ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުގައި ގެއްލިފައިވާ ފައިސާތަށް އަނބުރާ ހޯދުމަށް އެމްޑީޕީން ބައިވެރިވާ ސަރުކާރެއްގައި މަސައްކަތް ކުރުމަށް އެ ޕާޓީން ގަރާރެއް ފާސްކޮށްފި އެވެ.

މިއަދު ޗަންޕާ ސެންޓްރަލް ހޮޓަލުގައި ބޭއްވުނު މަޖިލީހުގައި ހިޔާނާތުގެ ފައިސާ ހޯދުމުގެ ގަރާރު ފާސްކޮށްފައިވަނީ ގައުމީ މަޖިލީހަށް ހާޒިރުވެތިއްބެވި 52 މެންބަރުންގެ އިއްތިފާގުންނެވެ. މި ގަރާރު ހުށަހެޅުއްވީ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒްއެވެ.

އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް - ވަގުތު އިމޭޖެސް: އަމީން ފަހުމީ

ޝިފާޒް ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު(އިބޫ) ގެ ސަރުކާރުގެ ފުރަތަމަ ދުވަހު ކުރެއްވުމަށް ވައުދުވެފައިވާ އެއްކަމަކީ މި ސަރުކާރުން ގެއްލުވާލައިފައިވާ ދިވެހި ރައްޔިތުންގެ ފައިސާ ހޯދުމުގެ މަސައްކަތް އަމަލީ ގޮތުން ފެށްޓެވުން ކަމަށެވެ. އަދި މި ގަރާރަކީ އެ ފައިސާ ހޯދުމަށް ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށާއި އެކަމަށް ބޭނުންވާ ފަންނީ މީހުން ހޯދައި ވަގަށް ނަގާފައިވާ ދައުލަތުގެ ފައިސާ ހޯދުމަށް އިއްތިހާދުގެ ކެންޑިޑޭޓަށް ބާރު އެޅުއްވުން ކަމަށްވެސް ޝިފާޒް ވިދާޅުވިއެވެ.

" މި ގަރާރަކީ ދިވެހިރާއްޖެއާއި ރާއްޖެއިން ބޭރުގައި ހުރި ވަގަށް ނަގާފައިވާ ދައުލަތުގެ ފައިސާއާއި މުދާ ބަންޑާރަ ނައިބު މެދުވެރިކޮށް ހޯދައި، ދައުލަތަށް އެފައިސާ ރުޖޫއަކުރުމަށް ކުރެވޭ މަސައްކަތް އަލަށް އުފެދޭ ސަރުކާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފެށްޓެވުމުން އެކަމަށް އެހީތެރިވެދިނުމުގެ ގޮތުން، އެކަމަށް ބޭނުންވާނެ ފަންނީ ތަޖުރިބާކާރު ފަރާތްތަށް ހޯދައި އެކަމަށް ވާން ޖެހޭ ތައްޔާރީތަށް އެމްޑީޕީގެ ޗެއާޕާސަން އާއި ހަވާލުކުރުން. އަދި ވަގަށް ނަގާފައިވާ ދައުލަތުގެ ފައިސާ ހޯދުމަށް އިއްތިހާދުގެ ރައީސް އިބްރާހިމް މުހައްމަދު ސޯހިލްއަށް ބާރު އެޅުން" ޝިޔާޒް ވިދާޅުވިއެވެ.

ހިޔާނާތުގެ ފައިސާ ހޯދުމުގެ ޤަރާރު ފާސްވެފައިވާއިރު އެ ގަރާރުގައިވާ ގޮތަށް ކަންތައްތައް ފަހިކޮށްދިނުމުގެ މަސްއޫލިއްޔަތު އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފްއާ ވަނީ ހަވާލުކޮށްފައެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގެ ތެރެއިން - ވަގުތު އިމޭޖެސް: އަމީން ފަހުމީ

" އިރާދަކުރެއްވިއްޔާ އަޅުގަނޑާއި ހަވާލުކުރެއްވި މަސްއޫލިއްޔަތާއި މެދު އަޅުގަނޑު ވަރަށް ފަރުވާތެރިވާނަން. އަދި އިބްރާހިމް މުހައްމަދު ސޯހިލް ވެރިކަމާއި ހަވާލުވެ ދައުލަތުގެ ބަންޑާރަ ނައިބެއް އައްޔަނުކުރައްވާ ބަންޑާރަ ނައިބާއި ހިޔާނާތުގެ ފައިސާ ހޯދުމުގެ މަސްއޫލިއްޔަތު ހަވާލުކުރެއްވުމުގެ ކުރިން އަޅުގަނޑާއި ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތު އަދާކޮށް ނިންމާނަން." ހަސަން ލަތީފް ވިދާޅުވިއެވެ.

