އިބްރާހިމް މުހައްމަދު ޞާލިހް (އިބޫ) ރިޔާސީ އިންތިޚާބަށް ކުރިމަތި ލެއްވުމުގެ ފުރުސަތު ކުރީގެ ރައީސް ނަޝީދާއި އެމްޑީޕީ އިން ދިނީ ނަޝީދުގެ ގޮނޑިކޮއްކޮއެއްގެ ގޮތުގައި ވެރިކަން އިބޫ ކުރައްވާނެކަމުގެ ޔަގީންކަން އޮތުމުންނެވެ. އިބޫ ވެރިކަން ކުރައްވާނީ ނަޝީދު ވިދާޅުވި ގޮތަކަށް ނަޝީދު ބޭނުންފުޅުވި ގޮތަކަށް ކަން އެމްޑީޕީ އާއި ނަޝީދު ގަބޫލު ކުރެއެވެ. އެމްޑީޕީގެ އެންމެ އިސް ބޭފުޅަކީ ނަޝީދެވެ. އެހެންކަމުން އެމްޑީޕީގެ އެންމެ ގިނަ މެންބަރުން ބަސް ގަބޫލު ކުރާ ލީޑަރަކީ ވެސް ނަޝީދެވެ.

ނަޝީދުގެ ވާހަކަތައް ގަބޫލު ކުރާ ގިނަ ބަޔަކު މިއަދު ވެސް ރާއްޖޭގައި އެބަތިއްބެވެ. އަދި ބައިނަލްއަޤުވާމީ ދުނިޔޭގައި ވެސް ނަޝީދުގެ ބަސް ގަބޫލުކުރާ ނަޝީދު ވިދާޅުވާ ގޮތައް އަމަލު ކުރަން ބޭނުންވާ ބަޔަކު އެބަތިއްބެވެ. އެހެންކަމުން އެމީހުންގެ ތާއިދު ދަމަހައްޓަން ނަޝީދު ވެސް ބޭނުންވެއެވެ. އެއީ ވެރިކަން ހޯދަން ދެކެމުން އަންނަ ހުވަފެނުގައި ކުލަ ޖެއްސެން އޮތީ ތާއިދު ދެމެހެއްޓިގެން ކަމަށް ވާތީ އެވެ.

ނަމަވެސް ނަޝީދަކީ އަބަދުވެސް ވިސްނާނުލާ ބައެއް ބަސްތައް ވިދާޅުވާ ބޭފުޅެކެވެ. އެކަންކަމުގެ ސަބަބުން ލިބުނު ފައިދާ އަށް ވުރެ ލިބުނު ގެއްލުން މާބޮޑެވެ. ހާއްސަކޮށް ވަރަށް ހައްސާސީ މައްސަލަތަކުގައި ވަރަށް ހައްސާސީ ވަގުތުތަކުގައި ނަޝީދު ވިދާޅުވާ ވާހަކައަކުން ނުވަތަ ވިދާޅުނުވެ ދޫކޮށްލާ ވާހަކައެއްގެ ސަބަބުން ކުރާ އެތައް ކަމެއް "އަތައް ގޮއްވާލާ" މަންޒަރު އެބަފެނެއެވެ.

