ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ނަޝީދުގެ ބޭބެ ނަސީމަކީ ވަރަށް ބޮޑު ދެ ޣައްދާރުން ކަމަށް ޕީޕީއެމް ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު އަޙްމަދު ނިހާން ހުސައިން މަނިކް ވިދާޅުވެއްޖެއެވެ. ނިހާން މިހެން ވިދާޅުވެފައިވަނީ ރޭ އިރާކޮޅު ޕީއެސްއެމް އިން ގެނެސްދިން އެންމެ ފުރަތަމަ ޤައުމު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނިހާން ވިދާޅުވީ، ރިޔާސީ އިންތިޚާބު ވޯޓުން އެމްޑީޕީއަށް ކާމިޔާބު ނުވާނެކަން ޔަޤީން ވުމުން ދިވެހިރާއްޖެ އަވައްތެރި ޤައުމުތަކާ ޖައްސާ، ސުންނާފަތި ކުރުމުގެ މަސައްކަތް ކުރަމުންދަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަމަށެވެ.

"އިންތިޚާބުގެ ވަގުތާ ކައިރިކޮށްފައި، އިންތިޚާބު ކާމިޔާބު ނުވާނެކަން އެނގުނީމަ އަވައްޓެރި ދެ ޤައުމެއް ސިޔާސީ ގޮތުން ޖައްސާ ސުންނާފަތި ކުރުމުގެ މަސައްކަތް މިކުރަނީ ކެރަފާ ނަސީދު. ކެރަފާގޭ މުޙައްމަދު ނަޝީދާއި، ކެރަފާގޭ ނަސީމާ ދެމީހުންނަކީ މިކަމަށް އަރާ ތިބި ދެމީހުން. މީ ވަރަށް ބޮޑު ދެ ޣައްދާރުން." އަޙްމަދު ނިހާން ހުސައިން މަނިކު ވިދާޅުވިއެވެ.

ނިހާން މިހެން ވިދާޅުވެފައި މިވަނީ، އަންނަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބު އޮޅުވާލައިފިނަމަ އިންޑިއާއިން ރާއްޖެ ހިފަންޖެހޭނެ ކަމަށް އިންޑިއާގެ ވެރިކަންކުރާ ހަރުކަށި ހިންދޫއިން ކޮންޓްރޯލްކުރާ ބީޖޭޕީގެ އިސް މެމްބަރެއް ކަމަށްވާ ސުބްރަމާނިއަން ސުވާމީ ގޮވާލި ގޮވާލުމަށް ރައްދުދެއްވަމުންނެވެ.

ނިހާން ވިދާޅުވީ، ކެރަފާގޭ ނަސީމާއި، ނަޝީދަކީ ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތައް ހުރި ބޮޑު ނުރައްކަލެއް ކަމަށާއި، އެ ދެމީހުންނަކީ ދިވެހިރާއްޖޭ އައިސްފިނަމަ ހިލިހިލާ ޖަހައި، ޖަލުގައި ބާއްވަންޖެހޭ ދެމީހުން ކަމަށެވެ.

"މީ ރާއްޖޭގެ ޤައުމީ ސަލާމަތައް ހުރި ބޮޑު ނުރައްކަލެއްގެ ވާހަކަ މިދެކެވެނީ. ދިވެހިރާއްޖެ ދެމި އޮތްހާ ދުވަހަކު މީން މީހަކު ރާއްޖެ ފަސްގަނޑުގަ ފައި ޖެހިއްޖެ ކަމަށްވާނަމަ ބޮޑު ހިލި ހިލާ ޖަހާފަ ގެންގޮސް ޖަލަށް ލާން ޖެހޭ މީހުން މީ." ނިހާން ވިދާޅުވިއެވެ.

