ދިވެހިންގެ ކަންކަން ނިންމާނީ ދިވެހިން ކަމަށާއި، ދިވެހިރާއްޖޭގެ އެއްވެސް ކަމަކަށް ބޭރު ބަޔަކު ވަންނާކަށް ނުވަތަ ވައްދާކަށް ނުޖެހޭނެކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މިއަދު މިނިސްޓަރ އާދަމް ޝަރީފް ފޭސްބުކް ޕޭޖުގައި މިގޮތަށް ލިޔުއްވާފައިމިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބު އޮޅުވާލައިފިނަމަ އިންޑިއާއިން ރާއްޖެ ހިފަންޖެހޭނެ ކަމަށް އިންޑިއާގެ ވެރިކަންކުރާ ހަރުކަށި ހިންދޫއިން ކޮންޓްރޯލްކުރާ ބީޖޭޕީގެ އިސް މެމްބަރެއް ކަމަށްވާ ސުބްރަމާނިއަން ސުވާމީ ގޮވާލި ގޮވާލުމަށް ރައްދުދެއްވަމުންކަމަށް ބެލެވެއެވެ.

މިނިސްޓަރ ވިދާޅުވީ، ރާއްޖެއަކީ އަމިއްލަ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ދެމެހެއްޓުމުގެ ގާބިލުކަން ލިބިފައިވާ ގައުމެއް ކަމަށެވެ.

"ދިވެހީންގެ ކަންކަން ނިންމާނީ ދިވެހިންނެވެ. ދިވެހި ރާއްޖޭގެ އެއްވެސް ކަމަކަށް ބޭރު ބަޔަކު ވަންނާކަށް ނުވަތަ ވައްދާކަށް ނުޖެހޭނެއެވެ. އެ ފުރުސަތު ދިވެހިން ނުދޭނެއެވެ. ދިވެހިންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ދެމެހެއްޓުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރާނަމެވެ." މިނިސްޓަރ ވިދާޅުވިއެވެ.

އެ ޕޯސްޓުގައި މިނިސްޓަރ އިތުރަށް ވަނީ، ރާއްޖެ އާއި އަވައްޓެރި ގައުމުތަކާއި ދެމެދު އޮންނަ ރަހުމަތްތެރިކަމުގެ ގުޅުމަށް ބުރޫ އަރާފަދަކަމެއް ނުކުރުމަށް ގޮވާލާފައެވެ.

މިނިސްޓަރ އާދަމް ޝަރީފް މިގޮތަށް މިއަދު ވިދާޅުވިއިރު، ބްރަމާނިއަން ސުވާމީ މިގޮތަށް ގޮވާލާފައި މިވަނީ، ޖަލު ޙުކުމެއް އިއްވާފައި ވަނިކޮށް ފިލައިގެން މިހާރު ޤައުމުން ބޭރުގައި އުޅުއްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އޭނާ ސްރީލަންކާގައި މިދިޔަ ހަފްތާގެތެރޭގައި ބައްދަލުކޮށް މަޝްވަރާތަކެއް ކުރިއަށްގެންގޮސްފައި ވަނިކޮށެވެ. މި ބައްދަލުވުމުގައި ނަޝީދު ވަނީ ސުބްރަމާނިއަންގެ އަރިހުން ރާއްޖެ އަރައިގަތުމަށްވެސް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އަހަނމާ

    ދިވެހިންގެ ތެރެއިން ބަޔަކު ވެރިކަމަށް ވެރިވެ ދިވެހިންގެ ގިނަ މީހުން ބޭނުން ވާގޮތް ނޫން ގޮތް ގޮތައް ގަދަކަމުން ކަންކުރަނީ.
    ނަމަވެސް އެއައް ވުރެން ބާރުގަދަ ބަޔަކު ބެހެން އުޅުނީމަ ބިރުން އޫޅޭ މަންޒަރު
    ދެމީހެއް ސުލްހަ ނުވާނަމަ 3ވަނަ ފަރާތެއް އަންނާނެ. ގަދަމީހާ ގެންނަން ބޭނުން ނުވިޔަސް

    • ސޯދިގު

      ތީ ހަމަ ކަމަށް ވާނަމަ އަހަރެމެން ގެންނަ މީހުން ދެކެން ތިބޭ. ވޯޠު ފޮށިން ބަލި ގަބޫލުނުކޮށް ބޭރު މީހުން ބޭނުންކޮށްގެން މި ގައުމަށް އަރައިގަތީމާ އަހަރެމެން މި ގައުމު ސަލާމަތް ކުރާނީ ނުބައްދަލު ބާރުތަކުގެ އެހީގައި...ތިޔަހެން އުސްފަސްގަޑުގަ ޖެއްސި ވައްތަރު ޖައްސަން ނޫޅޭތި! އުސްފަސްގަޑުން ފަހާލި ގޮތަށް ފަހާލާނަން. އެއަށްވުރެ ހުތުރުކޮށް.

