އަންނަ މަހު 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު އައުމުގެ ހަފްތާއެއްކުރިން ރައީސް ޔާމިން އިންތިހާބު ދޫކޮށްލައްވާތަން ފެނިވަޑައިގަންނަވާ ކަމަށް އިދުކޮޅު އިއްތިހާދުގެ ކެނޑިޑޭޓް އިބްރާހިމް މުހަންމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެންޕެއިންނަށް ރ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި އެ އަތޮޅު މާކުރަތަށް ވަޑައިގެން އިބޫ ވިދާޅުވީ، އަންނަ މަހުގެ ރިޔާސީ އިންތިހާބު އިދުކޮޅު ކޯލިޝަންއަށް ކާމިޔާބު ވާނެ ކަމުގެ މަންޒަރު ފެންނަމުންދާ ކަމަށެވެ. އެގޮތުން ކޯލިޝަންއަށް ރަށްތަކުން ކުރަމުން އަންނަ ތާއީދު ދުވަހެއް ދުވަހަކަށް އިތުރުވަމުން ދާތަން ފެންނަ ކަމަށް ވިދާޅުވިއެވެ.

"މިކެންޕެއިންގަވެސް ރައީސް ޔާމިން ދައްކަވާ ވާހަކަތަށް ގަބޫލުނުކުރައްވާ ކަން ރަތްޔިތުން އެބަދައްކަވާ. މިއަދު އެބޭފުުންގެ ވާހަކަ އަޑުއެހުމަށްފަހު މާދަން އަޅުގަނޑުމެންނާ ގުޅިވަޑައިގަތުމަށް ތައްޔާރަށް ތިބިބޭފުޅުން އެބަތިބި. މިގޮތަށް ބަދަލު އަންނަމުން އައިސް 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު އައުމުގެ ހަފްތާއެއްކުރިން ރައީސް ޔާމިން އިންތިހާބު ދޫކޮށްލައްވާތަން ފެނިވަޑައިގަންނަވާ" އިބޫ ވިދާޅުވިއެވެ.

ރ. މާކުރަތު އިއްތިހާދުގެ ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން އިބޫ ވަނީ މާކުރަތުވެސް އިއްތިހާދުގެ ސަރުކާރެއްގައި ބާކީ ނުކޮށްލައްވާނެކަމަށް ވިދާޅުވެފައެވެ.

"މާކުރަތަކީ އިސްލާހީ މަސައްކަތުގައި މިކުރާ މަސައްކަތުގައި ބޮޑު ދައުރެއް އަދާކުރާރަށެއް. މި ރަށުގަ އޮތީ އެމްޑީޕީއަށް ނިސްބަތްވާ ތިން ކައުންސިލަރުން ނަމަވެސް އޭގެ ނަތީޖާ އަކަށް ވީ ސަރުކާރުން ކައުންސިލްގެ ބާރުތަށް ނަގާ ކަނޑުވާލުން އެމްޑީޕީގެ ގުޅިފައިވާ ސަރުކާރުން އުފައްދާ ސަރުކާރުން ކައުންސިލްތަށް ބާރުވެރިކުރުވާ އެބޭފުޅުންގެ ބާރުތަށް އަލުން ދެވިގެންދާނެ." އިބޫ ވިދާޅުވިއެވެ.

އެރަށެއްގަ ބޭނުންވާ ކަންތަށްތަކާ ދަތިތަކާ އެރަށެއްގެ ތަރައްގީއަށް ބޭނުންތަށް ތަރުތީބު ކުރެވޭނީ އެބަޔަކަށް. ފާހަގަ ކުރައްވާ އިބޫ ވިދާޅުވިގޮތުގައި ސަރުކާރަށްކޮށް ދެވޭނެ ކަމަކީ އެކަންތަށް ކުރުމަށް މަގުދައްކާ ދިނުން ކަމަށް ވިދާޅުވިއެވެ.

