އައްޑޫ ސިޓީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ކުޑަކުއްޖަކަށް އަނިޔާވެއްޖެއެވެ.

މި އެކްސިޑެންޓު ހިނގީ މަރަދޫ ބުރުޒު މިސްކިތްކައިރިން ލިންކުރޯޑުން ދުއްވާފައި ދިޔަ ކާރަކާއި ސައިކަލެއް ޖެހިގެން ކަމަށް މަޢުލޫމާތު ލިބެއެވެ. މި ހާދިސާގައި އަނިޔާވި ކުއްޖާއަށް މިހާރު ދަނީ މަރަދޫ ސިއްޙީ މަރުކަޒުގައި ފަރުވާދެމުންނެވެ.

އައްޑޫ ލިންކުރޯޑުގައި މިއަދު ހިނގި އެކްސިޑެންޓް - ފޮޓޯ މުޙައްމަދު ހުމާމް

އެނގިފައިވާގޮތުގައި މި ހާދިސާގައި އަނިޔާވީ އުމުރުން 17 އަހަރުގެ ފިރިހެންކުއްޖަކަށެވެ. ނަމަވެސް އެކުއްޖާއަށް މި އެކްސިޑެންޓުގައި ސީރިއަސް އަނިޔާއެއް ލިބިފައިނުވާކަމަށް މަޢުލޫމާތު ލިބެއެވެ.

ފުލުހުން މިހާރު ދަނީ މި ހާދިސާ ތަހުޤީޤުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޛ

    ޙަމަ ކިރިޔާ ބޮޑުކުއްޖަކަށް ނުވެތިހުރީ ، ނަސީބެއްނު!

  2. ހުސޭނުބޭ

    މުއްގަނޑު ރަގަޅަށް ފެލާލާފައި ކަކޫ ގާނާލާފައި ދުއްވާލަބަލަ!