ރައީސް ޔާމީންގެ އިންތިޚާބީ ބައިވެރިޔާ ޑރ މުޙައްމަދު ޝަހީމް އަލީ ސަޢީދު ކެންޕެއިން ދަތުރުފުޅެއްގައި ލާމު އަތޮޅަށް ވަޑައިގަތުމުން ހާހަކަށް ވުރެ ގިނަ މީހުން އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށްވަނީ އިސްކަންދަރު ވައިގެ މަރުކަޒަށް ވަޑައިގެންފައެވެ. ނަމަވެސް ޝަހީމަށް މަރުޙަބާ ކިޔުމަށް ނިކުތް މީހުންގެ އަދަދަށްވުރެ ލޮލުގައި އަޅަގަތީ އެތަނަށް އެއްވި ސަޕޯޓަރުން ކަން ކުރި ގޮތެވެ.

ޑރ ޝަހީމް ލާމު އަތޮޅަށް ކުރައްވާ ދަތުރުފުޅު ރޭއްވެވުމުގެ މާކުރިން ލާމު ގަން ފޮނަދޫގައި ހަރަކާތްތެރިވާ އިދިކޮޅު ފަރާތްތަކުންވަނީ ލާމު ލިންކް ރޯޑްގައި ޚާއްސަ ސައިކަލު ބުރެއް ބޭއްވުމަށް ނިންމާފައެވެ. ކަން ދިމާކުރި ގޮތުން މިދެކަން ދިމާވީ އެއް ވަގުތަކާއެވެ. ޑރ ޝަހީމް އިސްކަންދަރު ވައިގެ މަރުކަޒަށް ބަދަރު ކުރައްވެވި ވަގުތަކީ އިދިކޮޅު ފަރާތްތަކުގެ ސައިކަލު ބުރު ގަމު ތުނޑީ ސަރަހައްދުން ފެށި ވަގުތެވެ.

އިދިކޮޅު ފަރާތްތަކުން ގަން ފޮނަދޫގައި ބޭއްވި ސައިކަލު ބުރު

އާއްމުކޮށް ކޮންމެ އިއްޒަތްތެރިއެއް ވަޑައިގެންނެވިޔަސް އެމީހަކާ ސަލާމް ކުރެއްވުމަށް ސަފު ހައްދަވަނީ ކައްދޫ ޓާމިނަލްއިން ފެށިގެން ލިންކް ރޯޑް އާއި ދިމާ އަށެވެ. ރައީސްގެ އަނބިކަބަލުން ފާތިމަތު އިބްރާޙީމް ވަޑައިގަތް ދުވަހުވެސް އަދި ޤާސިމްގެ އަނބިކަބަލުން އައިޝަތު ނަޙުލާ ލާމަށް ވަޑައިގެންނެވި ދުވަހުވެސް ކަންކޮށްފައިވަނީ އެގޮތަށެވެ.

ޑރ ޝަހީމް އަށް މަރުޙަބާ ކިޔުމަށް މީހުން އެއްވެފައިތިބި ތަނަށް ފުރަތަމަ ދިޔައިރު އެތަނުގައި ސަފު ހަދާފައި އޮތީ އެގޮތަށެވެ. ނަމަވެސް މިގޮތަށް ކަންތައް ކޮށްފިނަމަ އެމްޑީޕީގެ ސައިކަލު ބުރަށް ހުރަސް އެޅިގެން ދާނެއެވެ. ކަން އެގޮތަށް ހިނގައިފިނަމަ ތަނުގައި ބޮޑު ހަމަނުޖެހުމެއް ހިނގުމަކީ އެކަށީގެންވާ ކަމެކެވެ. ކޮންމެވެސް އެއްބަޔަކު ގޮތް ދޫކުރަން ޖެހެއެެވެ. ފުރަތަމަ ގޮތަކީ ޕީޕީއެމްގެ ސަފުތައް އެހާ ހިސާބަށް ނުގެންދިއުމެވެ. ދެވަނަ ގޮތަކީ ގޮތަކީ އެމްޑީޕީގެ ސައިކަލު ބުރު އެހާ ހިސާބަށް ރޫޅާލުމެވެ. ނުވަތަ ސައިކަލްތައް މަޑުކުރުމެވެ. ގޮތް ދޫކޮށް ދެވަނަ ވިސްނުމަކަށް ދިޔައީ ޕީޕީއެމްގެ ސަޕޯޓަރުންނެވެ.