އިއްތިހާދުގެ ސަރުކާރެއްގައި ރާޢްޖޭގެ ދަތުރުފަތުރުކުރުމުގެ ނިޒާމް ހަރުދަނާ ކުރުމަށްވެސް ވަނީ ވާހަކަ ދައްކަވާފައެވެ. އެގޮތުން އިއްތިހާދުގެ ސަރުކާރެއްގަ ދަތުރުފަތުރުގެ ނިޒާމް ހަރުދަނާ ކުރައްވާނެކަމަށް ވިދާޅުވިއެވެ.

ހިންނަވަރު ދާއިރާގެ މެންބަރުކަންވެސް ކުރައްވަމުންދާ އިބޫ ވިދާޅުވިގޮތުގައި ދިވެހި ޒުވާނުންނަކީވެސް އެމީހުން ބޭނުންވާނެގޮތަށް ކުޅިވަރު ވަސީލަތްތައް ތަރައްގީ ކުރެވިފަ ހުންނަންޖެހޭނެ ކަމަށެވެ.

"އެގޮތުން ދިވެހި ޒުވާނުންނަށް ފޯރުކޮށްދޭންޖެހޭ ކަންތަށްތަކުގެ ތެރެެއިން ހަމަ އެކަނި ފުޓްސަލް ދަނޑެއް އެޅުމުން ފުދުނީކީ އެއްނޫން ޒުވާނުން ބޭނުންވާ ގޮތަށް ޒުޥާނުން ބޭނުންވާ ކުޅިވަރުތަށް ކުޅުމުގެ ފުރުަތު ތަނަވަސްކޮށްދެވިފައި ހުންނަން ޖެހޭ. މި ރަށުގައި ރަގަޅު ފެންވަރުގެ ފުޓްބޯޅަ ދަނޑެއް އެޅިގެން ދާނެ." އިބޫ ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ކެންޕެއިންނަށް އިބޫ ކުރައްވަމުންދާ ދަތުރުގައި ރ. އަތޮޅުގެ ހުރިހާރަށަކަށް ވަޑައިގަންނަވާނެއެވެ. ރިޔާސީ އިންތިހާބުގެ ކެންޕެއިންނަށްތާއިދު ހޯދުމަށް އިބޫ ރ. އަތޮޅު އުޅެއްވާއިރު ރައީސް ޔާމިންވެސް ވަނީ ކެންޕެއިން ދަތުރުފުޅުގައި ފ. އަތޮޅަ ށްވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. ލިޕޭ

    މޮޔަގޮވަން ފެށީދޯ؟

    • މޜދޮޅޭ

      ކަދޮޅުދޫމީހުން މޮޔަހެދިފަ މީނަގެ ފަހަތުން އިއްޔެ ނަމާދު ދޫކޮއްފަ ބެރުދުންމާރި ފުމެންތިބީމަ މޮޔަގޮވެނީ.. އިންތިހާބަށް ހަފްތާއެއްވަންދެން ނުހުރެ މިހާރުވެސް ވެރިކަން ދޫކޮއްފަދާނެވަރު މިއެއްޗެހިންކޮއްފި.. އެހުރިހާ ކަމަކަށް ކެތްކުރެވުނުމީހަކަށް ދެންވެސް ކެތްވާނެ. ރައްޔިތުންގެ ވޯޓަކުން ވެރިޔަކު ހޮވާނަމަ މިފަހަރު ރައްޔިތުންހޮވާނީ ރޔާމީނު.. ދޮޅުއަހަރަށްގެންނަ ގަމާރެނޫން..

  2. ޣެރި

    ބަލަން ތިބޭތި. ފިލާނީ އިބޫ

  3. ސާޝާ

    މަށަށް ހީވަނީ ކަލޯ ހެން އެންމެ ފަހުވަގުތު ވެރި ކަމަށް ކުރިމަތި ލުން ދޫ ކޮށްލާނީ.. ކަލޭމެން ހާ ފިނޑި އެއް ނުވާނެ ރައީސް ޔާމިން އެއް..

