ކޯލިޝަނުގެ މެނިފެސްޓޯގައި އަސާސީ ޚިދުމަތްތައް ފުއްދައިދޭން ހިމަނާފައިވާނެ ކަމަށް އިއްތިހާދުގެ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހްގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ށ.ކަނޑިތީމަށް ވަޑައިގެން އެރަށުގައި ތިބި ސަޕޯޓަރުންނާއެކު ބޭއްވި ބައްދަލު ކުރެއްވުމުގައި ފައިސަލް ވިދާޅުވީ ކަނޑިތީމް ރައްޔިތުންނަށް ވެސް ބޭސް ފަރުވާ ލިބެން ޖެހޭނެ ކަމަށެވެ.

" ރަށްރަށަށް ވަޑައިގެން އެރަށް ރަށުގެ ހާލަތު އެނގިވަޑައިގެންނެވުން ހައިރާންވޭ. ފާއިތުވި ހަތަރު ވަރަކަށް އަހަރުގެ ތެރޭގައި އަސާސީ ހިދުމަތްތައް އޮތީ ވަޅުޖެހިފައި. އަޅުގަނޑުމެންގެ މެނިފެސްޓޯގައި އަސާސީ ޚިދުމަތްތައް ފުއްދައިދޭން ހިމަނާފައިވާނެ " ފައިސަލް ވިދާޅުވިއެވެ.

އިދިލޮޚު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް ގެ ރަނިންމޭޓް ފައިސަލް ނަސީމް, ށ. ކަނޑިތީމަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން - ފޮޓޯ: އެމްޑީޕީ ޓްވިޓާ

ފައިސަލް ވިދާޅުވީ ދިވެހި ރައްޔިތުން ތާ އަބަދު ސަލާން ޖަހައި މީހުންގެ މުށުތެރެއަށް ވެއްޓެން ނުޖެހޭ ކަމަށާއި އެކަމާއި ލަދުގަންނަކަމަށެވެ.

" ހަގީގަތުގައި ވެސް ކޮން ކަމެއް ބާއޭ ކޮށް ދެވުނީ. ސަރުކާރުން 20 ވަރަކަށް ދަނޑު އެއްކޮށް ހުޅުވާފައި ދަނޑު ހުޅުވީ ކަމަށް ބުންޏަސް އެއީ އެކަން ކުރެއްވުނީ އެއް ނޫން " ފައިސަލް ވިދާޅުވި އެވެ.

ފައިސަލް އިތުރަށް ވިދާޅުވީ ބަނދަރެއް ހުޅުވައިފިއްޔާ އެކަށީގެންވާ ގޮތެއްގައި އެ ބަނދަރު ބޭނުން ކުރެވެން ޖެހޭނެ ކަމަށާއި އެކަން ކަމަކީ މީހުންގެ ލޮލުގައި އަނދުން އަޅުވަން ކުރާ ކަމަކަށް ވެގެން ނުވާނެ ކަމަށެވެ.

އިދިލޮޚު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް ގެ ރަނިންމޭޓް ފައިސަލް ނަސީމް, ށ. ކަނޑިތީމަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން - ފޮޓޯ: އެމްޑީޕީ ޓްވިޓާ

ފައިސަލް ވިދާޅުވީ އަނިޔާވެރި ކަމަކީ އަލަށް އުފެދޭ ސަރުކާރުގައި ފެނިގެންދާނެ ކަމެއް ނޫން ކަމަށާއި ރައީސް މައުމޫނުގެ ކުށަކަށް ވެގެން އުޅެނީ ހެޔޮ ބަސް ވިދާޅުވުން ކަމަށެވެ. އަދި އެމަނިކުފާނަށް ވެސް ބޭސްފަރުވާ ލިބެންޖެހޭނެ ކަމަށާއި ބޭސްފަރުވާގެ ހައްގަކީ ކޮންމެ މީހަކަށް ލިބެންޖެހޭ ހައްގެއް ކަމަށެވެ.

