ޕީޕީއެމް ބައެއް މެންބަރުން ޖުމްހޫރީ ޕާޓީ އަށް ގެންދަން އާދޭސް ކުރަމުންދާ ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖަރުމަނުވިލާތުން ހިމާޔަތް ހޯއްދަވައިގެން ހުންނެވި ގާސިމް މިހެން ވިދާޅުވީ ރޭ ވީޓީވީ އަށް ދެއްވި އިންޓަވިއުއެއްގައެވެ.

ގާސިމު ވިދާޅުވީ އިސްލާހީ ހަރަކާތްތަކާ އެމަނިކުފާނު ދުރުވެއްޖެ ކަމަށް ވިދާޅުވެ ޕީޕީއެމްގެ ބައެއް ބޭފުޅުން ދައްކަވަމުން ގެންދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.

ގާސިމް އިބްރާހިމް ވިދާޅުވީ، އެމަނިކުފާނާ ބެހޭގޮތުން ދޮގު ވާހަކަތައް ފަތުރަމުންގެންދަވާ ވެރިކަން ކުރާ ޕީޕީއެމް ގެ މެންބަރުން ކަމަށްވާ އަބްދުއްރަހީމާއި، ނިހާނާއި، ޚަލީލު އަދި އަލީ އާރިފް އަކީ ރައީސް ޔާމީން ގެންގުޅުއްވާ "ތާޅަފިލިތަކެއް" ކަމަށެވެ.

"ރައީސް ޔާމީންގެ އުނދަގޫ ބޮޑުވެގެން އެބޭޕުޅުން އަޅުގަނޑު ގާތު ކިޔާތާ ކިތަންމެ ދުވަހެއް. ޔާމީނުގެ އުނދަގޫ ބޮޑުކަމުން، އުޅެވޭ ވަރެއްނުވެޔޭ، މިއީ އުޅެވޭވަރު ތަނެއްނޫނޭ، ޖޭޕީއަށް ގެންދެބަލާށޭ ކިޔާތާ ކިތަންމެ ދުވަހެއް. ގާސިމަށް އެއްޗެއްހި ކިޔުއްވަނީ ކިޔާށޭ ބުނެގެންނޭ، ތިމަންނާމެން ބޭނުންވެގެންނެއް ނޫނޭ" ގާސިމް ވިދާޅުވިއެވެ.

" އެބޭފުޅުނަކީ ތާޅަފިލިތަކެއް. އެއީ ތެދު ވާހަކައެއްނޫން، އަދުރޭ ދައްކާ ވާހަކަ ކުޑަކުއްޖެއްވެސް ގަބޫލެއް ނުކުރާނެ" ގާސިމް އިބްރާހިމް ވިދާޅުވިއެވެ.

ގާސިމް އިސްވެހުރެ ވެރިކަން ވައްޓާލަން އުޅުނު ކަމަށާއި، އެކަމުގެ އަޑީގައި ހުންނެވީ ގާސިމް އިބްރާހިމް ކަމަށް ވިދާޅުވެ މިނިސްޓަރ ތޯރިގު ދައްކަވާ ވާހަކަތަކާ ގުޅިގެން ގާސިމް ވިދާޅުވީ "އަޑީގައި ހުރެގެން ބޮޑެތި ކަންތައްތަކެއް ނުކުރެވޭނޭ ކަމަށާއި، ބޮޑެތި ކަންތައްތައް ކުރެވޭނީ އުހުގައި ހުރެގެން " ކަމަށެވެ.

ގާސިމު ވިދާޅުވީ ސަރުކާރުން އެމަނިކުފާނުގެ ހުރިހާ ދަރިން ޖަލަށްލައި، ވިޔަފާރި ހަލާކުކޮށްލިޔަސް، އެއީ ރާވައިގެން ކުރާ ކަމެއްކަން އެންމެންނަށް ވެސް އެނގޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޜަސީދު

    މަގެ ކައިރީ ގާސިމު އާދެސް ކުރި ޖެޕީއައް ވަންނައް

  2. ާާއަހުމަދު ހުސައިން

    ޢިރާދަކުރެއްވިއްޔާ އަދުރޭ މެން ނަށް ވާގޮތް ބަލަން މިތިބީ.