  4. ފާގަ

    ނަގޫ ޖެހިތާ ބޯޖަހާފަވެސް މިސޮރަށް ސަލާމަތްވާން ދުއްވައި ގަންނަހާ ހިތްވަރުނެތް ސޮރެއްމީ.

  5. Anonymous

    ޙަހަހަ އިބޫ ބޭފުޅާ ތިހިރީ ހަމަހޭގައިތަ؟؟އިންތިޚާބަށް ހަފުތާއެއްވަންދެންވެސް ޔާމީނު ރަޢިސުކަމުގައި ނުހުންނަވާ މާކުރިން ރައީސުކަން ދޫކޮށްލަފި، މަނިކުފާނު ހުންނެވީ މިގައުމުގަތަ މިކަން ނޭގުނީ؟؟މިހެންވެ މިހާރު މިގައުމުގެ ތަޚުތަށްއަރާ ވެޑުވިފައި ހުންނެވީ (ރަީސުލް ޖުމުހޫރިއްޔާ އަލްއުސްތާޒު ޑރ. އިބުރާހިމް މުޙަޢްމަދު ސޯލިހު) ކިޔާ ބޭކަލެކެވެ، ވެރިކަމާއިގެން އަވަހަށް ކުރިއަށް ވަޑައިގަންނަވާ

  6. ހެހހެހެހެ

    އެނޫން ގޮތަކަށް ކަލެއަށް އިނތިގާލީ ރައީސްކަންވެސް ލިބޭނެ ގޮތެއް ނެތް އޮތަ؟ އަޅެ ދެެރަވޭ.

  7. ޢަލީ

    މީނައަށް ކުރިއަށް ހުރިކަންކަންފެންނަވާހަކަބުނުމުން ވަރަށް ބިރުގަނެއްޖެ. އަނެއްކާ ޝިރުކުގެ ބަހެއްނޫންބާ އެބުނީ، މި މީހުންނަކަށް ނޭނގޭނެ ކުފުރުވެގެން ޝިރުކުވެގެންދާއިރުވެސް މިކިޔޭ ނުކިޔޭއެއް، މިފަދަ ބައެއްގެ އަވައިގައި ޖެހިގެން ގައުމު ހަލާކުގެ ތެރެއަށް ވައްޓާނުލަން ރައްޔިތުންނަށް ގޮވާލަން.

  8. ހެހެހެކެކެ

    މޮޔަ ސޮރެއް މި އިބުލަކީ.

  9. ދަންޑަހެލު

    ޢިބޫ ހީތިކުރަނީ ޔާމީނަކީ އައްނިކަހަލަ ފިޑިއެއްކަމައްތަ އިބޫއަށް ބަލިވަނީ ކާކުކަން ރީއްޗައްފެންނާނެ އިބޫ ތިހާގަޓްހުރިއްޔާ އެގިދާނެ ޔާމީނުއާއެކު ބަހުސައް އަރާބަލަ ބަހުސުން ފެއިލްވެދާނެކަން އެގަެތީ ބައިވެރިނުވީ ކަލޯގެ ފެންވަރެއްނެތޭ ދެން ކޮންވެރިކަމެއް ކުރަންތަ ތިއުޅެނީ ކަލޯގެނެތޭ ރާއްޖޭގެ ވެރިކަން ކުރެވޭވަރުގެ ގާބިލުކަމެ

  10. ދިވެހިން

    އިންތިޚާބު އައުމުގެ ހަފަްތާއެއް ނޫން ދެހަފްތާ
    ކުރިން ިއިބޫ އިންތިޚާބުން ވަކިވާނެއެވެ އެއީ
    ތިން ޕަސެންޓް ވޯޓް ލިބުމުގެ ލަދުވެތިކަމުން
    ސަލާމަތްވުމަށެވެ އެހެންވީމާ ދެހަފްތާ ވަންދެން
    މަޑުކުރުމަށްވުރެ ރަނގަޅުވާނީ މިހާރު އިންތިޚާބުން ވަކިވުމެވެ.