މީގެ ހަފްތާއެއް ކުރިން އިންޑިއާގެ ޤާނޫނު ހަދާ މަތިގޭގެ ސީނިއާ މެންބަރެއް ކަމަށްވާ ސުބްރަވީން އާއި ނަޝީދު ބައްދަލުކޮށް މަޝްވަރާ ކުރީ ރާއްޖޭގެ ސިޔާސީ މަސްރަހާއި ބެހޭ ގޮތުންނެވެ. އެބައްދަލުން ނިންމުމަށް ފަހު ސުބްރަވީން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވާލައިފިނަމަ އިންޑިއާ ސިފައިން ރާއްޖެ ހިފަން ޖެހޭނެ ކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަން ވައްޓާލަން އިދިކޮޅުން ދިން ހުރިހާ ހަމަލާއަކުން ސަލާމަތްވެ ވަޑައިގެން ރައީސް ޔާމީން ވެރިކަމުގައި ދެމިހުންނެވީތީ މިހާރު ރައީސް ޔާމީންގެ ވެރިކަން ވައްޓާލެވެން އޮތް ގޮތަކީ ބޭރުގެ އަސްކަރީ ބާރެއްގެ އެހީ ހޯދުންކަން މީގެ ކުރިން ވެސް ނަޝީދު ގަބޫލު ކުރެއްވެވިއެވެ. މީގެ ކުރިން ވެސް އެމަނިކުފާނު ވަނީ އިންޑިއާ ސިފައިން ރާއްޖެ އަރަން ފާޅުގައި ގޮވާލައްވާފައެވެ. އެހެންކަމުން ސުބްރަވީން އާއި ނަޝީދާއި ދެމެދު ވެސް މަޝްވަރާ ކުރެވިފައި ވާނީ އެމަގަށް ކަންތައްތައް ގެންދިއުމަށް ކަމަށް ގަބޫލު ކުރެވެއެވެ.

ނަޝީދާއި އެކު ބޭއްވި ބައްދަލުވުން ނިންމުމަށް ފަހު ސުބްރަވީން ކުރީ ޓްވީޓުން އެނގެނީ އެއީ ނަޝީދުގެ ވިސްނުމާއި ފިކުރަށް ވަރަށް ބޮޑަށް ލެނބިފައި އޮތް ޓްވީޓެއް ކަމެވެ. އަދި ސުބްރަވީންގެ ޓްވީޓަށް ދެދުވަސް ވެގެން ގޮސް ދިވެހި އެތައް ރައްޔިތުންނެއް އެކަމާއި ދެކޮޅަށް ވާހަކަ ދައްކަމުން ގެންދަވާ އިރު ވެސް ނަޝީދު ހަނުހުރުމުގެ މާނަ އަކީ ނަޝީދުގެ ފުރިހަމަ ތާއީދު ސުބްރަވީންގެ ޓްވީޓަށް އޮތް ކަމެވެ.

ސުބްރަވީންގެ ޓްވީޓާއި ގުޅިގެން އިބޫ ވެސް "ވަރަށް ވަޅޯތާފަނާ ގޮތަކަށް" ކުރު ޓްވީޓަކުން ރާއްޖޭގެ މިނިވަންކަމާއި ދެކޮޅަށް ކުރާ މަސައްކަތާއި ދެކޮޅު ހަދާ ކަމަށް ވިދާޅުވުމުން ނަޝީދާއި އިބޫގެ ވިސްނުން ހުރި ގޮތް ވަރަށް ސާފެވެ. ދެބޭފުޅުންގެ ތާއިދު ވެސް އޮތީ އަސްކަރީ ބާރެއްގެ އެހީ ހޯދައިގެން ނަމަވެސް ރައީސް ޔާމީންގެ ވެރިކަން ވައްޓާލާށެވެ.

ނަމަވެސް ފާޅުކަން ބޮޑުގޮތެއްގައި ބޭރުގެ އަސްކަރީ ބާރަކުން ރާއްޖެ އަށް އަތްގަދަ ކުރަން މިދަނޑިވަޅުގައި ރައީސް ނަޝީދު ތާއިދު ކުރުމަކީ އިދިކޮޅު ފަރާތްތަކަށް ވޯޓްތަކެއް މަދުވެގެން ދާނެ ކަމެކެވެ. ނަޝީދުގެ ތާއިދު މިހާރު އެއޮތް ކަންތައްތަކުގެ ސަބަބުން ނަޝީދަށާއި އިދިކޮޅު ފަރާތްތަކަށް ވޯޓްތަކެއް އިތުރުވެގެން ހިނގައިދާނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. ނަމަވެސް އެކަމުގެ ގެއްލުމާއި އެމްޑީޕީ އަށް އަދި އިބޫ އަށް ވެސް ކުރިމަތިލާން ޖެހުން ގާތެވެ.

