އެސްއޯ ފުލުހުންތަކެއް – ވަގުތު އިމޭޖްސް: ހުސައިން ސިނާން (ނާނު)
އެސްއޯ ފުލުހުންތަކެއް – ވަގުތު އިމޭޖްސް: ހުސައިން ސިނާން (ނާނު)

އިދިކޮޅު ފަރާތްތަކުން ފެބްރުއަރީ 01 ވަނަ ދުވަހުން ފެށިގެން މާޗް 02 ވަނަ ދުވަހާއި ހަމައަށް އެކި ދުވަސްތަކުގައި ހުރި މުޒާހަރާތަކުން ހައްޔަރު ކުރީ 48 މީހުން ކަމަށާއި ނަމަވެސް މިހާރު ފުލުހުންގެ ބަންދުގައި ހުރީ އެންމެ މީހެއް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މުޒާހަރާތަކުން ހައްޔަރު ކުރި މީހުންގެ ތެރެއިން ފުލުހުންގެ ބަންދުގައި ހުރީ އެންމެ މީހެއް ކަމަށް ފުލުހުން ވިދާޅުވެފައި ވާއިރު އެމެރިކާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިއްޔެ ވިދާޅުވެފައި ވަނީ އަދަދު ނޭނގޭ ވަރަށް މުޒާހަރާތަކުން މީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ މުޒާހަރާގެ ތެރެއިން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި 48 މީހަކު ހައްޔަރު ކުރީ ފުލުހުންގެ ވާޖިބު އަދާކުރުމުގެ ގޮތުން ކަމަށާއި އޭގެތެރެއިން 47 މީހުން ދޫކޮށްލާފައިވާ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ 31 މީހަކު އަދިވެސް ހައްޔަރުކޮށްފައި އެބަތިބި ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ސިޔާސީ ލީޑަރުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު މިނިވަން ކުރަން ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި މުޒާހަރާ ކުރާތާ ހަތަރު ހަފުތާ ވީއިރު، ފުލުހުންގެ ފަރާތުން އަނިޔާވެރި މަންޒަރުތަކެއް ފެންނަމުންދާ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހައްޔަރުކޮއްގެންވެސް ތިމީހުން މައިތިރިކުރޭ ފިހާރަތަކުން ވިޔަފާރިއެއްވެސް ވަނީކީނޫނޭ. ތިރީދުލޭ މެނާ ހެދިގެން ތި ތާގަ އެބައން މި އިމާރާތުގެ ވެރިމީހާ ނިކަން މި ހުލި ކޮއްދީބަލަ އިހްލާސްތެރިނަމަ އޭރުން މަވެސް ތިކަން ދެކޭނަމޭ

  2. ސާބާސް.

  3. މިކަން ނުނިމޭނެ ސިފައިންގެ ބޫޓު ހުސްވިޔަސް ވައި ހުސްވިޔަސް މީހާ ގިރުނަސް! އަނބިން ކައިރިއަށް ނުވަދެ ޔާމީނު ހިމާޔަތް ކުރަން ހުރޭ!