"އެމްޑީޕީއަށް ތާއީދު ކުރާ މީހުން އެމްއެންޑީއެފް އުވާލުމުގެ ވާޙަކަ ދައްކާއިރު އަނެއްކޮޅުން އެމްޑީޕީގެ ވެރިން ގޮސް އަވައްޓެރި ޤައިމުތަކުގައި ތިބޭ ހައްދުފަހަނަ އަޅާ ގޮސްފައިވާ މީހުންނާ ވާހަކަ ދައްކައިގެން ރާއްޖެއަށް އަރަން މި ގޮވަނީ. އަޅުގަނޑުމެންގެ ތެރެއިން ބަޔަކު އަތްތިލަބަޑި ޖަހަން މިތިބެނީ. މީ ކޮންފަދަ ބޮޑު ހިތާމައިގެ ދަނޑިވަޅެއްތޯ؟" މުޙައްމަދު ނަޝީދުމެންގެ އަމަލުތަކަށް ބައެއް ދިވެހިން ތާއީދު ކުރާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދަކީ ޖަލުން ފިލައިގެން އުޅޭ ކުއްވެރިއެއް ކަމަށާއި، މިހާރު ހިންގައިގެން މިއުޅޭ ކަންތައްގަނޑަކީ ރިޔާސީ އިންތިޚާބު ވޯޓުން ކާމިޔާބު ނުވާނެކަން އެނގެތީ ކޮށްގެން އުޅޭ ކަންތައްގަނޑެއް ކަމަށެވެ.

"ރާއްޖޭގަ މިއަހަރު މިއޮތް އިންތިޚާބު އެމްޑީޕީއަށް ވޯޓުން ނުލިބޭނެކަން، ތަރައްޤީއަށް އެންމެން ވޯޓުލާން ދާނެކަން އެނގޭތީވެ މުޙައްމަދު ނަޝީދު ހަދައިގެން އުޅޭ އެއްޗެއް މީ. އޭނައަކީ މިހާރުވެސް ޖަލުން ފިލައިގެން އުޅޭ ކުށްވެރިއެއް. އޭނައަކީ އަލުން އަނބުރާ ގޮޅިއަށް ގެންނަންޖެހޭ މީހެއް. އެއްކަލަ 13 އަހަރުގެ މުއްދަތު އަދި އޮތީ އޮތްގޮތަށް." ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ މުޙައްމަދު ނަޝީދަކީ، ދީނަށް ހަޖޫ ޖަހައި، ރަސޫލާއަށް މަލާމަތްކޮށްފައި ތިބި މީހުން ކަމަށާއި، އެކަން ދެނަ ފަރިތަ މީހުން ދިވެހިރާއްޖޭގައި އެބަތިބި ކަމަށެވެ. އަދި މިހާރު ކުރަމުންދާ ކަންކަމަކީ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވަން ކުރަމުންދާ މަސައްކަތްތަކެއް ކަމަށްވެސް ނިހާން ވިދާޅުވިއެވެ.

"އިންޑިއާގެ ޤާނޫނުހަދާ މަޖިލީހުގެ މަތި ގޭގެ މެންބަރަކު ލައްވާ ރިޔާސީ އިންތިޚާބާ މެދުވެރިކޮށް މިގޮތަށް ވާހަކަ ދެއްކުވުމަކީ އިންތިޚާބަށް ނުފޫޒު ފޯރުވުން، މި މައްސަލަ ބައްލަވައިދެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ދަންނަވާފައިވާނެ" ނިހާން ވިދާޅުވިއެވެ.

އިތުރަށް ނިހާން ވިދާޅުވީ، މިކަން ކުރަނީ އެމްޑީޕީން ކަމަށާއި، މިކަމަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް އެނގިހުރެ ހިންގާ ކަންކަން ކަމަށެވެ. އަދި ޕަޕެޓެއް ބަހައްޓައިގެން މިކަހަލަ ކަމެއް ކުރެވިދާނެ ކަމަށް ވިސްނުމަކީ އެމްޑީޕީއަށް ހެދޭނެ އެންމެ ބޮޑު ގޯސް ކަމަށްވެސް ނިހާން ވިދާޅުވިއެވެ.

އެމްޑީޕީގެ މި ނުރައްކާތެރި އެޖެންޑާއިން މި ދިވެހި ޤައުމު ދިފާއުވެގެންދާނީ އިރާދަ ކުރެއްވިއްޔާ ﷲ ގެ ހެޔޮ ރަހުމަތާއެކު ކަމަށާއި، ދިވެހި ޤައުމުގެ އިސްތިޤްލާލާއި، އިސްލާމް ދީނުގެ ހިމާޔަތުގައި އެންމެހާ ދިވެހި ރައްޔިތުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ވޯޓު ދެއްވުމަށް ނިހާން ގޮވާލެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ނުބައިނަޝީނަސީކެރަ

