(ލ.މާބައިދޫ) އެމްޑީޕީ މީހުންވެސް މިފަހަރު ވޯޓް ދޭނީ ރައީސް ޔާމީންއަށް ކަމުގައި ރައީސް ޔާމީންގެ އިންތިޚާބީ ބައިވެރިޔާ ޑރ މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ލާމު އަތޮޅަށް މިހާރު ކުރަމުންދާ ކެންޕެއިން ދަތުރުފުޅުގައި އެއަތޮޅު މާބައިދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ޝަހީމް ވިދާޅުވީ ކަންބޮޑުވެ ހާސްވެ ވަޑައިނުގަތުމަށާއި އެމްޑީޕީ މީހުންވެސް މިފަހަރު ވޯޓް ދެއްވާނީ ރައީސް ޔާމީންއަށް ކަމަށެވެ.

ޑރ. ޝަހީމް، މާބައިދޫ ރައްޔިތުންނާ މުހާތަބުކޮށް ވާހަކަފުޅު ދައްކަވަނީ

"ދަންނަވަންތޯ! އެމްޑީޕީ މީހާވެސް ވޯޓް ދެއްވާނީ ރައީސް ޔަމީނަށް ބައްލަވާ. އެހެންވީމަ އަޅުގަނޑުމެން މާޔޫސްވެ ވާހަކަ ދައްކަވާނެ ކަމެއް ނެތް." ޑރ ޝަހީމް ވިދާޅުވިއެވެ.

މާބައިދޫގައި ޑރ. ޝަހީމް ބައިވެރިވެވަޑައިގެންނެވި ޖަލްސާގެ ތެރެއިން

ޝަހީމް އިތުރަށް ވިދާޅުވީ، މިއީ ހިތްމަތާއި އަޒުމުގައި އެންމެން ގުޅިގެން އެކަތިގަނޑަށްވެގެން ޤައުމައިގެން ކުރިޔަށް ދާންވީ ވަގުތު ކަމުގައެވެ. އަދި މާބައިދޫގައި ރައީސް ޔާމީންއަށް އޮތް ތާޢީދު ފެނި ވަޑައިގެންފި ކަމަށާއި މާބައިދޫގައި އިތުރަށް ކުރައްވާނެ ކެންޕެއިންއެއް ނެތް ކަމަށް ޑރ ޝަހީމް ވިދާޅުވިއެވެ. އަދި ޝަހީމްވަނީ އެބޭފުޅުން ދެއްވާ އެއްބާރު ލެއްވުމަށް ޝުކުރު އަދާ ކުރައްވާފައެވެ.

ޑރ. ޝަހީމް، މާބައިދޫ ރައްޔިތުންނާ މުހާތަބުކޮށް ވާހަކަފުޅު ދައްކަވަނީ

"އަޅުގަނޑު ދަންނަވާނީ މިރަށުގަ ދެން އަޅުގަނޑު ކުރައްވާނެ ކެންޕެއިންއެއް ނެތޭ." ޑރ ޝަހީމް ވިދާޅުވިއެވެ.

ޑރ ޝަހީމް ވިދާޅުވީ ރާއްޖޭގެ މިއަދުގެ ޙާލަތަށް ބަލާ، ރާއްޖޭގެ ވެރިކަމުގައި ހުންނަވަން ޖެހޭނީ ވަރުގަދަ ޝަޚްސިއްޔަތެއް ކަމަށާއި ދެމީހަކު ނިކުމެ އިސްތިޢުފާއަށް ގޮވާއިރަށް އިސްތިޢުފާ ދޭ ވެރިއަކަށް މިޤައުމުގެ ވެރިކަން ހަވާލު ކުރަން ހެޔޮ ނުވާނެ ކަމަށެވެ. މީގެ އިތުރުން ޝަހީމް ވިދާޅުވީ ވަކި ބަޔަކު ވެރި ކަމަށް ގެންނަން ޤައުމުގައި އޮތް އަމާން ކަން ނަގާލަން ނުޖެހޭ ކަމަށެވެ. އަދި ވިދާޅުވީ މިއަދު މިޤައުމުގައި އޮތް ސަރުކާރަކީ ސާބިތު ސަރުކާރެއް ކަމަށާއި މިސަރުކާރުގައި ތިއްބެވީ ޢިލްމީ ޤާބިލު ބޭފުޅުން ކަމަށެވެ. މިހެން ކަމުން މިސަރުކާރު ދެވަނަ ދައުރަކަށް އިންތިޚާބުކޮށް ސަރުކާރު ދަމަހައްޓަން ޖެހޭ ކަމަށް ޝަހީމް ވިދާޅުވިއެވެ.

މާބައިދޫ ރައްޔިތުންނާއެކި ޑރ. ޝަހީމް

ޑރ ޝަހީމް ލާމު އަތޮޅަށް ކުރައްވަވާ ދަތުރުފުޅުގައި މިއަދުވަނީ އެއަތޮޅު މުންޑޫ އަދި ދަނބިދޫ އަށް ވަޑައިގެންފައެވެ. އެ ދެރަށުންވެސް ޑރ ޝަހީމްއަށް ބޮޑު ތަރުޙީބެއް ލިބުނު އިރު، އެންމެ ގިނަ ބަޔަކު ޑރ ޝަހީމަށް މަރުޙަބާ ކިޔާފައިވަނީ މާބައިދޫއިންކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޒީނާ

    މާބޮޑައް ތިޔަ އިނގެނީ،

  2. މާހިރު

    ދޮންކަލޯ ތިއުޅެވެނީ ވަރަށް ފަހަތުގަ މިއޮޑިއެއްނުފެތޭނެ މިރާއްޖެއަކުން މިކުލާއެއް ނުފިލުވޭނެ ހައްގުމިންވަރު ހޯދައިދިން ...މަރުދުވަހައްވެސް ހަނދާން ބަހައްޓާތި މިހާރުވެސް މިއުފުލަނީ ޕީޕީ ދިދަ ދެންއޮތީ ދިދަދެމުން ތިބޭޅާ ޖައްސަވާ ތިކަމެއްނުވާނެ...

  3. ރާޑޯ

    ތީ ޔަގީން ކަމެއް

  4. ކޯ

    ކަންތައް ވާނެ ގޮތް ދެނެވޮޑިގަތުން މޮޅީ ﷲسبحانه وتعالى

  5. ގުއި ނުދެކޭ ދިވެހިން

    ބަލަ ބަޔަކު ނޫޅޭ މޮޔަފުޅު ވެގެންނެެެެެއް އިނގޭތޯ........ ހަމަ ގައިމުވެސް އަހަރެންގެ ވޯޓެއް ނެދޭނަން.......... ވަރަށް ވާހަކަ

  6. ޟީނާ

    ތިހެން ވެއްޖެއްޔާ ސަހީމް މިފަހަރު ވޯޓުލާނީ އިބޫ ކަން ޔަގީން

  7. އަލްޖިބްރާ

    ކަލޭ މޮޔަވީތަ ؟

  8. ޢަލީ

    މި ލިޔުން ކިޔާލުުމުން އެނގުނީ އިންތިހާބު ކާމިޔާބު ނުވާނެކަމަށް ޕީ.ޕީ.އެމުން ނިންމައިފިކަން. ޢަދި އެކަމާ މާޔޫސްވެ އެވާހަކަ ދައްކާކަން. މިއީ ޝަހީމްގެ އިޢުތިރާފް.