ލ.އަތޮޅު މާވަށު އަންހެނަކު އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ މީހާ ގެއަށް ގެނެސް ދަރިން ކުރިމަތީގައި އޭނާ އާއި ބަދުއަޙްލާޤީ އަމަލު ހިންގި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަޙްޤީޤު ކުރަން ފަށާ އެއަންހެން މީހާ އާއި އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

"ވަގުތަށް" މައުލޫމާތު ލިބިފައިވާ ގޮތުގައި މިކަން ހިނގާފައި ވަނީ މީގެ ދުވަސްކޮޅެއް ކުރިންނެވެ.

މާވަށުން "ވަގުތަށް" މައުލޫމާތު ދިން މީހަކު ބުނީ އަންހެން މީހާ ރޭގަނޑު ދަންވަރު ލޯބިވެރިޔާ ގެއަށް ގެނެސްގެން ކުރާ ކަންތައްތައް ދަރިންނަށް ފެނުނު މައްސަލަ ފުލުހުން ތަޙްޤީޤު ކުރަން ފަށާ ފިރިހެން މީހާ އާއި އަންހެން މީހާ ވެސް ހައްޔަރުކުރިއެވެ. ނަމަވެސް މިހާރު އަންހެން މީހާ ވަނީ ދޫކޮށްލާފައެވެ. ފިރިހެން މީހާ އަދިވެސް ހުރީ ފުލުހުންގެ ބަންދުގައެވެ.

މާވަށުން ވާހަކަދެއްކި މީހާ ބުނީ ޖެންޑާ މިނިސްޓްރީގެ ބޭފުޅުން ވެސް އެރަށަށް ގޮސް ކަންތައް ހިނގައިދިޔަ ގޮތް މިހާރު ވަނީ ބަލާފައެވެ.

ތުހުމަތު ކުރެވެނީ ނުވަ އަހަރުގެ ކުއްޖަކާއި ހަ އަހަރުގެ ކުއްޖެއްގެ ކުރިމަތީގައި ބަދުއަޙްލާޤީ އަމަލު ހިންގި ކަމަށެވެ.

މިކަމާއި ބެހޭ ގޮތުން ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ މައްސަލައެއްގައި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މިކަމާއި ބެހޭ ގޮތުން ޖެންޑާ މިނިސްޓްރީގެ ބަހެއް އަދި ނުލިބެއެވެ. ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެއީ ހިނގައިގެން އުޅޭ ހާދިސާއެއްތޯ ބެލުމަށް ފަހު މާދަމާ މައުލޫމާތު ދެއްވާނެ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ޖުހާ

    ކައްޕި ހައްޔަރުކޮށްފަ.. އަންހެން މީހާ ދޫކޮށްލީ ކީއްވެ؟؟؟؟

    • ާހ

      ޢެއީ 18 އަހަރުން ދަށުގެ ދެކުދިން ތިބީމަ، އެކުދިން ބަލާނެ މީހަކު ނެތީމަ.

  2. ސ ނުން ސޮނި މުގާބޭ (އަންނި)

    ވަލު ޖަނަވާރުން ވީމަދޯ މިވަރުވާނީ...

  3. ދަތްދޫނި

    މި ލިޓްލް ސިންގަޕޯރ ގައި ތި ޒާތްޒާތުގެ ކަންތައްތައް ހިނގާނެ. ޤައުމެއް ތަރައްގީ ވަމުން އަންނަ އިރު ތި ހުރިހާ ކަމެއްވެސް ހިނގާނެ.

  4. ބުޅާ

    މިވަރައް ގަޓު މީވަރައް ގަޓު މައްމައެއް

  5. ޣ

    ތީގަ ކައްޕިއަކީ އަންހެނ މީހާ.
    ފިރިހެންމީހާ އެކަނި ކުރި ކަމެއްތަ؟

  6. ތިމަންނަ

    ހިގާނެއޭ ހިގާނެއޭ ، ތިޔަކަހަލަ އެތައްކަމެއް ހިގާނެއޭ އަދުލެއް އިންސާފެއް ނެތްތަނެއްގައި ތިޔައަށްވުރެ ބޮޑެތި ކަންތައްވެސް ހިގާނެއޭ..

  7. ހަސަނު

    ނޫސްތަކުގައި ލިޔާއިރު ކޮންމެހެން އަބުއި ކުރާނެ ކަމެއްނެތް. ކޮން ބަދުއަޚުލާޤީއެއް ކިޔާކަށް. އެމީހުން ކުރީ ޒިނޭ، އެހެންވީމާ ޒިނޭ ކުރިކަމަށް ލިޔޭ.

  8. ސުހާ

    ރަގަނޅު މަންމަ

  9. ސަާ

    ބަލަ މަ ހީކުރީ އައްޑޫ މީހުން އެކަނި ކަމަށް ފާހިޝް ކަންތައް ކުރަނީ.

  10. އަޙުމަދު މުޙައްމަދު

    ތީ ވަރަށް ރީތި އަންހެންކުދިން އުޅޭ ރަށެކޯ. އެކަމަކު ދަރީންގެ ކުރިމަތީގައި . . . ކަން ދެއްކުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން. ތި މީހުން ފަހެއް ނުޖެހޭނެ އެ ދެކުދިން ބައިވެރިކޮށްގެންވެސް ތިކަން ކުރާކަށް.

    • މަ

      ކޮންތާކު ހަމައެހެން ރަށްރަށުގައިވެސް ރީތިކުދިން ތިބޭވަރަކަސް މާވަށުގައިވެސްތިބީ..މިހެން އެންމެން ކިޔާތީ މާވަށު އަންހެނުންގެ ދެފައި ބިމުގަ ނުޖެހޭ...،

  11. Anonymous

    މީގަ މައްސަލަ އަކަށް އަސްލު މިވީ މިކަމުގަ ފިރިހެނަކު ބައިވެރިވާތީ އަންހެނުން ކުޑަކުދިން ކުރިމަތީ ކޮންމެ ކަމެއް ކުރިއަސް އޯކޭވާނެ

  12. އަހުމަދު

    ކުރިމަތީގަ ވިއަސް ސިއްރުން ކުރިއަސް ތިވާނީ ޒުބޭއަސް. ޒިނޭ ކުރާ މީހުންނަށް އަދަބު ލިބޭނެ ދެދުނިޔެއިންވެސް.

  13. ކެެރެޓޭ

    ކުކުޅު ހާލުގެ ސިފާގައިވެސް އުޅޭ އިންސާނުން މިސާލަކަށް ހަމީދުބެ

  14. މޫސަ

    ހައްދުން މަތި

  15. ޖިހާދު

    ރީދުލޭމެން ބޭނުން ވަނީ ތިހެން އުޅޭތަނަކައް މިގައުމު ހަދަން އެހެންވެ އެކަހަލަމީހުން އިސްކޮއް އެއުޅެނީ