  3. ކީއްވެތޭ

    އައިޓީބީ ފެއާއަށް ދާން އުޅުނު ބައެއް ދިވެހިންނަށް ޖަރުމަނު ވިސާއެއް ނުދިނުމުގައި އެމެން ބެލި މިންގަނޑަކީ އެއީ ދިވެހިރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށް ފައި އޮތުން ކަމަށް އެމެން ބުނާނަމަ ޖަރުމަނާއި ރާއްޖެ އާއި ދެމެދު ވެފައިވާ ބައިލެޓްރަލް ރިލޭޝަންޝިޕް އެެއްބަސްވުމުގައި ނޯންނާނެއޭ ބުނެފައި އެއް ގައުމުން އަނެއް ގައުމުގެ ދާޚިލީ ކަންކަމާއި ބެހެން. ތިޔާ ފެބް އެކެއް އައި ފަހުން ވެސް މާލޭގައި ޖަރުމަނު ކިތައް ގެސްޓުން އައިސް ގްރީން ޒޯން ގައި އުޅެފައި އުފަލުން މާލޭން އެސްޓީއޯ ޕީޕަލްސް ޗޮއިސް އަށް ވަދެ ބާޒާރު ކޮށްގެން ގޮސް ފައި އެބަހުރި ނޫންތޭ. ޖަރުމަނަށް ވެސް ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެެރެއަށް ބޭނިގަންނާން ނޯންނާނެއޭ އެއްވެސް ހައިސިއްޔަތެއް އަދި މަމެން ގެ ގައުމުގައި މަމެންގެ ހާކިމާ އިއުލާން ކޮށް ފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން ޖަރުމަނަށް ނުވެސް އެންގޭނެއޭ އެކަމާއި ގުޅިގެން ދިވެހި ވިޔަފާރި ވެރިން ތަކެއް ޖަރުމަނަށް ވިޔަފާރި ކުރަން ދާތީވެ ޖަރުމަނަށް އޭގެ ފައިދާ ބޮޑީ.

  4. ގާސިމް

    ތިޔަމީހާވެއްޖެ މައިތިރި ކުރަން އެރިކަން ބަދައް ވާހެން ރިޒޯޓްތަކުގެ އޯނަރުންވެސް ބަދަލްކުރަންވީ މި ވީހާދުވަހު އުހުގަހުރި ކަންކަން މިހާރު ކަމަކު ނުދިޔަ މި ދެން ކާކު ގައުމޭ ދީނޭ ކިޔަން ކާފަރުންގެ ހިމާޔަތް ހޯދައިގެން ހުރެ.

  5. ޑޭންޖުރެސް

    އައިޓީބީ ފެއަރ އަށް ދާން ދިވެހިން ވިސާ ނަގަން ޖަރުމަނު އެމްބަސީ އަށް ދިޔައީ އެއީ ހިލޭ ސާބަހަށް ޖަރުމަނުގެ ޚަރަދު ގައި ޖަރުމަނަށް ދާން ނޫނޭ އެއީ ދިވެހި ވިޔަފާރި ވެރިން ތަކެއް ޖަރުމަނަށް ދާން ވެގެން އެމެންގެ އަމިއްލަ ޚަރަދު ގައި ކުރަން އުޅުނު ކަމެކޭ މީގެ ސަބަބުން ބޮޑަށް ފައިދާ ވާނީ ޖަރުމަނުގެ އިގްތިސާދަށޭ ދެން އެހެންވީއިރުން މިގައުމުގެ ސަރުކާރުގެ ތެރޭގައި މިގައުމުގެ ރައީސް ގައުުމުގައި ވެރިކަން ސްމޫތް ކޮށް އޮމާން ކޮށް ކުރަން ވެގެން އަޅާ ފިޔަވަޅު ތަކުގެ ތެރެއަށް ޖަރުމަނުގެ އެމްބެސެޑަރު އަމިއްލަ އަށް މަތިން ބައިން ޖެހިގެން ބޭނިގަނެގެން އީގޯ ވެގެން ޖަރުމަނަށް ދާން އުޅުނު ދިވެހިންނަށް ވިސާ ނުދިނުން އެއީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ޚާރިޖީ ސިޔާސަތުގެ ހިސްޓްރީ ބްލެކް ކުރަން ވެގެން ޖަރުމަނުގެ އެމްބެސެޑަރު އޭނާ އަމިއްލަ އަށް އޭނާގެ ބާރާއި ނުފޫޒު ޖަރުމަނުގެ މައި ސަރުކާރުގެ ހުއްދަ އަކާއި ނުލައި އޭނާ ކުރާ ކަމެކޭ އެއީ ނުރައްކާތެރި ކަމެކޭ އިޓްސް ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް ހޭއް ޑޭންޖުރެސް.