  11. މުހައްމަދު

    އިބޫ މިހާރުވެސް ތިޔަދޫކޮއްލަނީ.އިންޑިއާއާއި ގުޅިގެން އަންނި ކުރާކަންތަކާއި މިހާރުވެސް ފައިސަލް. ދެކޮޅު. ގާސިމްބޭވެސް މިހާރު ހުންނާނީ ޚިޔާލުތަފާތުވެފައިކަންނޭގެ. އެއީ ގާސިމްބެއަކީވެސް ގައުމުދެކެ ލޯބިފުޅުވާ ބޭކަލަކަށްވާތީ އެފަދަ ކަންކަމަކާއި ނުރުހެވޭނެ.

  12. ރަދުން

    ތިމާ މޮޅުވާނެ ހަމައެކަނިގޮތަކީ އަނެކާ ވާދަނުކޮށް ދޫކޮށްލުން. އެހާވެސް ތާއީދުނެތްކަން ޔަގީންކޮށް ބަލިގަބޫލުކުރީތީ ވ. ޥެދުން

  13. ފާއިޒް

    އޭ މާ އުނދަގޫބޮޑުވެގެން ނޫޅޭ މާ ނޮހޮރުއްޕާން ކުރާނަމަ ރިޔާސީ އިންތިހާބުގެ ކުރިން ގޮޅިއަކަށް ގަޅާލެވިދާނެ....

  14. ަާާާާއާދަނު

    ކަލޭ ކައިރީ ބުނިތަ ދޫކޮށްލާ ވާހަކަ

  15. ރާޅު ބޯއީ

    މޮޔަ ބޮލަށް އެރީތަ ކިނބުލާ

  16. ފުޓް ސެލް ދަނޑު އެޅިޔަސް ނުނިމޭ ކަމަށް ބުނެފަ ފުޓްބޯޅަ ދަނޑެކޭ ނުކިޔާ ކޮންމެވެސް އެހެން ކުޅިވަރެއްގެ ވާހަކަ ދެއްކިނަމަދޯ. މިވާހަކަ އިން ވެސް މި ފެނުނީ ތިމާގެ ނާގާބިލްކަން. ތީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ ކީކޭ ބުނާނީ މިވަރުން ވެސް.....

  17. ސަވާދު

    ރައީސް ޔާމީނެއް ނޫން. ކަލޭ ބޮއިކޮޓޭ ކިޔާފަ ރައްކާވާނީ. ކާލޭމެނަށް މިހާރު އިނގޭ ތާއީދު ނެތްކަން ކަލޭމެނަށް. ފުރަތަމަ ކޯޅޭޝަނެއް ހަދައިގެން ނުކުތުމުންވެސް އެކަން ދޭހަވި. މިހާރު އީސީ އާ ތިގެޅެނީ ބޮއިކޮޓް ކުރަން. ޢިންޑިޔާ މިތަން ހިފަން އެދެނީ ވެސް ހަމަ އިންތިހާބު ކެންސަލް ކުރުވަން. ޢީޔޫ ގަ ތިބި ރަހުމަތްތެރި ފާނދިރީން ލައްވާ ދޮގު ފަތުރަނީ ވެސް އިންތިހާބައް ނުފޫޒު ފޯރުވަން. ކަލޭމެނަށް އިނގޭ މިފަހަރު އިންތިހާބުން ބޮޑު ބައްޔަކުން ބަލިވީމަ ބޭރުގެ ދީން ފަތުރަން މަސައްކަތް ކުރާ ޖަމަާއަތްތަކުން ދޭ އެހީ ކެނޑި ކަލޭމެން އެއްކޮއްތިބި މަޖިލސް މެމްބަރުން ސަރުކާރާ ގުޅި ކަލޭމެންގެ ވަސްވެސް ނުހުންނާނެކަން. ޢަބަދު މިގައުމު ދޫކޮއް ފިލާނެޔޭ ކަލޭމެން ބުނޭ. ޢެކަމަކު ފިލި ހަމައެކަނި މީހަކީ ފިލި ނަޝީދު. ތިހެން ބުނި ޓިއުމަރެއްގެ ވާހަކަވެސް އެކަމަކު މައިބަދި ގުޑީ ކެނެރީގޭ ޓެރަރިސްޓް. ތިހެން ވެރިކަން ކަލޭމެން ވެއްޓި އަދަދެއްވެސް ނޭނގޭ

  18. ވަސީމް

    ޢިބޫ ހީތިކުރަނީ ޔާމީނަކީ އައްނިކަހަލަ ފިޑިއެއްކަމައްތަ އިބޫއަށް ބަލިވަނީ ކާކުކަން ރީއްޗައްފެންނާނެ އިބޫ ތިހާގަޓްހުރިއްޔާ އެގިދާނެ ޔާމީނުއާއެކު ބަހުސައް އަރާބަލަ ބަހުސުން ފެއިލްވެދާނެކަން އެގަެތީ ބައިވެރިނުވީ ކަލޯގެ ފެންވަރެއްނެތޭ ދެން ކޮންވެރިކަމެއް ކުރަންތަ ތިއުޅެނީ ކަލޯގެނެތޭ ރާއްޖޭގެ ވެރިކަން ކުރެވޭވަރުގެ ގާބިލުކަމެ

  19. ނަހުލާ

    ސިހުރު ހެދީ ތޯއްޗެއް!!!!

  20. ނުރަބޯ

    ރައީސް ޔާމީނަކީ މިހާތަނަށް ރީނދޫ ކަލްޓާ ދިމާވި އެންމެ ހިތްވަރުގަދަ އަދި ވިސްނުންތެރި ލީޑަރެވެ. ބޭނުމެއްނެތް ގޮތެއްގައި އިސްތިޢުފާ ދިނުމާ ކަންކަން ގެންދަންވާ އުޞޫލުގެ ބޭރުން ގޮތް ދޫކުރުމަކީ އޭނާކުރާނެ ކަމެއްނޫނެވެ.

  21. ބޮޑުގަމާރު

    އާ ވަރަށްބޮޑު ތެދެއް އެބުނީ! ތިންއަހަރުކޮށްފަ ފިލީވެސް ޔާމީނު ވިއްޔަ! ނައިބުދެރައީސުން ޙައްލައިގެންވެސް ރޔާމީނު ނުފިލި. ލޯންޗު ގޮއްވާލައިގެންވެސް ނުފިލި. މުޅި ރައްޔިތުންގެ މަޖިލިސް ޙިޞާރުކޮށްގެންވެސް ނުފިލި. ރައްޔިތުންގެ މަޖްލިސް ފައިސާއިން ގަނެލައިގެންވެސް ނުފިލި. ސިފައިންނާއި ފުލުހުން ގަނެލައިގެންވެސް ނުފިލި. ޕީޖީ ގަނެލައިގެންވެސް ނުފިލި. އެންމެފަހުން ސުޕްރީމްކޯޓު ގަނެލައިގެންވެސް ނުފިލި. ބޭރުގައުމުތަކުން އަރައިގަންނަން ގޮވައިގެންވެސް ނުފިލި. ދެން ތިޔަކަހަލަ ފިނޑި ދެއުޅިއެއްނުވާ ސޮރަކު ރަށްތަކަށް ދަތުރުކޮށްގެން ރޔާމީނު ފިލަންވީ ސަބަބެއް އުޅެއުޅެ ނުވިސްނުނު!!

  22. ހުސޭނުބޭ

    އެހެންވިއްޔާ ދެފައި އެއްތާނުޖަހައި ކޮން ދުވުމެއް ތި ދުވަނީ! ގެއަށްވަދެ ދެކޮޅަށް ދެ ބާލީސް ލައިގެން އަރާމުގައި އޮވޭ! އިންތިހާބަށް ހަފުތާއަކަށް ވުމުން ގެއިން ނުކުމެ ވެރިކަމާ ހަވާލުވާނީ!