      • ހަމަން

        ތިހެން ކޯޓުން ހޯދާ ވޯޓް
        އުސް ފަސްގަނޑުން ބަލި ދިވެހިން ފަޙާ. ދިވެހި ސިފައިން ހީވަނީ ދިވެހިން އަތުން ދިވެހިޜާއްޖެ ސަލާމަތޤ ކުރަން ތިބި ބައެއްހެން
        އެހެން ބަޔަކު އަރައިގަތީމަ ފިލަން ދުވެ. އެކަން ކޮއްދޭން ޖެހެނީ އެހެން ބައެއް ކައިރީ އާދޭސް ކޮއްގެން

  2. މުހައްމާ

    އަހަންމާ އެއް ކިޔާނެކަމެއްނެއް މިގައުމުގެ އެއްވެސް ކަމަކަށް އަތްގަދަ ކުރާކަށް އަހަރެމެން ބޭރުބަޔަކު ބޭނުމެއްނޫން. ވަރައްސަލާމް.

  3. Anonymous

    ޢިންޑިޔާ މީހުންބޭނުންވަނީ މިރާއްޖެހިފަން އެބާމީހުންގެ މިލްކިޔާތަކައްހަދަން ކުރިންވެސް މިގޮތއް ދިވެހިންއަތުން ފޭރިގަތްފައޮތްތަނެއް މަލިކު އެތަންފޭރިގަނެފާ އަޅާނުލާ އަޅުވެތިކޮއްފާ އެއޮންނަނީ ކޮންފަދަހާލެއްގާ އެމީހުންއެއުޅެނީ

  4. ޢަސްތާ

    ދިވެހިންގެ ކަންކަން ނިންމަން ދިވެހިން ނުކުޅެދޭ ކޮންމެ ފަހަރަކު އަވަށްޓެރި ގައުމުތަކުން އެހިތެރިކަމުގެ އަތްދިއްކުރޭ.

  5. އެހެންވެގެންނޭ

    އިދިކޮޅުން އެއުޅެނީ އެހެންވެގެންނޭ! ދިވެހިންގެ ކަންކަން ދިވެހިން ނިންމަންޖެހޭތީއޭ!

  6. ފުއްކިބަ

    ހެޔޮކޮން ތި ބުނީ މިފަހަރު . ސުބްރަމާނީ ގެ ބަލާ އިން

    އެބަޖެހޭ ސަލާމަތް ވާން.

  7. Anonymous

    މުނާފިގު ގަންޖާ!! އަކީ ދިވެހިންގެ ލެޔަށް ދަހިވެތިވެފައިވާ ބޮޑު މުރުތައްދު. އޭނާގެ ކިބައިން މި ގައުމު ސަލާމަތްކުރަށްވާށި!!! އާމީން.

  8. މޯލްޑިވިޔަން

    މަށަށް ހީވަނީ މި މީހުން ހެން އެންމެ ފުރަތަމަ ވެސް ގެރިޔަށް އަޅުކަން ކުރަން ފަށާނީ

  9. ގަމާރު ދިވެހިން

    އިންޑިޔާގެ މަގުސަދަކީ ދިވެހިންގެ ބަޔަކު ބޭނުންކޮށްގެން މިގައުމު ލޫޓުވާލުން އިނގިރޭސިން އިންޑިޔާއާއިމެދު ކަންކުރި ގޮތައް. އަދި މިއީ އެކަމައްއެންމެ ރަނގަޅު ވަގުތުކަންވެސް އެމީހުންނަށް އެނގޭ އެހެނީ އިންތިހާބުގެ ކެންޕޭނު ދުވަސްވަރަށްވީމަ ހުރިހާ ދިވެހިންނަށް މިކަހަލަ ކަމެއްގަވެސް އެގަލަށް އަރާ މިކަމާއިދިކޮޅަށް ބަސްބުނަން ނުކެރޭނެތީ. އިންޑިޔާއިން ވަނީ އެމީހުންގެ ޖާސޫސުން ރާއްޖޭގައި ގިނަދުވަސްތަކެއް ވަންދެން ހަރަކާތް ތެރިކޮށް މިފަދަ ކަންކަމައް ބޭނުންވާނެ ހުރިހާމައުލޫމާތެއް އެއްކޮއްފަ.
    "އިންޑިޔާގެ އިސްބޭފުޅަކު ރާއްެޖެ ހިފަން ގޮވާލި ގޮވާލުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮ އެކަމާ އިދިކޮޅަށް އަހަރެން އަޑުއުފުލާނަން.." މިކަމުގާ އެންމެހާ ދިވެހިން ބައިވެރި ވުމަށްވެސް ގޮވާލަން.

  10. ޝާން

    މިނިވަން ކުރުމަށް ކަމެއްކުރާނަމަ އެންމެ ފުރަތަމަ ގައުމު ގެ ހަޒާނާ ނަހަމަގޮތުގައި ބޭނުންކޮށް އަދުލުއިންސާފު ނެތިކޮށްލާ ގާނޫނު މުގުރާ ވެރިން ހައްޔަރުކޮށް ގާނޫނު އަސާސީ ހިމާޔަތްކޮށް އަދުލު އިންސާފު ގާއިމްކުރޭ. އަދުލު އިންސާފު ނެތް ތަނެއްގައި އޮންނާނީ ކޮން މިނިވަންކަމެއް.