ރ.އަތޮޅު ދުވާފަރު ކައުންސިލްގެ ކުރީގެ ރައީސް އިބްރާހިމް ނަސީރު އެމްޑީޕީ އަށް ސޮއި ކޮށްފިއެވެ. އޭނާ އަކީ މިހާތަނަށް ޕީޕީއެމްގެ މެންބަރެކެވެ.

އިބްރާހިމް ނަސީރު އެމްޑީޕީ އަށް ސޮއި ކޮށްފައި ވަނީ މިހާރު ދުވާފަރުގައި އިދިކޮޅު ފަރާތްތަކުން ބާއްވަމުންދާ ޖަލްސާއެއްގައެވެ.

ޕީޕީއެމް ދޫކުރައްވާ އެމްޑީޕީ އަށް ބަދަލުވުމުގެ ގޮތުން އިބްރާހިމް ނަސީރު ވަނީ ސްޓޭޖް މަތީގައި ފިޔައިތޮށިކުލައިގެ ޓައީ ބާލުއްވާ ރީންދޫ ޓައީއެއް ސްޓޭޖް މަތީގައި ހުންނަވާ އަޅުއްވާފައެވެ. މިއީ މިފަދަ ގޮތަކަށް ޕާޓީ ބަދަލު ކުރި ފުރަތަމަ ބޭފުޅަކަމަށް ވުން އެކަށީގެންވެއެވެ.

އިބްރާހިމް ނަސީރު ދުވާފަރު ކައުންސިލްގެ ރައީސްގެ މަގާމުން ވަކިކޮށްފައި ވަނީ އިތުބާރުނެތް ކަމުގެ ވޯޓަކުންނެވެ.

އިބްރާހިމް ނާސިރަކީ ކައުންސިލް އިންތިޚާބުގައި އެންމެ ގިނަ ވޯޓާއި އެކު ކައުންސިލް މެންބަރުކަމަށް އިންތިޚާބުވެ ވަޑައިގެންނެވި ބޭފުޅާ އެވެ. ކައުންސިލް އިންތިޚާބުގައި ދުވާފަރުގެ ތިން ގޮނޑި ވެސް ކުޑަ ތަފާތަކުން ކާމިޔާބު ކުރީ ޕީޕީއެމް އިންނެވެ.

ދުވާފަރު ކައުންސިލްގެ ކުރީގެ ރައީސް އެމްޑީޕީ އަށް މިރޭ ސޮއި ކުރިއިރު ރައީސް ޔާމީންގެ ސަރުކާރުން ވަނީ މިއަހަރުގެ މާޗް މަހާއި ހަމައަށް ދުވާފަރުގައި 16 މަޝްރޫޢުއެއް ހިންގަވާ 118.4 މިލިއަން ރުފިޔާ އެރަށަށް ޚަރަދު ކުރައްވާފައެވެ.

ނަމަވެސް 2009 ވަނަ އަހަރުން 2013 ވަނަ އަހަރާއި ހަމައަށް ދުވާފަރުގައި ސަރުކާރުން ހިންގާފައި ވަނީ އެންމެ ހަ މަޝްރޫޢު އެވެ.

ރިޔާސީ އިންތިޚާބު ކެމްޕޭން ފޯރިގަދަވަމުން އަންނަ އިރު އެއް ޕާޓީ އިން އަނެއް ޕާޓީއަށް ބަދަލުވާ ބޭފުޅުންގެ އަދަދު ވެސް އަންނަނީ އިތުރު ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ނުޢައިމު

    މާތްﷲ އާ ވަކީލް! ސިއްރާއި ފާޅު ދެނެވޮޑިގެންވާނީ އެކަލާންގެ!

  2. ބޭބެ

    ބައިތިއްބާ!! ތިޔަފަދަ މީހުންނަށް ހެޔޮވިސްނުން ދެއްވާށި!!

  3. ޙަފްޞާ / މާލެ

    ހިތިކޮށް ނަތީޖާ ފެންނާނެ އިން ޝާ އަﷲ!

    • ދުވާފަރުގެ ތަރިއެއް މިވެސް

      ކެރޭ ހިތްވަރުގަދަ ބޭފުޅެއް. ފުވާފަރުގެ އެންޕީވެސް ހޮވުނީ އިބްރާހިމް ނަސީރު ބެ ބުރަމަސެއްކަތުން.. 2019 އިބްރަހިމް ނަސީރު އެންޕީ ކަމަށް ކުރިމަތި ލާފަނެތި މުހައްމަދު އަލީ ކުރިޖެއްސުމުން މިޔަދު އިބްރާހިމް ނަސީރު އެހެން ޕާޓީ އަކަށް ދާންޖެހުނީ މީ ހަގީގަތަކީ. އިބްރަހިމް ނަސީރު އެއީ ޕީޕީއެމް އަށް ވަރަށް ގިނަ މަސައްކަތްތަކެއް ކޮއްދެއްވި ބޭފުޅެއް

  4. ވަރައް

    ވަރައް ބާރާއް ކުރިޔައް ކުރިޔައް

  5. ދުވާފަރު ދަރިއެއް

    އިތުބާރު ނެތިގެން އިތުބާރު ނެތްކަމުގެ ވޯޓްނަގައި ބޭރުކޮށްލައިފަވާ ބޮޑު މުނާފިގެއް ތީ.

    • ދުވާފަރުގެ ދަރިއެއް މިވެސް

      ކޮސްނުގޮވާ.. އިތުބާރުނެއި ކަމުގެ ވޯޓް ލާކަށް ނުކެރުން އިތުބާރުހުރީމަ އެބާފުޅަކީ އަދިވެސް ކައުންސިލްގެ ރައީސް.. އިބްރާހިމް ނަސީރު އަކީ ކެރޭ ޒިންމަ ދާރުބޭފުޅެއް.. މުހައްމަދު އަލީ އުޅޭހެން އަގަހުލުވާ ވާހަކަދައްކަން ނޭންގޭ ކަންކަން ކުރަން ނޭންގޭ ބޭފުޅެއްނޫން އެއީ...

  6. ކަމަނަ މުހައްމަދު

    އަތްޗީޑި ހަޑި ބޭބެ އެއް.

  7. އިސްމާޢީލް

    ގޮތެއްފޮތެއް ނެތް މުޑުދާރު މީހެއް. ކަލެއަށް އަހަރެމެން ރައްދު ދޭނީ 23 ސެޕްޓެމްބަރުގެ ވޯޓުން ރައީސް ޔާމިން އަށް ކާމިޔާބު ކޮޢްދީފަ. ޢިންޝާﷲ.

  8. ނުފެނޭތަ

    ކަލޭމެންނަކަށް ޔާމީނުގެ ގޮތެއްފޮތެއް ނެތްތަނެއް ނުފެނޭތަ؟

  9. ހަސީނު

    މި ކެމްޕޭނު ފެށި ފަހުން އިދިކޮޅު އެއްވެސް އާރުލާ މީހަކު ޔާމީނާ ގުޅިފައެއްނެއް!!