(ލ.މުންޑޫ) ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ އިންތިޚާބީ ބައިވެރިޔާ ޑރ މުޙައްމަދު ޝަހީމް އަލީ ސަޢީދު މުންޑޫގެ ގޭގެޔަށް ވަޑައިގެން އެރަށުގެ ރައްޔިތުންގެ ހާލު ގާތުން ބައްލަވައިފިއެވެ.

މިހާރު ލ.އަތޮޅަށް ކުރައްވަމުން ގެންދަވާ ކެންޕެއިން ދަތުރުފުޅުގައި އެއަތޮޅު މުންޑޫއަށް ވަޑައިގަތުމުން އެރަށުން އެމަނިކުފާނަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

މުންޑޫގެ ގިނަ ގެތަކަށް ވަޑައިގެން ޝަހީމްވަނީ މުންޑޫގެ ރައްޔިތުންގެ ޝަކުވާތަކުގެ އަޑު އައްސަވާފައެވެ. އަދި އެޝަކުވާތަކަށް އަވަސް ހައްލެއް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނުވަނީ އެރަށު ޕީޕީއެމް ޖަހަގަ ހުޅުއްވާ ދެއްވާފައެވެ. މިރަށުގެ ޖަގަހަ ހުޅުވާދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ޑރ ޝަހީމް ވިދާޅުވީ، ރާއްޖެއަށް ތަރައްޤީ ގެނެވި ބޮޑެތި މަޝްރޫޢުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުން އެދަނީ ރައީސް ޔާމީން ވެރިކަމުގައި ހުުރުމުން ކަމަށާއި މި ތަރައްޤީ ކުރިޔަށް އޮތް ތަނުގައިވެސް ބޭނުން ނަމަ ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވަން ޖެހޭ ކަމަށެވެ.

މުންޑޫގައި ރައްވެހި ވެފައި ގާތްގަނޑަކަށް 200 މީހުން ތިބިނަމަވެސް އެރަށުގައި ދިރިއުޅެމުން ދަނީ މަދުބައެއްކަން ފާހަގަކޮށްލެވެއެވެ. ސުނާމީގެ ކާރިސާގައި އެރަށައް ލިބުނު ގެއްލުންތަކުގެ ސަބަބުން މުންޑޫގެ ގިނަ ރައްޔިތުންވަނީ އެއަތޮޅު ގަމަށް ބަދަލުކޮށްފައެވެ.

ޑރ ޝަހީމް ލާމު އަތޮޅަށް ކުރައްވަވާ ދަތުރުފުލުގައި ދެން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އެއަތޮޅު މާބައިދޫ އަށެވެ. މާބައިދޫއަކީ ޕީޕީއެމްއަށް ބޮޑު ތާޢީދެއް އޮންނަ ރަށެއްކަން ފާހަގަކޮށްލެއެވެ. މާބައިދޫއަށް ވަޑައިގަތުމަށްފަހު މިރޭ ފޮނަދޫގެ ކުރިގަމު އަވަށުގައި ހުންނަ ޕީޕީއެމްގެ ޖަގަހައެއް ޑރ ޝަހީމް ހުޅުވާދެއްވުމަށްވަނީ ނިންމަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު