(ލ.އިސްދޫ ކަލައިދޫ) ރިޔާސީ އިންތިޚާބުގެ ކެންޕެއިން ދަތުރުފުޅުގައި މިއަދު އިސްދޫ ކަލައިދޫގެ ކަލައިދޫ އަވަށައް ވަޑައިގެން އެބޭފުޅުންގެ މީހެއް ގޮތުގައި ބެއްލެވުމަށް ރައީސް ޔާމީންގެ އިންތިޚާބީ ބައިވެރިޔާ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މިހާރު ލާމު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިސްދޫ ކަލައިދޫގެ ކަލައިދޫ އަވަށުގެ ޖަގަހައިގައި އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވަވާ ވާހަކަފުޅު ދައްކަވަމުން ޝަހީމް ވިދާޅުވީ، ރައްޔިތުންގެ ޝުޢޫރުތައް އެނގިވަޑައިގެންފި ކަމަށާއި އެމަނިކުފާނު މަސައްކަތް ކަލައިދޫ ރައްޔިތުންނަށް ދިމާވެފައިހުރި ދަތިތައް ހަލުކޮށްދިނުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި އެމަނިކުފާނަކީ އެބޭފުޅުންގެ މީހެއްގެ ގޮތުގައި ބެއްލެވުމަށްވެސް ޝަހީމްވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑު މީ ތިބޭފުޅުންގެ މީހެއްގެ ގޮތުގައި ބައްލަވާ. ކަލައިދޫ މީހެއްގެ ގޮތުގައި ބައްލަވާ. ތިޔަބޭފުޅުންގެ ޖެޓީއިން އަޅުގަނޑަށް ލިބުނު މެސެޖްތަކުން އަޅުގަނޑަށް ވަޒަން ކުރެވެނީ ތިޔަ ބޭފުޅުންނަށް ވަރަށް ވަރުގަދަ އެހީތެރިއެއް އެބަ ބޭނުންވޭ. މިރަށަށް ދިމާވެފައި ހުރި ދަތިތައް ހައްލު ކުރުމަށް. އިރާދަ ކުރެއްވެއްޖިއްޔާ ތިބޭފުޅުންނަށް ދިމާވެފައިހުރި ދަތިތައް ޙައްލުކޮށްދިނުމަށް ވަރަށް އިޚްލާސްތެރި ކަމާއިއެކު އަޒުމުގަ މަސައްކަތް ކޮށްދޭންނަން." ޑރ. ޝަހީމް ވިދާޅުވިއެވެ.

ޝަހީމް މިހެން ވިދާޅުވިއިރު، ޝަހީމް ކަލައިދޫއަށް ވަޑައިގަތް އިރު، ކަލައިދޫގެ ޖެޓީގެ ތޮށިގަނޑުގައި ސަރުކާރަށް ފާޑު ކިޔާ ވަނީ ލިޔެފައެވެ. އަދި ކަލައިދޫއަށް މިސަރުކާރުން ކޮށްދެއްވީ ކޮން ކަމެއްތޯ އެލިޔުންތަކުގައި ސުވާލުކޮށްފައިވެއެވެ.

ޝަހީމްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ކޮންމެ ރަށަކަށް މާގިނަ ކަންތައްތަކެއް ކޮށްދެވިފައި ނޯވެދާނެ ކަމަށާއި ނަމަވެސް އެކަމުގައި ބައެއްގެ ނުވަތަ މީހެއްގެ އިޙްމާލެއް އޮވެދާނެ ކަމަށެވެ.

"ފަހަރުގަ އަޅުގަނޑުމެންގެ ރަށަށް މާގިނަ ކަންތައްތަކެއް ކޮށްދެވިފައި ނޯވެދާނެ. އެހެންނަމަވެސް އެކަންތައްތައް މިހެންވާން މެދުވެރިވި ސަބަބުތަކެއް ހުރެދާނެ. މީހެއްގެ ނުވަތަ ބައެއްގެ އިޙްމާލެއް އޮވެދާނެ. އެކަމަކު ސަރުކާރުގެ މަޤްޞަދަކަށްވާނީ ދިމާވެފައިހުރި ހުރިހާ ކަންތައްތައް ހައްލުކޮށްދިނުން. ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ފަހި ކޮށްދިނުން." ޑރ ޝަހީމް ވިދާޅުވިއެވެ.

އިސްދޫ ކަލައިދޫގެ ކަލައިދޫއަށް ޝަހީމް މިއަދު ދަތުރުފުޅު ކުރައްވާފައިވާއިރު، ޝަހީމް މިހާރު ގެންދަވަނީ ގޭގެއަށް ވަޑައިގެން ކަލައިދޫގެ ރައްޔިތުންގެ ޙާލު ބައްލަވަމުންނެވެ. ޑރ ޝަހީމަށް މަރުޙަބާ ދެންނެވުމަށް ގިނަ އަދަދެއްގެ ބަޔަކު ބަނދަރު ސަރަހައްދަށްވަނީ އެއްވެފައެވެ. ކުރިއާ އަޅާ ބަލާއިރު ކަލައިދޫގައި ޕީޕީއެމްއަށް އޮންނަ ތާޢީދު އިތުރުވެފައިވާކަން ފާހަގަ ކޮށްލެވެއެވެ.

