"ރާއްޖެ ޓީވީ" ގެ ނޫސްވެރިޔާ މުރުޝިދު ޢަބްދުލް ހަކީމް، ހައްޔަރުކޮށްފިއެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ އިދިކޮޅު ފަރާތްތަކުން މިރޭ ކުރަމުންދާ މުޒާހަރާ ކަވަރު ކުރަން މަސައްކަތް ކުރަމުން ދަނިކޮށް ކަމަށް "ރާއްޖެ ޓީވީ" އިން ބުނެއެވެ.

"ރާއްޖެ ޓީވީ" އިން ބުނީ މުރުޝިދު ހައްޔަރުކުރީ ފަސް ފުލުހަކު ވެގެން ވަރަށް އަނިޔާވެރި ކޮށެވެ. ފުލުހުން ވަނީ މުރުޝިދަށް ފުރައްސާރަކޮށް އޭނާ މުޒާހަރާ ރިޕޯޓް ކުރުމަށް ހުރަސް އަޅާފައި ކަމަށް ވެސް "ރާއްޖެ ޓީވީ" އިން ބުނެއެވެ.

ނަމަވެސް "ވަގުތަށް" މައުލޫމާތު ދިން މީހަކު ބުނީ މުރުޝިދު ހައްޔަރުކުރީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅާ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުންނެވެ.

މުރުޝިދު ހައްޔަރު ކުރުމާއި ގުޅޭ ގޮތުން އަދި ފުލުހުންގެ ބަހެއް ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

 1. ހާމަ333

  ކަދުރޭ... ކޮބާ ނޫސްވެރިންނަށް ފުރައްސާރަކުރަނީ ކޮންބައެއްކަން ފެނޭތަ...

 2. ުތހގ

  ނޫސްވެރިންގެ ޓެގް އަޅުވައިގެން ނުކުމެ މުޅި ގައުމު ފަސާދަ ކުރާ ބައެއް މިއީ. ހެއްދެވިހާ ނުބައި ދޮގު ފަތުތާ ޓީވީއެއްގެ މުސްލިމަކު މަސައްކަތެއް ނުކުރާނެ. ﷲ ގެ ރަހުމަތުން މި ޓީވީ ހަލާކުކުރައްވާ ނެތި ކުރައްވާނދޭވެ. އާމީން.

 3. ހަސަން

  ބަލަ އެއީ ލައިވް މަންޒަރެއް، ދެން ކީކޭ ތިކިޔަނީ !!!

 4. މަހަމޫދު

  ގާނޫނު އަސާސީއަކީ އަސާސީ ސިފަތައް އެކުލެވޭ ގާނޫނު. މީގެ ދަށުން ހެދިފައިވާ ގާނޫނުތަކުން ލިބިދޭ މިނިވަން ކަމެއް ލިބޭނީވެސް. މިމިނިވަންބޭނުން ކޮށްގެން ފިތުނަ ފަސާދަ އުފެއްދުން ނޫން ކަމެއް ނުކުރޭ ރ ތީވީގެ މުވައްޒަފުން. ކަލޭމެން ތިމަސައްކަތުން ހޯދާފައިސާ ތިއީ ހަމަ ހަރާމް ފައިސާ ﷲ އަށް ބިރުވެތިވުމެއްނެތި ގައުމުގެ ރައްޔިތުންގެ ތެރޭ ތި ފިތުނަ އުފައްދަނީ.

 5. މުންނީ

  ރ.ޓީވީގަ ނޫޅޭނެ ރަނގަޅު އެކަކު. ރަނގަޅުވާނީ ކާ އެއްޗެހި ހަލާލުވެގެން. މުސްލިމް ގައުމެއް ފިތުނަ ވެރިކުރުވައިގެން ލިބޭ އެއްޗެއް ހަލާލެއް ނުވާނެ.

 6. ރީތި މޫސަ

  ތީނޫސްވެރިންނެއްނޫން ސިފައިންނަށް ޖެއްސުންކުރާބަޔެއް ހައްޔަރުކޮށް ބައިތިއްބާ ތެދުޚަބަރު ގެނެސްދިނުމުގެ ބަދަލުގަ އުޅޭނީ ޖެއްސުންކުރަން

 7. މުރުޝީ

  އެކްޓިވިސްޓުން ތި އެންމެންނަކީ. ތި ޓީވީ ބަންދު ކުރުމަކީ މިގައުމުގެ މިނިވަންކަން ދެމި އޮތުމަށް ކުރަން ޖެހިފަ އޮތް ކަމެއް.