    ލައްބަ އެއްބަސް މިޤައުމު އިންޑިޔާ އަށް ވިއްކާލާފަ އެ ދެމީހުނާއި އޭނާގެ އައުވާނުން ބޭރުގައުމުތަކުގަ އުޅެން ރާވާތާ ކިތަންމެ ޒަމާނެއް. އިބޫއަކީވެސް ކެނެރީގެ އާއިލާއާ ގުޅިފަހުރި ތަންދޮރުނުދަންނަ ގޮލައެއް. މިހާރުވެސް ރައްރަށަށް ގޮސް ޣީބަ ބުނެ ހަންފަތުރާ ދޮގުހަދާ ދޭތެރެޖައްސާ ދުލުންކުރެވެން ހުރި ފާފައެއްވިއްޔާ ކުރަމުން އަންނިއަށް ވެރިކަން ދޭން އެ ތެޅިބާލަނީ

  2. ހިޔަލަ

    އައްސުލުވެސް މިހާރު އެގިއްޖެ ސަރުކާރުން އިންތިހާބު އޮޅުވާލައް ވަރައް މަސައްކައް ކުރާނެ ކައް

  3. އަޅީ ސާފީ

    ނަޝީދަކީ ބޮޑު ޣައްދާރެއްކަމަށް ނިހާނު ބުނާއިރު ފެބުރުއަރީ 1ގެ ކުރިން ސްރީލަންކާގައި ތިބުނާ ޣައްދާރާއި ބައްދަލުކުރީ ކީއްވެ؟

  4. ނޫންތަ؟

    ދެ ޓެރަރިސްޓުން. ދެ ވަގުން. ދެ ބާޣީން. އަދިވެސް އަދިވެސް........

  5. ރާސްތާ

    ފަާޑު ފާޑަށް އެހެންމީހުންނަށް ޣައްދާރަށް ގޮވާނެކަމެއްނެތް. ތިޔަކަށްވުރެ ވަކިން ބޮޑު ޣައްދާރެއްނެތް. ހިނގަހިނގާ އޮތް ސަރުކާރެއް ވައްޓާލާ މިގައު ހފުސްކޮށްލީ ތިޔަބައިމީހުން.

    • ހުސޭނުބޭ

      ޤާސިމްބޭމެން އަތުގައި ހިފައި މައުމޫނަށް ސަނާކިޔާއިރު ބޭބެގެ ހަދާނުގައި ތިހުރީ އަންބާގެ ފަހު ތަންކޮޅު. ނަސީބެއްނު އެވަރުވެސް ވީކަން.

  6. އަލީ

    ރަނގަޅުވާހަކައެއް. އެދެމީހުންނަކީ ބޮޑު ދެ ޣައްދާރުން. ދުވަހަކުވެސް މިގައުމަކަށް ހެވެއް ނޭދޭނެ.

  7. Anonymous

    ފަާޑު ފާޑަށް އެހެންމީހުންނަށް ޣައްދާރަށް ގޮވާނެކަމެއްނެތް. ތިޔަކަށްވުރެ ވަކިން ބޮޑު ޣައްދާރެއްނެތް. ހިނގަހިނގާ އޮތް ސަރުކާރެއް ވައްޓާލާ މިގައު ހފުސްކޮށްލީ ތިޔަބައިމީހުން.

    • ވަގުތު

      ނަސީދުގެ ވެރިކަން ވެއްޓިގެން ދިޔައީ ވެރިކަން ކުރަން ނޭގުނީމަ އަދި ވައްޓާލި ނަމަވެސް އެކަންކުރީ ބޭރުބަޔަކަށް ގައުމުގެ މިނިވަންކަން ވިއްކާފައެއްނޫން ރައްއިތުން ނުކުމެ އެކަންކުރީ މިސަރުކާރު ވައްޓާލަން އިދިކޮޅު ފަރާތްތަކުން ނުކުރަނީ މިވެނި ކަމެކޭ ކިޔާފަ ދައްކާނެ ކަމެއްއެބައޮތްބާ؟ އެންމެފަހުން ނުކުރަންވީ ކަންތައްވެސް މިއޮތީކޮށްފަ. سُـبْـحَـانَ ٱلله

  8. ކޮސް

    ގައްދާރަކު ފެނިއްޖެނަމަ އެގިޅައްވާނެތޯއޭ؟؟؟؟؟

  9. ހުސޭނު

    ވަގުތު ނެދޭ ވަގުތު ނެދޭ..

  10. ރަސްކަތީމު

    ގައްދާރަކީ ކާކުކަން ވަރައް ސާފް ރައްޔިތުންގެ ލާރި ގޯނި ގޯނީގަ ގެޔައް ވައްދާ ދަރިއްނައް ކާރު ގަތީ ގައްދާރުން އެޔައް ކިޔަނީ ގައްދާރުން

  11. ބަަނާނާ

    ގައްދާރަކީ ކާކުކަން ވަރައް ސާފް ރައްޔިތުންގެ ލާރި ގޯނި ގޯނީގަ ގެޔައް ވައްދާ ދަރިއްނައް ކާރު ގަތީ ގައްދާރުން އެޔައް ކިޔަނީ ގައްދާރުން

  12. ވަތަން

    ނިހާނެވެ ތިބުނާ ޔާމިނާ ދޭތެރޭ ދެކެނީ އަޅެ ކިހިނަކުން ހެއްޔެވެ؟ގައުމަށާ މާލީޔަތައް ގައްދާރު ނުވޭހެއްޔެވެ؟

  13. ދަތްދޫނި

    ވަޤުތު ކުޑަތަންވާ ވަރަކަށް ތަމެންނަށް ދެން ގޮވޭނީ ކޮސް އިނގޭ އެކޮއި. ﷲގެ ހެޔޮ ރަޙުމަތުން މިފަހަރު ހަމަ އެއްލަކިން މަމެން މި އަނިޔާވެރިކަން ނިންމައި ތަމެންގެ މައްސަލަތައް ބަލާނެ ދުވަސްވެސް ވަރަށް ގާތްވެއްޖެ. މިކަމުގައި ބުރޯވެސް ހުރީ ތައްޔާރަށް.

  14. ހަސަދު

    ވައްކަމަށް ތާއީދު މީހަކަށް ވުރެ ޢައްދާރުކަްނ ބޮޑު އެހެން މީހަކު ނުހުންނާނެ.

  15. ޙަސަނުބެ

    މަގޭ ކޮމެންޓް ޖަހާލާކައް ނުކެރުނު ދޯ ހާދަ ހިއްވަރެއް ނެތޭދޯ ހަގީގަތް ހާމަ ކުރިމާ ދޯ

  16. ނުރަބޯ

    ދިވެހިރައްޔިތުން ވިސްނަންވީކަމަކީ ކެރަފާ ނަޝީދަކީ މާތްވެގެންވާ އިސްލާމްދީނަށް ގަސްދުގައި (ބޮޑެތިކާފަރުންތަކެއްގެކުރިމަތީގައި) ފުރައްސާރަކޮށްފައިވާ މީހެއްކަމެވެ. އެއިން އެނގޭ އެއްޗަކީ އޭނާގެ ހިތުަގައި އިސްލާމްދީނާމެދު ވަރުގަދަ ނަފްރަތެއް ވާ ކަމެވެ. އެހެންކަމުން އެކަލޭގެއަށް ބާރެއް ލިބިއްޖެނަމަ ފުރަތަމަވެސް ދިމާކޮށްލާނީ އިސްލާމްދީނާ ކަން އެނގެއެވެ. އެކަން އެނގިއެނގި ހުއްޓާ، އަހަރެމެންގެ ތާއީދު މިކަލޭގެ އަށް ދިނުމަކީ އިސްލާމްދީނާ ޚިލާފަށް، ދެވޭތާއީދެކެވެ. އަދި އިސްލާމްދީނަށް ގޮންޖެހުން އަޔަސް ހެޔޮކަމަށް ދެވޭ ތާއީދެކެވެ. ވީމާ ޙައްގުގެ މަގުން އެއްކިބާވެ ބާޠިލްގެ މަގަށް ރުޖޫޢަވުމުގެ ބަދަލުގައި ޙައްގުގެ މަގުގައި ގަދަޔަށް ހިފަހައްޓާ، އެކަލޭގެ ކިބައިން ބަރީއަވެ ސަލާމަތްވެ އެކަލޭގެެއަށް ނޫނެކޭ ބުނުމަކީ އިސްލާމް ދީނަށް ދެވޭ ނަޞްރެއްކަން ޔަގީނެވެ.