މިއަދު ފާސްކުރެވުނު ގަރާރަށް ޤައުމީ މަޖިލީހުގައި ތިއްބެވި ގިނަ މެންބަރުން ވަނީ ވާހަކަފުޅު ދައްކާފައެވެ. އަދި ގިނަ މެމްބަރުން ވަނީ ރައީސް ޔާމީންގެ ސަރުކާރުން ބޮޑެތި ވައްކަންތަށް ކޮށްފައިވާކަމަށާއި އަދިވެސް ވައްކަން ކުރައްވަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގެ ތެރެއިން - ވަގުތު އިމޭޖެސް: އަމީން ފަހުމީ

ހިޔާނާތުގެ ފައިސާ ހޯދުމަށް އެމްޑީޕީއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ފާސްކުރެވުނު ގަރާރަށް ވާހަކަފުޅު ދައްކަވަމުން އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ މި ގަރާރަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށާއި ވެރިކަމާއި ހަވާލުވެ ފުރަތަމަ ދުވަހު ތިން ކަމެއް ކުރައްވާނެ ކަމަށެވެ.

" އަޅުގަނޑު ފުރިހަމައަށް ތާއީދު ކުރަން މި ގަރާރަށް. އަޅުގަނޑުވާނެ ވެރިކަމާއި ހަވާލުވެ ތިން ކަމެއް ފުރަތަމަ ދުވަހުން ފެށިގެން ކުރުމަށް ވާނީ ވައުދުވެފައި. އެއީ ނާއިންސާފުން ހައްޔަރުކުރެވިފައިވާ ހައްޔަރީންނާއި ރާއްޖެއަށް ނާދެވޭގޮތަށް ރާއްޖެއިން ބޭރުކުރެވިފައިވާ ފަރާތްތަކަށް އެ ފަރާތްތަކުގެ ހައްޤު ހޯދައި ދިނުމަށާއި، ރައީސް ޔާމީން އާއި އޭނާގެ ބައިވެރިން ދައުލަތުގެ ހަޒާނާއިން ކުރައްވާފައިވާ ވައްކަމުގެ ފައިސާ ހޯދުމާއި މާލޭގެ މަގުތަކުގައި ހަޤީގަތް ނޭނގޭ ގޮތަށް މަރާލެވިފައިވާ ފަރާތްތަކަށް އިންސާފު ހޯދައި ދިނުން" އިބޫ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. Anonymous

    އެމް.ޑީ.ޕީ ސަރުކާރުއޮތް އިރު ގެއްލުނު، ފައިސާތައް ހޯދާކަށް ބޭނުމެއްނުވޭ. މިހުރީ އިހުލާސްތެރިކަން ހުރިވަރު. މުސްލިމުންނަކީ، ފުރަތަމަ ތިމާގެ ފުލުގައިއޮތް މުޑުދާރުކަން ސާފުކޮށްފަ އެހެން މީހުނާ ހަމައަށް އަންނަބައެއް.

  2. ރާޑޯ

    ވެރިކަމަށް އާދެވިގެން ދޯ ތިކަމެއް ކުރެވޭނީ

  3. މޫސަ

    ހައްހައްހައް! އަމިއްލަޔަށް "އަޕްނޭ އާޕްކޯ ހަވާލޭ ކަރްދޯ" ވެބަލަ!