 8. ޝަރފު

  ފުލުހުންނަކީ ރާއްޖެޓީވީއަށް ބަޔަކަށް ނުވިޔަސް އެމީހުންގެ އަމުރުތައް ބޮލާލާނުޖެހޭނެ. ކިޔަމަންތެރިވާން ދަސްކުރަން ގޮވާލަން. ރ.ޓީވީ އަށް ފުލުހުންކުރީ ފުރައްސާރަ. މަންޒަރު ލޮލަށްފެނި އަޑު އިވުނު އެއްމެން ބުނަނީ ކުރި ޖެއްސުމަކާ ފުރައްސާރައެއް ފެނުނީ ރ.ޓީވީގެ ނޫސްވެރިޔާގެ ފަރާތުން ކަމަށް.

 9. އާދިލް

  ރައްޖޭގެ މިނިވަން ކަމާ ސަލާމަތާ ގުޅިފަ އޮތް ކަމެކޭ ބޯޓުގެ މުއާމަލާތަކީ، އެއްވެސް ހަބަރު ފަތުރާ ވަސީލަތަކުން އެކަން އޮޅޭގޮތަށް ނުފަތުރަން އެންގީމަވެސް އަމިއްލއަށް ކުރަހާ ވީޑިއޯ ހަދައިގެން ރާއްޖޭގެ ދިދަ ބޮޑަށް ފެންނާނެހެން ބޯޓުގެ މުއާމަލާތް ރޓީވީން ދެއްކިކަން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ނޭނގެނީތަމ މިއީ މުޅިގައުމުގެ ރައްޔިތުންގެ ސަލާމަތާ ގުޅިފައިވާ ކަންތައްތައް. މިކަން ކުރީމަ މިޓީވީ ބަންދު ނުކުރެވެންޏާ މިގައުމު މިދަނީ ހަމަ ހަލާކުގެ މަގަށް.

 10. Anonymous

  ޓީވީއަށް އަރާ ވާހަކަ ދައްކާ ކޮންމެ ޕްރެޒެންޓަރަކުވެސއ ހީވާނީ އިދިކޮޅު މުޒާހަރާތަކުގަ ވާހަކަދައްކާލާހެނއ. ކާރުން ނާރުނަގާފަ ގާނޫނު އަސާސީ މައްޗަށް ވިހޭވާހަކައާ އަނިޔާވެރިކަމާ އޯގާތެރިކަމާއޭ ކިޔައިގެން ހީވާނީ ރިޔާސީ ކެމްޕޭނު ކުރާހެން. އަދި މިހާރު ނިކަން އަނދިރިކޮށް އިންނަ ސޮރެއް އަރާނެ. ހީވާނީ ކުނިގޮނޑެއްހެން. ތާހިރުވެސް ނުވެ އިންނާނީ. އަނގައަށް ފެން އަޅައިގެން އުޅޭހެން ހީވާނީ.

 11. ޝޫޒަން

  ޢެއީ ނޫސްވެރިއެއްތަ؟ ބަހުރުވަޔާ އަމަލުތައް ހުރީ މުޒާހަރާގެ ބައިވެރިއެއްހެން. ނޫސްވެރިކަމުގެ ސިފައެއްނެތް، އޭނަ އެތަނުގަހުރެ ކުރީ މުޒާހަރާ، ބަންދެއްވެސް ނުކުރޭ އޭނަ ހަމަ ވަގުތުން ދޫކޮށްލައިފި، އެކަމަކު ޢަމަލުތަކާ ބަހުރުވަ ހުރީ ދޫކޮށްލަން ޖެހޭ ސިފައަކަށްނޫން، ޕޮލިހުން ރަނގަޅުކަމުން ދޫކޮށްލީ، ކޮންމެ މީހަކު ނޫސްވެރިޔެކޭ ކިޔާފަ މައިކެއް ހިފަިގެނ ހުރެ މުޒާހަރާ ކުރަނީ،

