(ލ.މާބައިދޫ) މިއަންނަ މަހު އޮންނަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަ ކުރައްވަވާ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ އިންތިޚާބީ ބައިވެރިޔާ ޑރ މުޙައްމަދު ޝަހީމް އަލީ ސަޢީދު ލ.އަތޮޅުގެ ރަށް ރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު މާބައިދޫއަށް ވަޑައިގަތުމުން އެމަނިކުފާނަށް އެރަށުން ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.

ޑރ ޝަހީމަށް މަރުޙަބާ ދެންނެވުމަށް މާބައިދޫގެ ބަނދަރު ސަރަހައްދަށް 300 އެއްހާ ސަޕޯޓަރުން ނިކުމެފައިވާއިރު، ޑރ ޝަހީމަށް މަރުޙަބާ ދެންނެވުމަށް އެރަށުގެ ކުޑަބޮޑު އަންހެން ފިރިހެން ދެ ޖިންސްގެ މީހުންވެސް ވަނީ ޖަމާވެފައެވެ.

މާބައިދޫން ޑރ. ޝަހީމަށް މަރުހަބާ ކިޔަނީ

ޝަހީމަށް މަރުޙަބާ ދެންނެވުމަށް ގިނަ ބަޔަކު ނިކުމެފައިވާއިއިރު، މިދިޔަ މަހުގައި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާޙިމް މުޙައްމަދު ޞާލިޙް އެރަށަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ބަނދަރު ސަރަހައްދަށް ޖަމާވެފައިވަނީ ވަރަށް މަދު އަދަދެއްގެ ބައެއްކަން ފާހަގަ ކޮށްލެވެއެވެ. ފޮޓޯތަކުން ފެންނަ ގޮތުން އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ނިކުމެފައިވަނީ އެންމެ 37 މީހުންނެވެ.

ޑރ. ޝަހީމަށް މަރުޙަބާ ދެންނެވުމަށް ގިނަ އަދަދެއްގެ ބަޔަކު މާބައިދޫ ބަނދަރަށް ޖަމާވެފައި

ލ.މާބައިދުއަށް ޑރ ޝަހީމް ވަޑައިގެންފައިވަނީ މިއަދު މެންދުރު 2 ޖަހާ އެހާކަންހާ އިރުއެވެ. މެންދުރުގެ މިހޫނު ގަދަ ވަގުތުގައިވެސް ގިނަ އަދަދެއްގެ ބަޔަކުވަނީ ޑރ ޝަހީމްއަށް މަރުޙަބާ ދެންނެވުމަށް ބަނދަރު ސަރަހައްދަށް ޖަމާވެފައެވެ.

ޑރ ޝަހީމް މާބައިދޫއަށް މިކުރެއްވި ދަތުރުފުޅުގައި އެރަށުގެ ގޭގެޔަށް ވަޑައިގެން އެރަށުގެ މީހުންގެ ހާލު ބައްލަވާ ލެއްވުމަށް ޑޯޓުޑޯ އިވެންޓްއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މާބައިދޫން ޑރ. ޝަހީމަށް މަރުހަބާ ކިޔަނީ

ޑރ ޝަހީމްއަށް މާބައިދޫއިން ބޮޑު ތަރުޙީބެއް ލިބުނުއިރު އެންމެ ފަހުން އެރަށު ބޭއްވި ލޯކަން ކައުންސިލް އިންތިޚާބްގެ 3 ގޮނޑީގެ ތެރެއިން 2 ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ އެމްޑީޕީގެ ފަރާތުން ކުރިމަތި ލެއްވި ބޭފުޅުންކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހިޔަނި

    ޕޮއް، ކޮންތާކު ތިޖެހުނި، ވޯޓެއްލައިފިއްޔާ ޔާމީނު ބަލި، މުޅިންވެސް އަވާމެއްދުރު ދެއްތޯ؟

  2. ީޞޯޯޯޅަ

    300 މީހުން ނޫޅޭ އިރު ކިހިނެއް މިކަންމިގޮތައްވަނީ؟

  3. ފެނޭދޯ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް

  4. ރާޑޯ

    ތަފާތު ފެންނާނެ ތަފާތު ދައްކާނަން. ޔާމީން ޝަހީމް ގައުމާގެން ކުރިޔަށް

  5. Anonymous

    ވަގުތުނޫހުން ބަލާދީބަލަ އިދިކޮޅުމީހުން ވޯޓުގަންނަ ފައިސާ އެބަބަހާ ރައްރަށުގަ. 5މީހުންގެ ގުރޫޕެ ހަމަކޮއްގެން ދިޔައީމަ ކޮއްމެމީހަކަށް 5000ރުފިޔާދެނީ.. މިކަންކުރަނީ އެރަށެއްގެ ބަޔަކުލައްވާ.. އެޑްވާސްކޮށް ލާރިދިނީމަ ވޯޓުދޭން ބުނާމީހުންވެސް އެބައުޅޭ.. ވޯޓުވިއްކަން ބޭނުންވާމީހުންގެ ނަންތަވެސް ދޭންޖެހޭ. ސަރުކާރުން މިދުވަސްކޮޅު ފޯނުކޯލުތަ ސާރޗްކުރާނަމަ މިކަންއެގޭނެ.. މިއީ ކުޑަކަމެއްނޫން.. މިގައުމުދެކެ ހަގީގީ ލޯބިހުރި ނޫސްވެރިން ވަގުތުގަ އުޅޭކަމަށް އަހަރެމެންދެކޭތީ އިތުބާރު ކުރާތީ މިބުނީ މިކަންކަން އެބަހިގާ.. ވަގުތުއޮއްވާ ގައުމާ ދީނައްޓަކާ މަދުލާރިކޮޅަކަށްިގައުމު ވިއްކުން ހުއްޓުވާދީ.. އިދިކޮޅުން މިކަންކުރަނީ ބޮޑަށް ލަފާކުރެވެނީ ޖޕގެ މީހުން އަޑީގަތިބެގެން..

  6. މާހިރު

    މަށައް މިހާރުވެސް ތިތަނުން ހަމަވަނީ 29 އެއްވަރެއްނު...ބަލަ އިތުރު މީހުން އެތަ ތިބިއްޔޯ އެކަމަކުވެސް ގުނާއިރު ގިނަނުވަންޏާ ދެމިދިދައިގެ ހަރަދުވެސް ނުބަޗާނެދޯ

  7. އިބޫ

    ބޮޑު ތަފާތަކުން އެމްޑީޕީ ބަލިވާނެ ކަމުގެ އަލާމާތެއް ޝުކުރިއްޔާ ރައީސް ޔާމީން ޝަހީމް.2018 ޔަގީން ވެއްޖެ.