ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދުގެ އަނބިކަނބަލުން އައިމިނަތު ނާޒްލީ ޓްވިޓަރ އެކައުންޓެއް ނުގެންގުޅުއްވާ ކަމަށް ރިޔާޒް ރަޝީދު ވިދާޅުވެއްޖެއެވެ.

މައުމޫންގެ ހާލަތާމެދު ރިޔާޒް ރަޝީދުގެ އަނބިކަބަލުންގެ ނަމުގައި ހަދާފައިވާ އެކައުންޓްއަކުން ކަންބޮޑުވުން ފާޅު ކުރައްވާފައިވާތީ އެކަމަށް ރައްދު ދެއްވަވާ ދެންމެ ކުރައްވާފައިވާ ޓްވީޓެއްގައި ރިޔާޒް ރަޝީދު ވިދާޅުވީ އޭނާގެ އަނބިކަބަލުން ޓްވިޓާ ބޭނުންފުޅު ނުކުރައްވާ ކަމަށާއި ރިޔާޒް ރަޝީދާއި އޭނާގެ ޢާއިލާ ތިއްބެވީ ރައީސް ޔާމީންގެ ފަހަތްފުޅުގައި ކަމަށެވެ.

ނާޒްލީގެ ނަމުގައި ހަދާފައިވާ މިއެކައުންޓްއިން މިހާތަނަށް ރައީސް މައުމޫންގެ ހާލަތާމެދު ކަންބޮޑުވާކަމަށް ވިދާޅުވެ ވަނީ ދެ ޓްވީޓް ކުރައްވާފައެވެ. މިގޮތުން މައުމޫންގެ ހާލު ގޯސްވެ މާލެއިން ޑަކްޓަރުން ގެންދާކަމަށް އަޑު ފެތުރުމާއި ގުޅިގެން، "ހިތެއް އެބައޮތްތޯ؟ ހިތުގަ ވިންދު ޖަހާތޯ؟ އުމުރުން ދުވަސްވީ އެންމެނަށް ރަހްމާއި އޯގާތެރިކޮށް ހިތާން އިސްލާމްދީނުގައި ބާރު އަޅުއްވާފައިވާކަން ނޭނގެނީތޯ؟" ކަމަށް ވިދާޅުވެ އެ އެކައުންޓްއިން ވަނީ ޓްވީޓް ކުރައްވާފައެވެ..

އަދި ދެވަނަ ޓްވީޓް ކުރައްވާފައި ވަނީ މައުމޫން މާފުށީ ޖަލުން ދޫނިދޫއަށް ބަދަލު ކުރުމާއި ގުޅިގެންނެވެ. މިޓްވީޓްގައި ނާޒްލީގެ ނަމުގައި ހަދާފައިއިން އެކައުންޓްގައި ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެއީ ކިނބުލުގެ ކަރުނަ ކަމަށާއި މިނިކާވަގުގެ ހިނިތުންވުން ކަމަށެވެ. އަދި ކެޔޮގަނޑު ކަނޑާލީމާ ގަހުގެ ބޭނުން ކެނޑުނީތޯ ވަނީ ސުވާލު އުފައްދަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޙާލުގެ ދުލުން

    ސާބަސް ރިޔާޒު ރަޝީދު ރީނދޫ ކުދިންނަށް ރަނގަޅު ރައްދެއް ދީބަލަ.

  2. Anonymous

    ތި ވާނީ ރިޔާޒް ރަށީދުގެ އެހެން އަތްބެއް ކުރި ކަމަކަށް

  3. ދެ އަނބި ތިން އަނބި

    ތިން ހަތަރު އަނބިން ގެންގުޅޭ މީހުން ތިކަހަލަ ލައްކަ ގިނަ ބޮނޑި ބޯނެއެވެ.

  4. ގަމާރުމޯލްޑިވިއަންމ

    ދޫނުކުރަށްޗޭ ރައީސް ޔާމީން

  5. ޑިމޮކްރަޓިސްޓް

    ނުބައި ކަންކަމާ އޮޅުވާލުމުން ކުޑަކަމެއް ކޮށްލެވުނަސް ތި ސިހުރުބައިގަނޑު ނިކަން ހިތްހަމަޖެހޭނެ..

  6. ދަލޭކާ ދިޔެ

    މައުމޫނު ބެނީ ދިޔަދޮއި ގަނޑި ދެކެޑުން ފެން ވެޓެނެމެ ކަމި ނިވޭށިޔައު ، އައްޑޫ ތަރައްގީ ކެޑެމެއި ވޭނެެއި އެހެނާއު.. ތިޔަ ބެނދެފެއި ހަމަ ބާއްވީ..