިސްނަގައިގެން މިރޭ އަދި މާދަމާ ރޭ ބާއްވާ ޚާއްސަ ޝޯތަކެއްގައި، ރާއްޖޭގެ ނަންހިނގާ މަޝްހޫރު ތަރިން ކަމުގައިވާ، ސަމާ، ފުފޫ، ޔާމިން އަދި ލަމްހާ ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށް މިޝޯއިންތިޒާމް ކުރާ ފަރާތުން މަޢުލޫމާތު ދެއެވެ.

"މިއީ މިފަހަރުގެ އަލްޙާ އީދާ ދިމާކޮށް އެހެން އަހަރު ތަކެކޭވެސް އެއްފަދައިން ވަރަށް ޚާއްސަ ޝޯއެއް ބޭއްވުމަށް މިވަނީ ހަމަޖެހިފަ. މިޝޯގައި މަޝްހޫރު ތަރިން ފެނިގެންދާނެ. އުންމީދު ކުރަނީ އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުގައިވެސް ގިނަ އަދަދެއްގެ ބަޔަކު ޝޯ ބެލުމަށް ވަންނާނެ ކަމަށް." ޝޯ އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ޒުވާނަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

މިއަހަރުގެ އަލްޙާ އީދާއި ދިމާކޮށް ފޮނަދޫގައި ބާއްވާ ޝޯ މިރޭ ބޭއްވުމަށް ހަމަޖެހިފައިވަނީ ކުރިގަމް ބޯޅަދަނޑު ސަރަހައްދުގައެވެ. އަދި މާދަމާ ރޭގެ ޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ މެދުއަވަށު ސްޓޭޖްގައެވެ. މިޝޯތައް ފެށުމަށް ހަމަޖެހިފައިވަނީ 21:00 ގައެވެ.

މިއަހަރުގެ އަލްހާ އީދާ ދިމާކޮށް ފޮނަދޫގެ ތިން އަވަށުގައިވަނީ ގިނަ ހަރަކާތްތަކެއް ބާއްވާފައެވެ