  6. ޢަލީ

    ކަލޭ މިހާރު ތިހިރީ ބޯގޮވާފަ ބޮޑުބާޢީ

  7. ާއަދުރޭ

    ގެންދެބަލާށޭ އެބުނަނީ ޕޭކޮށްގެން ގެންދާ ވާހަކަ ކަމަށް ބެލެވޭ އެހެން ނޫނީ ގެންދާކަށް ނުޖެހޭނެ ދިޔައިމަ ނިމުނީ ގާސިމްވެސްދޯ މިހާރު ތިޔަ ދައްކަނީ އަދުރޭ ދައްކާ ކަހަލަ ވާހަކަ

  8. އިންތިފް

    ހަރާން ލާރިއިން ހޯދި ފައިސާތައް އަނބުރާ ދައުލަތައް ނެގެންޖެހޭނެ. އިންޑިއާގައިވެސް ވަރަށްފަހުން އެހެން ކަންތައްތައް ކޮށްފައިވޭ.

  9. ޙަސަދަ

    އޭ ކާސިމާ! މީހަކު ގޮސްފާނެހެން ހީވަންޏާ ކަލޭ އެމީހަކު ގެންދާނެ އަދި އާދޭސް ކޮށްގެން ރިޝްވަތުގެ މުޑުދާރު ާއމަލު ހިންގައިގެންވެސް އެމީހަކު ގެންދާނެ. ދުރުގަ އޮވެގެން ކޮންފެލުމެއް ފެލޭކަށް. އެކަކުވެސް ޕޕމ އިން ކަލެއަކާ ނުގުޅޭނެ.

  10. ބަލާތި

    އެއްކޮޅުން ޖަރުމަނުގައި މުސްލިމުންނާއި ދެކޮޅަށް ހަމަލާ ދިނުން ވަނީ އިތުރުވެފައޭ އަނެއް ކޮޅުން ޖަރުމަނު އައިޓީބީ އިންތިޒާމް ކުރާ ފަރާތުން ރާއްޖޭގެ އެތައް ވިޔަފާރި ވެރިން އަތުން ފައިސާ ނަފައިގެން އައިޓީ ބީ ފެއަރ އިންތިޒާމް ކޮށްފައި ވަނި ކޮށް ލަންކާ ގައި ހުންނަ ޖަރުމަނު އެމްބަސޭ ރާއްޖޭގެ ސަރުކާރާއި ވެސް މަޝްވަރާ ނުކޮށް ވަރަށް ޒިންމާ ދާރު ކަން ކުޑަ ގޮތަކަށް އިދިކޮޅުއެމްޑީޕީގައި އުޅޭ ރަންރީނދޫ ޓްވިޓަރޭ މެން ތައްޔާރު ކުރާ ފޭކް އީގޯ ވީޑިއޯސް ތަކެއް ބަލާ އެމެން ޖަޖް ކޮށްގެން ކަމާއި ނުވެސް ގުޅޭ ދިވެހި އަމިއްލަ ވިޔަފާރި ވެރިން އައިޓީބީ ފެއަރ އަށް ދާން އުޅެނި ކޮށް އެމެން ނަށް ވިސާ ނުދިނީ އެއީ ސީދާ ވިޔަފާރިވެރިންނާއި ސަރުކާރާއި ޖެއްސުމުގެ ނިޔަތުގައި އެމްބަސޭ އަމިއްލަ އަށް ކުރާ ކަމެއް ކަމަށް މަމެން ޝައްކު ކުރަމޭ މިކަމުގައި ރާއްޖޭގެ ފޮރިންގް މިނިސްޓަރަށް މިކަން ކަން ނޭގި އޮތީ އެއީ ކީއްވެތޭ ރާއްޖޭގެ ފޮރިންގް މިނިސްޓްރީ އަށް މިކަން ޖަރުމަނު އެމްބަސީން ނޭންގީ ކީއްވެތޭ. މީ ވަރަށް ބޮޑު މައްސަލަ އެކޭ.

  11. ދިވެއްސެއް

    ގާސިމޫ ކަލޭ ދައްކާ ވާހަކައެއް ކުޑަކުއްޖެއް ކީއްކުރަށް ދިވެހި ބިމުގަ އުޅޭ ކުރަތްޕެއްވެސް ގަބޫލު ނުކުރާނެ.