ދިވެހިރާއްޖެ ހިފަންޖެހޭނެ ކަމަށް ބުނާ ފަރާތްތަކާއި އެކު އިދިކޮޅު އެމްޑީޕީން ގެންދަނީ ގާތްގުޅުންތައް ބާއްވަން މަޝްވަރާތައް ކުރަމުން ކަމަށް، ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އަންނަ ރިޔާސީ އިންތިހާބު ގަޑުބަޑުކޮށް ނަތީޖާ އޮޅުވާލައިފި ނަމަ އިންޑިއާއިން ރާއްޖެ ހިފަން ޖެހޭނެ ކަމަށް އިންޑިއާގެ ރާޖަ ސަބާގެ މެންބަރު ސުބްރަމާނިއަން ސުވާމީ ގޮވާލުމާ ގުޅިގެން ޑރ. މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަންނަ މަހުގެ ގައި އޮންނަ ރިޔާސީ އިންތިހާބަކީ ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލު ދިފާއު ކުރުމަށް ދެވޭ ގައުމީ ވޯޓެކޭ ސަރުކާރަށް ތާއީދު ކުރައްވާ ބޭފުޅުން ދަންނަވާ ދެންނެވުމަކީ ހަގީގަތެއްކަން މިއަދު ސާބިތުވަމުންދާ ކަމަށެވެ.

"ރާއްޖެ ހިފަންޖެހޭނެ ކަމަށް ބުނާ ފަރާތްތަކާ އެމްޑީޕީން އެދަނީ ގާތްގުޅުންތައް ބާއްވާ މަޝްވަރާތަށް ކުރަމުން" ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވާލައިފިނަމަ އިންޑިއާ އިން ރާއްޖެ ހިފަން ޖެހޭނެ ކަމަށް ސުބްރަމާނިއަން ގޮވާލާފައި މިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ބައްދަލު ކުރައްވާ ރާއްޖޭގެ ސިޔާސީ މަސްރަހާއި ބެހޭ ގޮތުން މަޝްވަރާ ކުރެއްވެވިތާ ދެތިން ދުވަސް ފަހުންނެވެ.

ރައީސް ނަޝީދު ވެސް ވަނީ އިންޑިއާ ސިފައިން ހަތިޔާރާއި އެކު ރާއްޖެ އަރަން މީގެ ކުރިން ގޮވާލާފައެވެ.

މި ވާހަކަތަކަށް ރައްދުދެއްވައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ދިވެހިންގެ ކަންކަން ނިންމާނީ ދިވެހިން އަމިއްލައަށް ކަމަށާއި އެހެން ޤައުމުތަކުން ދިވެހިންގެ ކަންކަމުގެ ތެރެއަށް ވަނުމުގެ ފުރުސަތު ދިވެހިން ނުދޭނެ ކަމަށެވެ.

ރާޢްޖޭގެ މިނިވަންކަމާއި އިސްތިގްލާލު ދެމެހެއްޓުމަށް ކުރަން ޖެހުނު ކޮންމެ ކަމަމެއްވެސް ކުރާނެކަމަށް ވިދާޅުވެ ރާއްޖެއާއި އެހެން ގައުމުތަކާއި އޮންނަ ގުޅުމަށް ބުރޫއަރާގޮތަށް ކަންކަން ނުކުރުމަށްވެސް މިނިސްޓަރު ގޮވާލައްވާފައި ވެއެވެ

ސުބްރަމާނިއަންގެ ވާހަކަތައް ވަރަށް ގިނަ ދިވެހިން ދަނީ ކުށްވެރި ކުރަމުންނެވެ. އަދި އިދިކޮޅު ފަރާތްތަކުން އެކަށީގެންވާ ގޮތެއްގައި ސުބްރަމާނިއަމްގެ ވާހަކަތައް ކުށްވެރި ނުކުރާތީ ވަނީ ފާޑުކިޔުން ވެސް އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލީ

    ޑީލް ހަދާ މިފަހަރު ކޮންމެސް ތަނެއް ވިއްކާލާނެ.

  2. ބަފާާބެެ

    ފާޑުފާޑުގެ ވާހަކަ ދެއްކިޔަސްވެސް، ރާއްޖޭގައި މިއަންނަ ފަސްއަހަރު ވެރިކަން ކުރާނީވެސް ޕީޕީއެމުން، އަދި އިންޑިޔާއަކަށް މިގައުމަށްނޭރޭނެ.! ޔަގީން!