  23. ފާތުމަ

    ނުކިޔަވާ އިބޫ.

  24. Anonymous

    މެނިފެސްޓޯ ގާ އޮތީ ވަގު، ފައިސާ އަނބުރާ ހޯދުން.؛ ކަމެއް ނުކޮށް ދޭ. ތަކުރާރުކޮށް ތިޔާ މަނފސްޓޯ ކިޔަސް މިނޫން އެއްޗެއް ނުފެންނާނެ. ރައްޔިތުންނަށް ކޮށްދޭން ކަމެއްގެ ވާހަކައެއް އެ އަކުން ނުފެންނާނެ.!!!

  25. ބޭބެ

    ބަހުސް ކުރަން ނުކެރުނީ ކީއްވެ، ރައީސް ޔާމީނު ގުންނެވީ ކެރިވަޑައިގެން، ވިތުޑްރޯ ކުރީ ބަހުސް ނުކުރެވޭނެތީ، ވެރިކަމޭ ހެ ހެ

  26. ނަގޫރޯޅި

    ﷲގެ ރަހްމަތުން މިފަހަރު ބޮޑުތަފާތަކުން ރ.ޔާމީން އިންތިހާބު ކާމިޔާބުކުރާނެ. މައުމޫނޭ، ގާސިމޭ، އިމްރާނޭ، ސިޔާމޭ، ކިޔަނީ މޑޕއައް އަގުލަބިއްޔަތާ ގާތްވެސް ނުކުރެވޭނެކަން އެނގޭތީ. 23ސެޕްޓެމްބަރގެ ފަހުން ކިޔާނީ އޮޅުވާލީއޭ، މިގައުމައް ދަތިކުރުމުގެ ފިޔަވަޅުއަޅާށޭ، ހިފާށޭ، އަލުން އިނތިހާބު ބާއްވާށޭ

  27. އައްޔުބެ

    ރައީސް ޔާމީން ދައްކަވާވާހަކައާއި ކޮށްފައިވާކަންކަން ބަލަން އިބޫއަށް އެތަށްއިރަކު ހުރެވުނުއިރުވެސް އެބުނަނީ ރައީސް ޔާމީން އެހައްދަވަނީ ހުސްދޮގޭ ހުސްވައުދޭ އަޅޭ މީނަގެ އައިނުގެ ނަމްބަރ ރަނގަޅުތޯ ޗެކްކޮށްލަންވީނުން..

  28. ޏަމީ

    އަޅެ އިބޫ. ތިބާޔާއެކު ރައީސް ޔާމީން ޑީލް ހެއްދެވީތޯ. ފިލާވަޑައޮގަންނަވާނީ ހިންނަވަރުގައި ޔާމީން އިތުރުކުރެއްވި ބަޔަށް ދެއްތޮ.

  29. ކެރަފާ

    ކަލޯ އިބޫބެ ތިޔަގޮތައް ބުނި ރޯދަމަހުގެ ރޯދަ ހިފާނީވެސް ވެރިކަން ވައްޓާލާފަކަމަށް އެކަމެއްވެސް ނުވި ކިތައްފަހަރު ދޮގުހެދި ދޮގުމަތިން ދޮގު ހަދައިގެންވެސް ވެރިކަމެއްނުވެއްޓުނު ބަޔަކަށް ކޮންކަމެއް ކުރޭވޭނީ އެމްޑީޕީ މީހުންނަކީ ދުލައް އައި އެއްޗެއް ބުނެ އަދި އެކަންވާނެކަމަށް ދެކިގެން އުޅޭ ބައެއް.

  30. ދަލޭކާ ދިޔެ

    އިބުރާހީމާ ތަ ތިހުރީ ހަމާއިގަތަ.. ?