ދެން އޮތް ސުވާލަކީ ރައީސް ނަޝީދުގެ ތާއީދު ބޭރުގެ އަސްކަރީ ބާރަކުން ރާއްޖެ އަރަން އޮތް ކަމަށް ރައީސް ނަޝީދު ދެއްކުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ރައީސް ނަޝީދު ބޭރުގެ އަސްކަރީ ބާރަކުން ރާއްޖެ އަރަން ތާއިދު ކުރާކަން ހާމަކުރުމުން އެކަމުގެ ސިޔާސީ ގެއްލުން ލިބޭނެކަން އެނގޭ އިރު ވެސް އެކަމަށް ތާއިދު ކުރައްވަނީ ކީއްވެ ހެއްޔެވެ؟

ރައީސް ނަޝީދުގެ ވާހަކަފުޅުތަކާއި އަމަލުފުޅުތަކުގެ ސަބަބުން އެމްޑީޕީ އަށް ލިބުނު ގެއްލުން ލައްކަ ގިނައެވެ. 2008 ވަނަ އަހަރު ލިބުނު ވެރިކަން ދައުރު ހަމަނުވަނީސް ވެއްޓުމާއި 2013 ގެ އިންތިޚާބު ކާމިޔާބު ނުވުމަކީ ވެސް މިފަދަ ކަންތައްތައް ލިސްޓް ކުރާނަމަ ހިމަނަން ޖެހޭ ކަންކަމެވެ. އޭގެ ފަހުން މިފަހަރު ވެރިކަމާއި ވަރަށް ގާތައް އަނެއްކާވެސް އެމްޑީޕީ އަށް އާދެވިފައި ވަނިކޮށް ރައީސް ނަޝީދުގެ ސަބަބުން އަނެއްކާވެސް ވެރިކަން ހޯދަން އިތުރު އިންތިޒާރެއް އެމްޑީޕީ އިން ކުރަން ޖެހިދާނެ ކަމުގެ ކޮޅުމަތި މިހާރު ނުފެނޭ ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. އަލީ

    ނަޝީދުއަކީ އިސްލާމްދީނަށާއި އަހަރެމެންގެ ގައުމަށް ހުރި ބޮޑު ނުރައްކަލެއް.

  2. ހަބޭސް

    ނަޝީދަކީ އަބަދުވެސް ބޭރުގެ ފަރާތްތަކުގެ އެހީއާއި މަދަދު ހޯދައިގެން ވެރިކަނ ްކުރަން ބޭނުންވާމީހެއް ނަޝީދު ޤަބޫލުކުރާގޮތުގައި މިގައުމުން ދިވެހިންހުސްކޮށް އިނގިރޭސިން ވަޒަންވެރިކޮށްގެންވެސް މިގައުމުގެ ވެރިކަން އޭނާއަށް ކުރެވެން ޖެހޭނެ

  3. މުހައްމަދު

    ގައުމު ފުޑާލާކަށް ތިޔަ ޙާއިނުންނަށް އަހަރުމެން ދިވެހި ރައްޔިތުން ހަމަ ހޭގާތިބެގެން ނުދޭނަމެވެ.

  4. އެއު

    މާތްﷲ އިރާދަކުރެއްވިއްޔާ މިފަހަރުވެސް ކާމިޔާބުކުރައްވާނީ ރައީސް ޔާމީނެވެ. މާތްﷲ އިރާދަކުރެއްވިއްޔާ އެމްޑީޕީން ޖެހޭނީ އަބަދުވެސް އިންތިޒާރުގައި ތިބޭށެވެ.