"ދިވެހިރާއްޖޭގައި ރަންތިރީސް އަހަރަކު ވެރިކަން ކުރެއްވި ބޭފުޅަކުވަނީ ޖަލުގެ އަނިޔާގައި، ވަރަށް ބޮޑަށް އާލާސްކަންފުޅާ. އެހެންނަމަވެސް އަޅުގަނޑުމެންނަށް މިފެނިގެންދަނީ އެކަންތައްތަކާ ސަރުކާރަކުން ފުރަގަސް ދެމުންދާތަން. އަނިޔާގެ މައްޗަށް އިތުރަށް އަނިޔާވަމުންދާތަން" ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ލިބިގެންދާ ފުރުސަތަކީ އަނިޔާވެރިކަން ނިންމާ އަދުލު އިންސާފު އަލުން ޤާއިން ކުރުމަށް ލިބޭނެ ފުރުސަތެއް ކަމުގައެވެ. އެހެން ކަމުން ފުރުސަތުގެ ބޭނުން ހުރިހާ ފަރާތްތަކަކުންވެސް ހެޔޮގޮތުގައި ހިފުމަށް ފައިސަލް ގޮވާލެއްވިއެވެ.

އިދިލޮޚު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް ގެ ރަނިންމޭޓް ފައިސަލް ނަސީމް, ށ. ކަނޑިތީމަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން - ފޮޓޯ: އެމްޑީޕީ ޓްވިޓާ

"ގޯސް ހަދަމުން ހަދަމުން ގޮސް މިހާރު ރައްޔިތުންނަށް ބިރު ދައްކާފައި އޮތް މިންވަރުން ރައްޔިތުން ލާ ވޯޓުގެ ނަތީޖާ ނިކުންނާނެ ތޯ ސުވާލު އުފެދޭ މިންވަރަށް ކަންކަން ހިނގައްޖެ " ފައިސަލް ވިދާޅުވިއެވެ.

ފައިސަލް އިތުރަށް ވިދާޅުވީ އެއްވެސް ރަށެއް ބާކީ ނުކޮށް، ހުރިހާ ރަށަކުންވެސް ރައްޔިތުންނަށް ޚިދުމަތްތައް ލިބޭނެ މަގުފަހިކޮށްދެއްވާނެ ކަމަށާއި އަދި އެކަންކަން އެގޮތަށް ކުރެވޭނެ މަގުފަހިކޮށްދިނުމަށް ރައްޔިތުންނަށް ލިބިގެންދާ އެންމެ ރަނގަޅު ފުރުސަތަކީ ސެޕްޓެމްބަރ 23 ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުސޭނުބޭ

    ކަންތައްތައް ރަގަޅަށް ހިނގަހިނގާހުއްޓާ މަކަރުވެރިއެއްގެ ބަހަށް އިތުބާރުކޮށްފިނަމަ ދެން ދާނީ ގޯހުން ގޯހަށެވެ. އަހަރެމެން ކަލޭގެ ކޯޅޭޝަން ވަޢުދުތަކެއް ބޭނުމެއްނޫނެވެ. އިރާދަކުރެވިއްޔާ މިހާރުވެސް އަސާސީ ބޭނުންތައް ރަގަޅަށް ފުދެއެވެ.

  2. ކެކުރި

    ކޮބާ ފައިސަލް ހީވޭތަ ﷲގެ ރަހުމަތްފުޅުން ސައުދީ ސަރުކާރުން އިތުރު ކުރި ކޯޓާ ހައްޖަށްދިޔަ ޙައްޖުވެރިން ޙައްޖުގެ އަޅުކަން އަދާކޮށް ނިމިއްޖެ ފައިސަލް ބުނީމުދޯ "ކޮންކަމަކާހޭ ރައިސް ޔާމީނު ދޮގު ނުހަދާނީ ކޯޓާ އިތުރު ކުރިއްޔޭ ކަލޭމެން ޙައްޖަށް ފޮނުވަދެވޭނެޔޭ ކިޔައިގެންވެސް އެހަދަނީ ހުސްދޮގޭ" މިއަދި ކީކޭބަ ބުނަނީ ތިމަންނަމެންގެ ސަރުކަރެއްގައި އެވެރިން އަލުން ޙައްޖަށް ފޮނުވަދޭނަމޭ ނުބުނެފިއްޔާ ކިތަންމެހާވެސް ރަގަޅު
    އުމުރުން 50 އަހަރުފުރޭ ކޮންމެ ދިވެހި ރަޢިއްޔަތަކީވެސް ފަރުޟު ޙައްޖެއް އަދާކުރާނެ މީހެއްކަމުގައި ތިމަންނާމެންގެ ސަރުކާރުން ހަމަޖައްސާދޭނަމޭ ބުނެބަލަ ވަރަށް ގަޓު ހުރި ވަޢުދަކަށް ވާނެ