  4. ހަބޭސް

    ތިއުޅެނީ އެމްޑީޕީގެ ސަރުކާރެއްތާ ނޫނީ އިއްތިހާދެއްގެ ސަރުކާރެއްތަ ގެންނަން ކޮބާ ތިބުނާ އިއްތިހާދުގެ ފަހުލަވާނުން އެމްޑީޕީގެ ވެރިކަމުގައި ގެއްލުނު ފައިސާ އަދިވެސް ހަމަ ނުކުރެވެ އެފައިސާ ހޯދާ ޤަރާރު ފާސްކުރަން ވީނު ޖޭޕީ އާއި އަދާލަތުން

  5. މޮޔަވެދާނެ

    ތި ޝިފާޒެއް ނޫންތަ ބުނީ ގަދައަޑުން އެމްޑީޕީ މީހުންނަށް ދީފައޭ އެހެންބަޔަކަށް ފުލެޓް ދޭނީ؟

    ދެން ކޮން އިންސާފެއްތޯ ތިޔަބައިމީހުންނަށް ގާއިމް ކުރެވޭނީ؟؟؟؟؟؟؟

  6. އަލީ

    ތިޔަ ހުސް ދަޅަ. ގެެއްލުނު ފައިސާއިން މިހާރު ކެމްޕެއިން ކުރަނީ. ކިހާރީތި. ތިހެން އީވާން ނަސީމްގެ ހައްގު ހޯދައިދޭނަމޭވެސް ބުނި 2008 ވެރިކަން ލިބިއްޖެނަމަ. ހަރާން ވީ ކަމެށް.

  7. ބާސާ

    ތިކަހަލަ ހުވަފެންދެއްކި 2008 ގަވެސް

  8. ަައަހްމަދު

    މިސަރުކާރުން ގެއްލުނުފައިސާ ހޯދުމުގެކުރިން އެމްޑީޕީ ސަރުކާރުގައިގެއްލުނުފައިސާ ފުރަތަމަހޯދަންވީ

  9. ނިހާދު

    ޙެހެ އެންމެ ފުރަތަމަވެސް އެމްޑީޕީ ވެރިކަމުގަ ދައުލަތުން ވަގަށްނެގިފައިސާ އެޙޯދާކަމަށް ވަންޏާ ތިޔަމަޖިލިސްގެ ތިންބައިކޮއްފަ ދެބައި ހަޔަރުކުރޭ ވާހަކަނުދައްކާ ހުސް ގުނބޯ މިހާރު ތިތިބެވެނީ ވެރިކަން ހިތުން ލިބިގެން

  10. ޕިންޕޮން

    މޑޕ ސަރުކާރުގަ ވަގަށްނެގިހާ ލާރިޔާއި..ސުނާމީގައި ހާލަުގަޖެހިފައިވާ ފަރާތްތަކުގެ ބޯހިޔާވަހިކަން ފޯރުނުކޮށްދީ ދެފަހަރުމަތިން ކުރީގައި ލާރި ދައްކާ ނިންމާފަ ހުރި ބިލުތަކަކަށް އޮޅުވާލައިގެން ފައިސާ ނެގި އިރު ސުނާމީގަ ހާލުގަޖެހުނު ފަރާތްތަކުގެ ތެރެއިން ގިނަ ބަޔަކު އޭރުވެސް ވަގުތީ ހިޔާތަކުގަ ދިރިއުޅެމުން ދޭ..60 މިލިޔަނަށްވުރެން ގިނަ ރުފިޔާ ކާލި. މިއީ މޑޕ ސަރުކާރުގަ ޑިޒާސްޓަރ މެނޭޖުމެންޓް ސެންޓަރުން އެކަނި 1 އަހަރު ކާލާފަ ހުރިވަރު! ބާގީ ޝާހިދު އެކަނި ކާލާފަ ހުރިވަރު! ސުނާމީގަ ހާލުގައިޖެހުނު ދިވެހި ރައޔިތުންނަށް ގެދޮރާއި އެހެނިހެން ކަންކަން ފުރިހަމަ ކޮއްދެއްވީ ރައީސް ޔާމީން!

  11. އރކ

    ކޮބާ އެސެޓްސް ރިކަވަރީ ކޮމިޝަން؟ ކުރީގެ ސަރުކާރުތަކުން ވަގަށްނެގި ފައިސާއާއި މުދާ އަތުލުމުގެ ގަރާރު ނެރެ އަމަލީ މަސައްކަތް އަވަހަށް ފެއްޓުމަށް ގޮވާލަން!