  5. ނަޒޫ

    މަދަދާއި އެހީތެރިކަން ވެދެއްވާ ފަރާތް ތި ބުނާ މީހަކަށް ނޭގެނީކަންނޭގެ. ﷲ ވޮޑިގެންވާ ކަމަށް ޤަބޫލު ނުކުރާމީހާ އަށް ކިޔޭނުކިޔޭ ނޭގޭނެ. ވާނުވާގަ ހުއްޓާ ރައީސް ޔާމީން އިންތިޚާބް ކާމިޔާބު ކުރައްވާނެ. އިންޝާ ﷲ 2018 ކާމިޔާބުވާނެ. ރައީސް ޔާމީންއަށް.

  6. ޝާނާ

    ރައީސް ޔާމިން އަކީ ނަޝީދު ފަދަ ފިނޑި ފަހަތު ފަޔަށް ބުރަވެވަޑައި ގަންނަވާނެ ވެރިއެއްނޫންކަން އެނގުމުން ދެން ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެ ނަޝީދު ސުބްރަވީން ލައްވާ ޓްވީޓް ކުރިޔަސް އިންޑިޔާގެ އަސްކަރިއްޔާ އިން ރާއްޖޭގެ އަސްކަރިއްޔާ އަށް ލޮޅުމެއްދީފާނެ ކަމަށް ޤަބޫލެއް ނުކުރަން

  7. ޑާޑާޑާޑާ

    އިބޫގެ ތަޖްރިބާ އިން އާބާބެއް ނުފެށޭނެ ކަން އެއީ ކަށަވަރުވެ ޔަގީންވާ ކަމެކޭ ސަބަބަކީ އިބޫ އަކީ އެއީ ސަރުކާރުގައި އުޅުނު މީހެއް ނޫން ދުވަހަކު ވެސް އަދި އިބޫ އެބުނާ ޖަޒީރާ ކޮންސެޕްޓް އަކީ ދިވެހިން ތަޖްރިބާ ކޮށް ފެއިލް ވެފައިވާ ނިޒާމް އެކޭ އެނިޒާމް ރާއްޖެ އަށް އެޕްލައި ކޮށްގެން ރާއްޖެ އަށް ވާނީ ގްރީކް އަށް ދިމާވި ގޮތޭ ކަން މިހެން ހުރުމުން މިހާރު އިބޫ ކޮންމެ ރަށަކަށް އަރާ އެވަމުން ދާ ދޮގު ވައުދު ތަކަކީ އެއީ ބްލޭންކް ސްޕޭސް ތަކެކޭ އެއީ ކަނޑުގައި އަޅާލާ ރޮނގު ތަކެކޭ އެއިން އެއްވެސް ކަމެއް ނުވާނެއޭ ކެނެރީގެ ނަޝީދު ނޫންތޭ ޑޮލަރު އަގު ބޮޑު ނުކުރާނަމޭ ކިޔާ ވެރިކަމަށް އައިސް ޑޮލަރު އަގު ބޮޑު ކުރީ ޑޯންޓް ޔޫ ނޯ ދިސް އައި ކާންޓް ޓޭކް ދިސް ސްޓަފް ނޯމޯރ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާ ޑާޑާ ޑާޑާ ޑޯންޓް ބީ ޑޯންޓް ބީ ޑޯންޓް ބީ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާ ޑާޑާ ޑާޑާ ޑާޑާ...

  8. ނުޢައިމު

    މިމީހާގެ ބާރެއް ދެން އަތުވެއްޖެނަމަ ވާނޭގޮތް ވަރަށް ސާފްކޮށް ދިވެހިރައްޔިތުންނަށް މިދަނީ ހާމަކޮށް ﷲާ ސުބުޙާނަހޫވަތަޢާލާ ދައްކަވަމުންނެވެ. ޢިބްރަތް ލިބިގަންނާނީ ބުއްދީގެ އަހުލުވެރިންނެވެ.