 12. ޝޫޒަން

  ފުލުހުން އޭނަ ހިފެހެއްޓުމާއެކު ދޫކޮށްލައިފި، އެކަމަކު ރާ ޓީވީއަށް އަރުވަނީ އޭނަ ހައްޔަރުކޮށްގެން ގެންދިޔަ ވާހަކަ، އޭރުވެސް ،އޭނަ ހުރީ އެތެރެހަށި ހަލާކުވެގިރިފައިވާކަމަށް އަޑުއެރުވި ނޫސްވެރިޔެއް ކަމަށް ބުނާ މައިކެއް ހިފައިގެންހުރި މުޒާހަރާގެ ބަިވެރިައަކާއެކު އިންޓަވިއުއެއްގަ،

 13. ބެއްޔާ

  އަހަރެން އެތަނުން ބޭރު ކޮއްލީ މުސްލިމެއްގެ އަބުރު ވެއްޔާ މޮޑެލިމަށް ދޮގު ހަބަރެއް ފަތުރަން އެތާގެ އިސް ފަރާތަކުން އެންގި އެންގުމަށް ދެކޮޅުހެދީމަ. ޜޮހިންޔާ މުސްލިމުން ނަށް ހޯދި ފަންޑު 18މިލިއަން ރ. ރޮހިންޔާ މުސްލިމުން ނަކަށް ނުފޮނުވާ. މީވ.ވާހަކަ ސަލާމް... ހުސްވަގުން...

 14. ބޭބެ

  ރާއްޖެ ޓީވީ ގެ ބޭނުމަކަށްވަނީ ކޮންމެ ގޮތަކުންވެސް ފަސާދައެއް އުފެއްދޭތޯބެލުން ތިނޫން ގޮތަކަށް ބްރޯޑް ކާސްޓް ނުކުރެވޭނަމަ މާރަގަޅުވާނެ ހިމޭނުން ގޭގަ ތިބުން ވެސް ފަސާދަ އުފައްދައިގެން ލިބޭ މުސާރަ އަނބިދަރިންނަށް ކާނދޭން ހެޔޮ ނުވާނެތީ.އަދި އަމިއްލަ އަށް ކާންވެސް ރަގަޅުނޫންވީމަ

 15. ޒީނާ

  ތިހެންކީ ގިނަމީހުންނަށް މިހާރު ރ ޓީވީ ވަރެއްނެތް ކުރިން ކީ ބަންދު ކުރަން .... ވިސްނަބަލަ އަރިސް ހުރިހާ މީހުން ޖަލުގަ ....

 16. ރުޒާނާ ޗޮއްޕަޓު

  ރާޓީވީއަކު ނޫސްވެރިންނެއް ނުތިބޭނެ. އެއީ ލާދީނީ ރީނދޫ ބާގައިގެ އެކްޓިވިސްޓުން. އެމީހުންނަށް ނޫސްވެރިންނޭ ކީ ބަޔަކަށްވެސް ވާނީ ފާފަ.

 17. 101

  ރާއްޖެ ޓީވީއާއި ނަޝީދު އާއި އެއްގޮތް ކަމަކީ މި ދެފަރާތަކީވެސް ސްޓަންޓް ޖައްސަން މޮޅު ދެ ފަރާތައްވުން. އިހައްދުވަހު ނޫސްވެރިކަމަށް މިނިވަންކަން ނެތޭ ކިޔާފަ ޗެނަލް ހުއްޓާލީ ބޭރު ގަޢުމުތަކުގެ ވރެިން ލައްވައި ރާއްޖެއަށް ފިއްތަން. ދެދުވަސް ފަހުން އަނެއްކާ ފަށާފި.

 18. ރޮންދާ

  ޤައުމާއި ދެކޮޅަށް އުޅޭކަމަށް ވަންޏާ ހައްޔަރު ކުރަންޖެހޭ، ރ ޓީ.ވީ އަކީވެސް ބަންދު ކުރަންޖެހޭ ޗެނަލެއް މުޅިންވެސް ފިތުނަވެރި ވާހަކަ އެޗެނަލުން އަޑުއިވެނީ