ހދ.ނޮޅިވަރަމްގައި ހުކުރު ވިލޭރޭ ފަތިހު ދަން ޖެހިފައި ހުއްޓާ ފެނުނު ޝާހިދާ އަލީގެ ހަށިގަނޑު މިހާރު އޮތީ ގަލޮޅު މޯޗަރީގައި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޝާހިދާގެ ހަށިގަނޑު މޯޗަރީގައި ބާއްވާފައިވާ ކަމަށެވެ. ނަމަވެސް އިތުރު މައުލޫމާތެއް ފުލުހުން ނުދެއްވައެވެ.

ޝާހިދާގެ އާއިލާ މެންބަރަކު "ވަގުތަށް" މައުލޫމާތު ދެމުން ބުނީ ޝާހިދާގެ ޕޯސްޓްމޯޓަމެއް ހަދަން ފުލުހުން ނިންމާފައިވާ ކަމަށާއި ޕޯސްޓްމޯޓަމް ހެދުމަށް ޝާހިދާގެ ހަށިގަނޑު އިންޑިއާ އަށް ގެންދިއުމަށް ކުރަން ޖެހޭ ތައްޔާރީތައް ވަމުން އަންނަކަން ފުލުހުން ވަނީ އާއިލާ އަށް އަންގާފައެވެ.

ނަމަވެސް ޝާހިދާގެ ޕޯސްޓްމޯޓަމް ހެދުމާއި ގުޅޭ ގޮތުން ފުލުހުން މައުލޫމާތެއް ނުދެއްވައެވެ.

ޝާހިދާ ދަން ޖެހިފައި ހުއްޓާ ފެނުނު އިރު ވެސް އޭނާ އޮތީ މަރުވެފައެވެ. ބައެއް މީހުން ވަނީ ޝާހިދާ މަރުގެ ތުހުމަތު އޭނާގެ ފިރިމީހާގެ މައްޗަށް ކޮށްފައެވެ.

ޝާހިދާ ދަން ޖެހިފައި ހުއްޓާ ފެނުނީ ގޭގެ ގިފިލީގައެވެ. ގިފިލީގެ ފުރާޅުގައި ވާގަނޑެއް އައްސައިގެން ދަން ޖެހިފައި ހުރިއިރު ވާގަނޑު އައްސާފައި ވަނީ 12 ވަރަކަށް ފޫޓް އުހުގައެވެ. ޝާހިދާ އަށް އެހައި އުހުގައި ވާގަނޑު އެއްސިދާނެ ތޯ ބައެއް މީހުން ސުވާލު އުފައްދައެވެ. އެސަރަހައްދުގައި ގޮނޑިއެއް ފަދަ އެއްވެސް އެއްޗެއް ވެސް ނެތް ކަމަށް ވެއެވެ.

ޝާހިދާގެ ހަށިގަނޑު ފެނުމާއި އެކު ޝާހިދާގެ ހަށިގަނޑު ސިއްހީ މަރުކަޒަށް ގެންދިޔައީ ވެސް ޝާހިދާގެ ފިރިމީހާ ކަމަށް ވެއެވެ. "ވަގުތަށް" މައުލޫމާތު ދިން މީހަކު ބުނީ ޝާހިދާގެ ހަށިގަނޑު ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައެވެ. ޑޮކްޓަރު ފުރަތަމަ ވެސް ވަނީ ޝާހިދާގެ މަރުވި ކަމަށް ބުނާ ގަޑިއާއި މެދު ސުވާލު އުފައްދާފައި ކަމަށް ވެއެވެ.

"ޑޮކްޓަރު ވިދާޅުވި ކަމަށްވޭ ޝާހިދާ މަރުވި ކަމަށް ފިރިމީހާ ބުނި ގަޑިއަށް ވުރެ ގިނައިރު ޝާހިދާ މަރުވެފައި އޮންނަތާ ވެދާނެ ކަމަށް." މައުލޫމާތު ދިން މީހާ ބުންޏެވެ.

ޝާހިދާގެ މަރާއި ގުޅޭ ގޮތުން ފުލުހުން ޝާހިދާގެ ފިރިމީހާ އާއި ސުވާލު ކުރި ނަމަވެސް އޭނާ ހުރީ ހައްޔަރުކޮށްފައެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަހުމަދު

    ގައުމުގެ ހާލަތު

  2. ޖިހާދު

    މިފަދަ ކޮންމެކަމެއްގަވެސް ޕޮލިހުން ކިހާސަޅި ހިދުމަތް މި މާހުން ގެ އަގު ވައްޓާނުލާ

    • ދެކުނުތަރި

      ކިޔާމޮޅު، ރިލްވާން ގެއްލުވާލުމުގަ ބައިވެރިވަފަ، އެކަން ވަޅުޖައްސުވާފަ، އަފްރާޝީމްގެ މަރުވެވެސް އަމިއްލަޔަށް ކުޅުވާފަ، ކަމާނުބެހޭ ބަޔަކު ގޮޅިއަށް ފައްތާފަ، ވަރަށްމޮޅު

  3. ގޮމަގޮމަ

    އެމީހުންގެ އަގު ވައްޓަނީއެމީހުން އަމިއްލައައް

  4. ފުލުސް ?

    އަހަރުމެންނަށް އެއްޗެހި ނުކިޔާ. އެެންމެފަހުން

    އެހީއަށް އެދެން ޖެހޭނީ އަހަރުމެން ކައިރިން.

  5. ޟަމީރު

    ކޮންމެކަމެއް ޤައުމަށް

  6. ސުހާ

    މީދެން ކިހާ ދެރެކަމެއް..ގައުމުގެ ހާލަތުއެމީހުންގެ އަގު ވައްޓަނީއެމީހުން އަމިއްލައައް...

  7. އަލީ އަހުމަދު

    ޕޯސްޓް މޯޓަމްވެސް އަމިއްލައަށް ހަދާނުލެވޭ... އިންޑިޔާގައި ހެދުމުން ގައުމުގެ އިސްތިގުލާލާއި ސިޔާދަތަށް ވާނީ ކިހިނެތްބާ؟

    އަދުރޭ ފޯ ޕުރެސިޑެންޓް.... 2018 އަހަރެން ބޭނުމީ އަދުރޭ އަރަށް... ޔާމީނު ކަޑަ...
    އަދުރޭ ގަދައީ...