ޝަހީމްގެ ދަތުރުފުޅުގައި މިއަދު އިސްދޫ ކަލައިދޫގެ އިސްދޫ އަވަށައް ދިއުމަށްވަނީ ހަމަޖެހިފައެވެ. އަދި މިރޭ ޑރ ޝަހީމް ދަނބިދޫއަށް ވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ސާބަސް

    މިއޮއްހާ ދުވަހު މީނަ ކޮބައިތަ؟؟؟

    • ލަބީމް

      ތަންދޮރު އޮޅުން ނުފިލާ މީހެއްވީމަ ތަ އިބޫ މިިއޮށްހާދުވަހު 5އަހަރު ކީއްތާ ކުރީ ބަޖެޓަކަށް ވޯޓެއް ދިނީކީނޫން ރައްޔިތުންނަށް ކޮށްދޭން ޖޭހޭކަންތަށް ކުރަން އޮތް ބަޖެޓް އެއީ ސިޔާސީ ވިސްނުމުގަ ބޮޑުވަރު 5 އަހަރު ރައްޔިތުން މަރުވިޔަސް އޯކޭދޯ. ވެރިމީހާ އާއި އެޓީމް ރަނގަޅު ވީމަ އެކަންވެސް ކުރެވުނީ. ޑރ ޝަހީމް އާބެހޭވާހަކަ ނުދަންނަ މީހެއް ތީ ކިޔައިދިނކަސް ނޭގޭނެ

    • ބޭބެ

      މިއޮތް ހުރިހާ ދުވަހު ކަލޭ ހުރީ ކޮންތާކު؟ ރާއްޖޭގަތަ؟ މިސުވާލު ކުރަން މިޖެހުނީ ކަލެއަށް ޑރ.ޝަހީމު ހުރިތަން ނޭގުނީތީ!! އެހެންތާ ވާނީ ރީނދޫ ޖޫސް ބޮއިގެން ހަމަހެޔަކު ނޫން ވިއްޔާ ގިނަފަހަރު ހުންނާނީ!! ކަލޭ މިކޮމެންޓް ކީމަ އެނގޭނެ ޝަހީމު މިއޮތް ހުރިހާ ދުވަހު އުޅުނު ތަން!! ކަލެއަށް އެނގޭތަ މިރާއްޖޭގައި އިސްލާމިކް ޔުނިވާސިޓީއެއް ހުންނަކަން؟ އެތާގެ އެންމެ އިސްމީހަކަށް ޝަހީމު ހުރީ!! އޭގެކުރިން އިސްލާމިކް މިނިސްޓަރަކަށް އުޅުނު!! މިހާރު ރިޔާސީ އިންތިޚާބުގައި ޔާމީނުގެ ރަނިންގްމޭޓަކަށް ހަމަޖެއްސި ވަގުތުން ފެށިގެން ކެމްޕޭނުގަ އެއުޅެނީ!! އެހެންވީމަ ތަންތަނަށްގޮސް ގިނައިން އެއުޅެނީ!! ކަލޭ މާރަގަނޅެއްނު މިއޮތް ހުރިހާ ދުވަހު އިބޫ ހުރިތަން ސާފުކުރިއްޔާ!! މަޖްލިސް މެމްބަރުކަމުގައި މިއޮތް ހުރިހާ ދުވަހު އުޅުން ފިޔަވާ ނެތޭ ހައްދަވައިގެން ކުރި ކަމެއް!! މެމްބަރުކަންވެސް ޒިންމާދާރުކަމާއެކު ނުކުރެވޭކަމަށް ގިނަ މީހުން ބުނަނީ!!!

  2. ހުސްފޮނި

    ގެއެއްގައި ރީތި އަންހެންކުއްޖަކު ފުރާވަރައްއަރަމުންދާއިރު ވަރައް ގިނަފިރިހެނުން އެގެޔަކަސް ގޮސް ވަރައް ގިނަތަރިތަކެއް ބާޅަދީހަދާޙަބަރު ޅިބޭ

  3. Anonymous

    Beybe

  4. ހެހެ

    އިސްދޫ ކަލައިދޫ ކިޔާ ރަށެއް އަދި ކަލައިދޫ އަވަށެއް ލ. އަތޮޅުގަ ނޯންނާނެ.

    އަދި އިސްދޫ ކިޔާ އަވަށެއްވެސް ނޯންނާނެ.

    ސޯ ވަގުތު ޕްލީސް ގެޓް މޮ އިންފޯ އެބައުޓް މޯލްޑިވްސް އައިލެންޑްސް

  5. ރީނދޫ

    ޔ/ޝ 2018

  6. ފެނޭދޯ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް..

  7. މީހާ

    އަޅުގަނޑަކީވެސް މަނިކުފާނުގެ މީހެއް. ދެން ހައްދަވާނެ އެއްޗެއް ހައްދަވާ

  8. ކަރީމް ބނއކއ

    މިއީ އަހަރުމެންގެ މީހެކޭ؟ ލަދު ގެ ކަންފުޅެއްވެސް ނެތެއްނު