ޝަހީމްއަށް މަރުޙަބާ ކިޔުމަށް ނިކުތް މީހުން

"ކޮންމަ ބަޔަކަށް ތާޢީދު ކުރިނަމަވެސް އެމީހުންނަށް ވެސް ކެންޕޭން ކުރަން ފުރުސަތު ދޭން ޖެހޭނެ" ކަމަށްބުނެ އެއްވެފައިތިބި ސަޕޯޓަރުން ކައްދޫގައި އޮންނަ ވެލި މަގާ ދިމާޔަށް ސަލާމް ކުރަން ފޮނުވާލީ އެކަން އިންތިޒާމް ކުރުމަށް ޕީޕީއެމްގެ ފަރާތުން ހަރަކާތްތެރިވި މީހުންގެ ދުރުވިސްނުމާއި ރިވެތި އަޚްލާޤުންނެވެ. އަދި ޝަކުވާއަކާ ނުލާ އެގޮތަށް ކަންކުރުމުން ޝަހީމްއަށް މަރުޙަބާ ކިޔަން ނިކުތް ސަޕޯޓަރުންގެ ފަރާތުން ފެނުނީ ރީތި ނަމޫނާއެކެވެ.

އޭގެ އިތުރުން ދެން ފެނުނު އަނެއް މަންޒަރަކީ ޝަހީމަށް މަރުހަބާ ކިޔުމަށް ފަހު އެނބުރި ގަމަށް ދިޔަ ޕީޕީއެމްގެ ސަޕޯޓަރުންނާއި ސައިކަލް ބުރުގައި ގަމުން ފޮނަދުއަށް ދަތުރު ކުރަމުން ދިޔަ ސައިކަލްތައް ދިމާވުމެވެ. މަގުގެ ދެފަރާތުން ވެހިކަލްތައް އެއްވަރުވި ނަމަވެސް އެވަގުތު އިދިކޮޅު ފަރާތްތަކުގެ ސައިކަލްތަކުގެ ބަރުގަނޑުއަޑާއި ހަޅޭކުގެ އަޑު ގަދަވެގެން ދިޔައެވެ. ނަމަވެސް ޕީޕީއެމްގެ ސަޕޯޓަރުންގެ ފަރާތުން ފެނުނީ ހަމަހިމޭންކަމެވެ.

ކޮންމެއަކަށް މިއަދު ލ.ގަން ފޮނަދޫ ޕީޕީއެމްގެ ސަޕޯޓަރުންގެ ފަރާތުން ފެނުނީ ޑިމޮކްރަސީގެ ރީތި ހަމައެކެވެ. އަދި ރީތި އަޙްލާޤުގެ މާތް ސިފައެކެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޤައުމު

    ޝުކުރިއްޔާ ޕީ.ޕީ.އެމް ސަޕޯޓަރުންނަށް

  2. ރުޒާނާ ޗޮއްޕަޓު

    އެމްޑީޕީ މީހުން ތެޅޭ ވައްތަރަށް ތެޅޭ ބަޔަކު މި ގައުމަކު ނޫޅޭނެ. ގޮތް ކުޑަ ކަމުން ގޮސް ހައްދުފަހަނަޅާފަ ތިބި ބައެއް.

  3. ތައުރީފު

    ހުޅުޕާޓީ އުޅެގޮތަށް ޕޕމއިން އުޅެގެންނުވާނެ.. ޝުކުރިއްޔާ ތިދެއްކި ނަމޫނާއަށް.. ބާރުލިބިފައޮވެމެ ބާރުގެ ބޭނުން ނަހަމަގޮތުގަ ޕޕމއިން ނުހިފާނެކަން ދައްކަދީފި..

  4. މެސީ

    ޢެމް ޑީ ޕީ އަކީ އަބަދުވެސް ވަޔަލަންސް އަށް ތާއީދު ކުރާ ބައެއް.

  5. ރީނދޫ

    2018 ޔާމިން ޝަހީމް

    • ޢަހަންމާ

      އިންޝާﷲ

  6. ގަމާރުމޯލްޑިވިއަން

    ހީހީ ހަލާކު މި ކަހަލަ މޮޔަ ވާ ހަކަ ދައްކާނީ ތިބެގެން. ތީ އަހަރެމެން ނުދަންނަ ބަޔެއް ވީޔާ.ްަދި ޙާއްސް ކޮށް ލާމު މީހުން

  7. ގަމު މީހާ

    ތިއީ ދޮގެއް. ސަފުތައް ހެދީ ހަމަ އެހެންޔާވެސް ހަދާގޮތަށް. ޝަހީމް ކައްދޫއަށް އައިސް އެއަރޕޯރޓް ގެސްޓް ހައުސް އަށް ދިއުމުން މޑޕ މީހުންނަށް އެހިސާބަށް ދެވުނީވެސް. ޕޕމ ކުދިން އަދަދު މަދުކަމުން ބަހެއް ނުބުނެ ދިޔައީ . ޕޕމ ސައިކަލް ބުރުގަވެސް އެވަރަށް ބަރުގޮން އެޅި. ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެ.

  8. ަފާތިމަ

    ތީވިކިފަ އޮތް ނޫހެއް ފޮނަދޫގަ ތިބި ހުރިހާ ލާދީނީ މީހުން ތިބީ ޕީޕީއެމްގަ