  3. ހަބޭސް

    މެނިފެސްޓޯއަކު ނުއޮވޭތަ އިބޫއަށް ވެރިކަން ލިބިއްޖެ ނަމަ ފައިސަލް ނައިބުކަމުން ދުރު ކުރަނެ ވަހަކައެއް ؟

  4. މޮޔަނުހައްދާ

    އަސާސީ ހިދުމަތުގެ ވާހަކަ ފެހިގާނޫނުގަ ލިޔެފައޮތީ މޑޕ ވެރިކަންކުރިއިރުވެސް.. ކީއްވެބާ އަސާސީ ހިދުމަތްނުދީ ފަޅުރައްތަ އެކުވެރިންނަބެހީ.. ކަޑިތީމުގެ ބަނދަރު މިސަރުކާރުން ހަދާނިންމީ އެތަން ބޭނުންކުރަނީ ކަޑިތީމު މީހުން.. އެމީހުންނަ ނޭގޭތަ ބަނދަރެހެދިކަން.. ކަޑިތީމުގެ ތަރައްގީއަށް މިސަރުކާރުން ކަމެއްކޮނުދީގެން ތިރަށުމީހުން ކޯލިޝަނަށްވޯޓުނުދޭނެ.. އެކަމަކު ތިއިން މީހެއްގެ ޖީބަށްލާދޭ ނޫޓަކަށް ވޯޓުދީފާނެ.. ގާސިމަކީ ނޫޓުބަހަށް ވަރަށް ފަރިތަމީހެއް.. ދެން މޑޕގެ ބޮނޑިބަތުގެ ސިހުރުޖެހިފަ ހުރިމީހަކު ވޯޓުދީފާނެ.. ރޔާމީން ނުކޮއްދޭ ކޮންކަމެ ފައިސަލުމެން ކޮއްދޭނެކަމަށްތަ މީހުން ވޯޓުދޭންވީ.. ޒާތީކަމެ ރޔާމީނާހުރިމީހުންނާ ކުއްވެރިން ދީފާނެ.. މައުމޫނާ ގާސިމާ ނަޝީދުއާ ނެތިން ކާހިތްކެޑިފަ އެއްވެސްމީހަކުނެތް.. އުފާތަކުން އެއްފަރާތެނުވޭ.. ރައްޔިތުމީހާ ކާހިތްކެޑިފަ އުފާތަކުން އެއްފަރާތްވެގެންއިނީ ރައްޔިތުމީހާގެ ރަށަށް ގައުމަށް ހިދުމަތްލިބުން މަދުވެގެން ނޫނީ ލަސްވެގެން.. ވީމާ މިކަމުގެ ފަރުވާއަކީ ރޔާމީނު.. މިފަރުވާ ހޯދަދެވޭނެ ގާބިލްކަންހުރީ ރޔާމީންގެ ކިބައިގަ.. ދޮޅުއަހަރަށް ގެންނަ ތައުލީމެ ތަޖުރިބާއެއްނެތް ބޯބުރާންތި ދެމީހަކަށް މިކަމެނުކުރެވޭނެ.. ކަލޭމެންނާ ހަވާލުކުރި މިޝަނަކީ ކުއްވެރިން މިނިވަންކުރުން.. މިނޫން އެއްވެސްކަމެނެތް..