އިންޑިއާ އިން ދިވެހިރާއްޖެ ހިފަންޖެެހޭކަމަށް އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރެއް ކަމަށްވާ ސުބްރަމާނިއަން ސުވާލީ ގޮވާލި ގޮވުމާއި އެމްޑީޕީގެ ރަނިންމޭޓް ފައިސަލް ނަސީމް ދެކޮޅު ހައްދަވައިފިއެވެ.

ސުބްރަމާނިއަން ގޮވާލި ގޮވާލުމާއި ގުޅިގެން ފައިސަލް ދިވެހި ބަހުން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާ އިން ރާއްޖެ ހިފަން ޖެހޭނެކަމަށް ސުބްރަމާނިއަން ވިދާޅުވުމަކީ ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށެވެ. އެކަމާއި ފާޅުގައި ދެކޮޅު ހަދާކަމަށް ފައިސަލްގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

"އިންޑިއާ އަބަދުވެސް ދެމި އޮންނާނީ އަޅުގަނޑުމެންގެ އެންމެ އެކުވެރި ގައުމުގެ ގޮތުގައި. އެގުޅުމަށް ލޮޅުމެއް އަންނާނެކަމެއް އިންޑިއާ އިން ނުކުރާނެ." ފައިސަލްގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވާލައިފިނަމަ އިންޑިއާ އިން ރާއްޖެ ހިފަން ޖެހޭނެ ކަމަށް ސުބްރަމާނިއަން ގޮވާލާފައި މިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ބައްދަލު ކުރައްވާ ރާއްޖޭގެ ސިޔާސީ މަސްރަހާއި ބެހޭ ގޮތުން މަޝްވަރާ ކުރެއްވެވިތާ ދެތިން ދުވަސް ފަހުންނެވެ.

ރައީސް ނަޝީދު ވެސް ވަނީ އިންޑިއާ ސިފައިން ހަތިޔާރާއި އެކު ރާއްޖެ އަރަން މީގެ ކުރިން ގޮވާލާފައެވެ.

ސުބްރަމާނިއަން ރާއްޖެ ހިފަން ގޮވާލި ގޮވާލުމާއި ފައިސަލް ދެކޮޅު ހެދެއްވި ނަމަވެސް ސުބްރަމާނިއަންގެ ގޮވާލުމަށް އަށެއްކަ ގަޑިއިރު ވެގެން ދިޔައިރު ވެސް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް (އިބޫ) އެކަމާއި ގުޅިގެން އެއްވެސް އެއްޗެއް އަދި ވިދާޅުވެފައެއް ނުވެއެވެ.

ސުބްރަމާނިއަންގެ ވާހަކަތައް ވަރަށް ގިނަ ދިވެހިން ދަނީ ކުށްވެރި ކުރަމުންނެވެ. އަދި އިދިކޮޅު ފަރާތްތަކުން އެކަށީގެންވާ ގޮތެއްގައި ސުބްރަމާނިއަމްގެ ވާހަކަތައް ކުށްވެރި ނުކުރާތީ ވަނީ ފާޑުކިޔުން ވެސް އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. އަހަންމާ

    ކޮބާ ބޭފުޅާގެ ރައީސް.. ކީވެ ނުކެރެނީ މިކަމާ އެއްޗެއް ބުނަން.. ތިވަރު މީހުންގެ ފަހަތުގަ ހުރުމަކީވެސް ތިކަމަށް ވާގިވެރިވުން

  2. އިބޫ

    ތީކަލޭމެންގެ ރޫހާނީލީޑަރު ކެނެރީގޭ ޓެރަރިސްޓް ބުނެގެން ދައްކާ ވާހަަކަ. ފައިސަލްވެސް މިޤައުމަށް ހެޔޮއެދޭނަމަ އަވަހަށް ތިޔަ ބައިގަނޑާ ދުރަށްދޭ!

  3. މސ

    ޖޭޕީ މިހާރުންމިހާރަށް ކޯލިޝަނުންވަކިވެ ސަރުކާރާގުލުން ވަރަށް މުހިއްމެވެ އެމްޑީޕީގެ
    ވެރިކަމެއްގައި ޖޭޕީއަކަށް އެއްވެސްފުރުސަތެއް
    ނޯންނާނެކަން ކަށަވަރެވެ ކެނެރީގެ ނަޝީދު މަސައްކަތް
    ކުރަމުން ދަނީ އިންޑިއާ ސިފައިން ރާއްޖެހިފައި
    ގަދަބާރުގައި ނަޝީދަށް ވެރިކަން ހޯދުމަށެވެ
    މިއީ ވަރަށް ނުރައްކާތެރި ބިރުވެރިކަމެކެވެ
    މިފަދަދުވަހެއް އަތުވެއްޖެނަމަ ރާއްޖޭގެ އިގްތިސާދު ފުނޑުފުނޑުވެ ފިޔަފާރިތައް ބަންގުރޫޓްވާނެއެވެ އެހެންވީމާ ޖޭޕީ ކޯލިޝަނުން
    ވަކިވެ ސަރުކާރާ ގުޅުމަށް ގޮވާލަމެވެ

  4. ކައްޅިކިރު

    އިނގިރޭސި ބަހުން ޓްވީޓެއް ނުކުރާނެ! އެއީ މީނާ އެކަމުގައި ބައިވެރިވާކަން ރަމްޒުކޮށްދޭ ކަމެއް. ޔަހޫދީ ވިސްނުން އެމްޑީޕީގެ ތަބީއަތް.

