މާލޭގައި ރޭ ހިންގި މާރާމާރީގައި ޒަހަމްކޮށްލި ޒުވާނާގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ކޯރާޑިއަކުން ހަމަލާދީ ޒުވާނަކު ރޭ ޒަހަމް ކޮށްލީ އިސްކަންދަރު ސްކޫލު ފުރަގަހުން އޮންނަ ޕިރާޒީ ގޯޅި ތެރޭގައެވެ. އެ މާރާމާރީ ހިންގާފައި ވަނީ ރޭ 21:30 ހާއިރު އެވެ،

ޒަހަމްވި ޒުވާނާ އަށް ފަރުވާ ދެމުން ގެންދަނީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައެވެ. އޭނާގެ ސިކުނޑި އަށް ވެސް ވަނީ ގެއްލުން ލިބިފައި ކަމަށް މައުލޫމާތު ލިބެއެވެ.

އޭނާގެ ހާލަތާއި ބެހޭ ތަފްސީލެއް އޭޑީކޭ ހޮސްޕިޓަލުން ނުދެއެވެ. ނަމަވެސް އޭޑީކޭ ހޮސްޕިޓަލުން ވިދާޅުވީ ޒަހަމްވި ޒުވާނާގެ އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށާއި އޭނާގެ ހާލު އަންނަނީ ރަނގަޅު ވަމުން ކަމަށެވެ.

ޒުވާނާ އަށް ހަމަލާ ދީފައި ވަނީ ހައެއްކަ މީހުންގެ ގްރޫޕަކުންނެވެ. އެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. ނަމަވެސް މައްސަލަ ގެންދަނީ ތަޙްޤީޤު ކުރަމުންނެވެ.

މާލޭގައި ރޭ މާރާމާރިއެއް މިހިންގީ މާރާމާރީތައް ނުހިނގާ އޮންނަތާ ދުވަސްތަކެއް ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މާލޭމީހާ

    އަޅެފަހެ މިނޫން ދުވަހެއް މިރާއްޖެއިން ފެންނާނެބާއޭ ހިތަށް އަރާ! މާރާމާރީއެއް ނުހިނގާ މަހެއް ނުދޭ. މާލޭގައި އުޅެން ވިސްނާނަމަ ހުރިހާ އެންމެންވެސް ކޮންމެވެސް ގޭންގަކާ ގުޅުންބާއްވާ:( ސޯ ސޭޑް، މުޅި މާލެވަނީ ގޭންގުތަކުގެ އަތްދަށުގަ.

  2. ތަހުގީގު

    ތަހުގީގު. މިބަސް މިހާރު މުސްކުޅި ހަރުބަހަކަށް ވެއްޖެ.

  3. ޙަފްޞާ / މާލެ

    ކޮންމެ އިންތިޚާބަކާދިމާކޮށް މާލެއާއި ރަށްތަކުގައި މާރާމާރީ ހިންގާ ޤަތުލުޢާއްމުތައް ހިންގުމަކީ އާކަމެއް ނޫނެވެ. ތަންތަން ހުޅުޖަހާ ، ތަންތަނަށް ކަޅުތެޔޮޖަހާ ޢާއްމުންގެ މުދަލަށް ގެއްލުންދިނުމަކީ އާކަމެއްނޫނެވެ. މިއީ އެއްބަޔަކު ރާވާގެން ހިންގާ ޖަރީމާއެވެ. މާޟީއަށް ބަލާއިރު އެއީ ކޮންބައެއްގެ ރޭވުމެއްކަން އެއްވެސް ދިވެއްސަކަށް އޮޅިފައެއް ނެތެވެ.

  4. މަ

    ތި މީހަކު އޭޑީކޭ އަށް ދިޔައިރު މަ އރ ގައި ހުރިން.
    ތިބައިގނޑު އޭޑީކޭ އަށް ވަދެގެން އައިއިރު ހީވީ ޒަލްޒަލާ އެއް އައިސްގެން އުޅޭހެން. މިތާމީހަކުވެސް ނެތީހޭ ކިޔާހަޅޭލެވި އަޑުއިވޭ އެކަމަކު އަދި އރ އަށް ނުވަދެވޭ. އެހަޅޭކުގެ އަޑަށް އރ ގެ ދޮރު ހުޅުވައި ބޯދިއްކޮށް ބަލައިލި މީހާވެސް ސިއްސައިގެން ދިޔަކަހަލަ. އިރު ކޮޅެއްނުވެ މިބައިގަނޑު ވަދެގެންފި. އޭގެތެރޭގައި ބޮލުގެ ފުއްކިބައިގައި ލެއިން ތައްތެޅިފައިން މީހަކު އިން. މުޅި އރ ހުއޓުމަކަށް އައި ކަހަލަ. އެވަގުތު އަހަރެންގެ ކަންތައް ނިމްމަން ޑރކު މައެތަނުން ރޫމަކަށް ވައްދައިފީ. ނިމިގެން އރ ން ނިކުއްއިރުވެސް އެތާބޭރުގައި މިބައިގަނޑު އުޅޭ. މުޅި ހޮސްޕިޓާ ސުކޫތެއް އައިސް އުޅޭކަހަލަ. ކައުން ޓަރުގައި ތިބި މުވައްޒިފުންވެސް ބިރުން ތިބިކަހަލަ.