  9. ރިޒާ

    އެއްގޮތަކަށްވެސް ނުފެނޭ

  10. އަހްމަދު

    ނުރައްކަލެއްނޫން. ބޮޑު ބަލާއެއް، ނުފޮރޮއްޕާނެއް. ނަޝީދު މިޤައުމަކަށް ރައްޔިތަކަށް ހެވެއްނޭދޭނެ. އެމްޑީޕީ މީހުން އެބަޖެހޭ މިކަން ވަރަށް ރަނގަޅަށް ދަންނަން.

  11. ނިޔާޒް

    ނަޝީދުއަކީ އިސްލާމްދީނަށާއި އަހަރެމެންގެ ގައުމަށް ހުރި ބޮޑު ނުރައްކަލެއް.%100ރަގަލޫވާހަކައެއް

  12. ލައިލާ

    މާތްﷲ އިރާދަކުރެއްވިއްޔާ މިފަހަރުވެސް ކާމިޔާބުކުރައްވާނީ ރައީސް ޔާމީނެވެ

  13. ސްކޯރޕިއަން

    ރައީސް ނަޝީދު، ވަރަށް އާދަޔާޚިލާފު ވިސްނުމެއް ގެންގުޅުއްވާ އަދިހުރިހާ ދީނަކަށް އިޙްތިރާމްކުރައްވާ އެދީންތަކުން ދީނެއް ދިވެހި ރައްޔިތަކު އިޚްތިޔާރު ކޮށްފިނަމަ އެކަންވެސް ކުރެވެންޖެހޭ ކަމަށް ވަކާލާތު ކުރައްވާބޭފުޅެއް. ކޮންމެއަކަސް ނަޝީދުގެ ޕޮޕިއުލަރިޓީ ބޭރު ޤައުމުތަކުގައި ފެށުނީ އިސްލާމްދީނާއި އެހެނިހެން ދީންތަކާ އަޅުވާ ބޭރުގެ އެކިގަލްސާތަކުގައި ދެކެވިފައިވާ ވާހަކަތަކުން. ހިތާމަޔަކީ ނަޝީދުގެ ވިސްނުން މިގޮތަށް ހުރުމުން ނަޝީދަށް ބޭރު ޤައުމެއްގެ އަސްކަރީ ބާރާއެކުވެސް ވެރިކަން ބޭނުންވޭ! ރައީސް ނަޝީދަކީ ޙައްޤަށް ލޯބިކުރައްވާ ޤާނޫނާއި ވަރަށް ބީރައްޓެހި ބޭފުޅެއް. މިއަދު މިއޮތީ މިދިވެހި ޤައުމު ބޭރުޤައުމެއްގެ އަޅުވެތިކަމުގެ ދަށަށް ދޫކޮށްލާފަ ނަޝީދު ވެރިކަމުގެ ތަޚްތަށް އަންނަން ނިންމަވައި ޢިޢްލާން ކުރައްވާ! މިއީ މި ދިވެހިމިނިވަން ޤައުމުގެ މިނިވަންކަން ގެއްލުވާލުމަށް ދިވެހި ދަރިޔަކު ފުރުސަތުދިނުމާ މެދު ވިސްނަންޖެހޭ ވަގުތެއް! އެމްޑީޕީގެ މައިތަނބު ނަޝީދަކީ މިޤައުމުގެ މިނިވަންކަން ވިއްކާލާ އިސްލާމްދީނަށް ހުރި ނުރައްކަލެއް.

  14. ފުތާ

    މިޤައުމަށް ޖެހިފަހުރި ބޮޑު މުސީބާތެއް ތީ

  15. Anonymous

    ބެެބެ

  16. ޔޫތު

    އަންނިއަކީ އަބަދުވެސް ޤަޢުމުގެއަދުއްވެ އޭނާބޭނުންވާނީ ކޮންމެގޮތެއްހަދައިގެންވެސް ވެރިކަން'

  17. ހަސްނުވޭ

    ނަށީދަކީ އަބަދުވެސް މިރާްއްޖެއަށް ދެރަދޭން އުޅޭމީހެއް