  5. އަޝްރަފް

    ކީއްވެތޯ ޓްވީޓް އިގިރޭސިބަހުން ލިޔެލަން ފައިސަލަށް ނުކެރުނީ ކެރަފާ އަންނި އިންޒާރުދީފާނެތި ބިރުންތޯ

  6. ޖަޒީރާ

    ކަލޯ ހިތްވަރެއް ހުރިއްޔާ އިބޫ ލައްވަ ޓްވީޓެއް ކޮށްބަލަ ނުކުރާނެ ނުކުރާނެ ބޮޑު ސުބްރަމް އެއޮތީ ފޮށާގައި އެލިގެން ވިއްޔަ.. ކެނެރީގެ މި ބޮޑު ސުބްރަމް އަކީ އޭނާބުނާ ގޮތުން ރާއްޖޭގެ ހިސްޓްރީ ހިތުދަސް މީހެކޯ އެންމެ ކަމެއް ފިޔަވާ އެއީ ޝަހީދުންގެ ދުވަސް. މިއީ އޭނާގެ އާއިލާގެ މައިފުށުން ފަލަމަސްގަނޑުގައި ފިސްތޯލައެއް ފޮރުވައިގެން ރާއްޖެ އެތެރެކޮށް ބަގާވާތް ކުރަން ފެށުނު ކަމެއްވީމަ މިއަދާ ހަމަޔަށްވެސް ހަމަ އެއާއިލާއިން މިމަސައްކަތް ކުރނީ އަދި އެމީހުންގެ ލޭގައި ހުންނަ ނުބައި ސެލް އެއް ވޯކްކުރާ ގޮތް.

  7. ާޏ

    ޤައުމަށް ހެޔޮއެދެންޏާ ހަމަވަގުތުން ތިބައިގަނޑާ ވަކިވޭ.

  8. ރުބެލް

    ޔާމީނު ވެސް ތިކަމަކާ ދެކޮޅެއް ނަހަދާ! ދެން ފައިސަލް ކޮންމައްސަލަ ހުންނަނީ..

  9. ބުއްދިވެރިޔާ

    ފައިސަލް ކަލެޔައް އަދިމިހާރު ތިފެންނަނީ ރޭވުމުގެ ކޮޅުމަތި ހަމަޔައް ފެނިއްޖެއްޔާ އާއިލާވެސް ހޯދާ ނުފެންނާނެ ވަގުތުއޮއްވަ އަވަހައް ސަލާމަތުގެ އައްސޭރިޔައް އާދޭ އެމީހުން ކަލޭ ބޭރުކޮއްލާ ދުވަހު ނުބުނާތި މިކަން ކުރިންއެނގުނުނަމަ ޔާމީން އާއި އެއްކޮޅައް އަރާނަމޭ މިއަދު ތިކަންހުއްޓާލާފަ ޔާމީން ގެ ފަހަތައް އާދޭ

  10. ބެއްޔާ

    ފައިސަލް ކަލޭގެ ފިރިހެންކަންކޮބާ؟ ހިތްވަރެއްހުރިއްޔާ އިނގިރޭއްސި ބަހުން ނޫނެކޭ ބުނެލަބަލަ. ތިކަހަލަ ދެފުއްދެގޮތް މީހުންނަށް ކިޔަނަމެއް އަހަރުމެންގެ ދީނުގައިވެސް ވޭ.

  11. ދިވެހިރަތްލޭ

    ގައުމައްވަފާތެރިވެ އަމިއްލައެދުންއެއްފަރާތްކޮށް ހެޔޮނިޔަތް އިސްކުރުމައް ގޮވާލަން. ތިޔަބައިގަނޑު ތިޔައީ ދުވަހަކުވެސް މިގައުމައް ހެވެއްއެދޭބައެއް ނޫން ތިޔަބައިގަނޑުކިބައިން ސަލާމަތްވޭ!! ނޫންންމަ މާދަމާ އެބައިގަނޑު ހިންގާޖަރީމާގެސަބަބުން ފައިސަލްގެފަސްބައިހަޑިކޮށްލާނެ.

  12. އިސްލާމް

    އަދާލަތު އެއްޗެކޭ ނުބުނެ ހަނުތިބެެތި ފެންނަ މަންޒަރަކި އެމްޑީޕީމީހުންގެ އެޖެންޑާ އަށް އަދަލަތު ސަޕޮޓްކުރެޔެ

  13. ހަރިކާން

    ފައިސަލަކީވެސް ގައްދާރެއް ހަދާން ކުރާތި އިންޑިޔާ ރާއްޖެއަށް އަރައިފިނަމަ ކުޅި ދައްކާލާނަން މީ ވަރައް ވާހަކަ.

  14. އަމީ

    އިނގިރޭސިން ޓްވީޓް ކުރަން ނުކެރުނީ ދޯ.... ގުބޯ ނުހައްދާ
    ފައިސަލް ދެކޮޅޭބުނީމަ ދޭހަވަނީ ބަޔަކު އެއްކޮޅަށްވެސް ތިބިކަން ތިމީހުންތެރޭގަ.

  15. އައްޔުބެ

    އެބުނާ ސުބުރަމާނިއަކީ ބައިނަލްއަޤްވާމީ ބޮޑު ބާޣީއެއްތާ. އެއަރޕޯޓް ހިތަންއަރާފަ މޮޔަބޮޑުވީދޯ....

  16. ބަަކަރި ރައޫފު

    ފިތުނަ އުފަށްދަން ދެބޯގެރި ދުއްވާނެ ކަމެއް ނެތް .އެކަން އެގޮތަށް ވުމަށް އެއްވސް ދިވެހި ރައްޔިތަކު ތާއީދެއް ނުކުރާނެ.