ސަރުކާރުން ޖައްސާފައިވާ ހާލުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ގެއްލިފައިވާ ކަމަށާއި އަދި ވަކި ގައުމެއްގެ އަތްދަށަށް ގައުމު ދިއުމުގެ ބިރު ބޮޑުކޮށްފައިވާ ކަމަށް މި ސަރުކާރުގެ ފުރަތަމަ ނާއިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ވީޓީވީގައި ވާހަކަދައްކަވަމުން ޑރ ޖަމީލް ވިދާޅުވީ ތަރައްގީގެ ނަމުގައި ސަރުކާރުން މިގައުމު ދަރުވާލާފައިވާކަމަށާ ދިވެހި ރާއްޖެ މިދަރަޖައަށް ދަރުވާލި ދައުރެއް ދިވެހި ގައުމު ދެކެފައިނުވާ ކަމަށެވެ. ޖަމީލް ވިދާޅުވީ ތަރައްގީގެ ނަން ނިވާފަތްގަނޑަކަށް ހަދާ މުޅި ގައުމު ދަރުވާލާފައިވަނީ ދުވަހަކުވެސް ރާއްޖެ ނުދެކޭފަދަ ދަރަޖައަކަށްކަމަށެވެ.

"ރައީސް ޔާމީން ގެނެސްދެއްވިކަމަށް ބުނާ ތަރައްގީގެ އެއްވެސްކަމެއް ދިވެހި ރާއްޖެއިން ފެންނަން ނެތެ. އޭގެ ބަދަލުގައި ފެންނަން އޮތީ ބޮޑު ދަރަންޏަކުން ގައުމު ދަރުވާލާފައިވާތަން" ޑރ ޖަމީލް ވިދާޅުވިއެވެ.

ޑރ. ޖަމީލް ވިދާޅުވީ މޭމަތީގައި އަތްޖައްސަވާ ފަޚުރުވެރިކަމާއެކު އަދިވެސް ލޯން ނަންގަވާނެކަމަށް ރައީސް ޔާމީން ވިދާޅުވާއިރު، ރައީސް ޔާމީނާއިއެކު ގައުމަށް ލިބޭނެ ކުރިއެރުމެއް އަދި ތަރައްގީއެއްވެސް ނޯންނާނެކަމަށެވެ.

" މި ސަރުކާރުން ޖައްސާފައިވާ "ހާލު"ގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ގެއްލި , ވަކި ގައުމެއްގެ އަތްދަށަށް ގައުމު ދިއުމުގެ ބިރުބޮޑު ވެއްޖެ. ރާއްޖޭގެ ތަރައްގީ އެތަށް ތަނެއް ފަހަތަށް ޖެހި އަންނަން އޮތް ޖީލުތަކާއި ހަމައަށް ގައުމު ވާސިލްކޮށްދޭން ޖެހިފައިވަނީ ދަރަނިވެރިވެފައިވާ ގައުމެއްގެ ގޮތުގައި " ޑރ ޖަމީލް ވިދާޅުވިއެވެ.

ރައީސް ޔާމީނަކީ އިގްތިސާދީ މާހިރެއްކަމަށް ވިދާޅުވާ ވިދާޅުވުމަށް ފާޑުވިދާޅުވަމުން ޑރ ޖަމީލް ވިދާޅުވީ ވިސްނުންތެރި އެއްވެސް ސިޔާސީ ލީޑަރެއްގެ ވެރިކަމުގައި ތަރައްގީއަކީ ވަކި ސަރަހައްދަކަށް ލިމިޓްވެފައިވާ އެއްޗަކަށް ނުވާނެކަމަށެވެ.

"ރައީސް ޔާމީންގެ ސިޔާސަތަކަކީ އަތޮޅުތައް ބާކީކޮށް އެއްކިބާކުރުން, ބޭނުންވަނީ ރައްޔިތުންގެ ދިރިއުޅުން ދަތިކޮށް މާލެ ތޮއްޖެއްސުމަށް އެކަން ރައީސް ޔާމީންގެ ވާހަކަތަކުން ހާމަވޭ" އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު ރާއްޖެވެސް ހިންގަމުންދަނީ ހުރިހާ ރައްޔިތުން ދައްކާ ފައިސާއިންކަމަށާއި އެހެންކަމަށްވީއިރު ހަމަހަކަން ގެއްލުވާލާ ތަރައްގީ ވަކި ދިމާއަކަށް އައިސްގެން ނޫނީ ނުލިބޭނެކަމަށް ބުނުމަކީ ހަމަޖެހޭކަމެއް ނޫންކަމަށް ޖަމީލް ވިދާޅުވިއެވެ.

" ތަރައްގީއަކީ ވަކި ސަރަހައްދަކަށް ލިމިޓްވެފައި އެއްޗަކަށްނުވާނެ. ނަމަވެސް އެމަނިކުފާނު މި ވިދާޅުވަނީ ތަރައްގީ ބޭނުންވާނަމަ މިވެނިތަނަކަށް ހިޖުރަކުރާށޭ." ރައީސް ޔާމީނަށް ފާޑުވިދާޅުވަމުން ޑރ ޖަމީލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ޒާ

  ޖަމީލަކީ ގައުމުގެ ކަރާމަތާއި މިނިވަންކަމުގެ އަގު އަދާކުރުމުގެ ވާހަކަ ދެއްކެން އޮތްމީހެއްނޫން. އަމުދުން އިންވެސްޓަރުންނޭ ކިޔައިގެން އަނގަހުޅުވަން ލަދުނުގަންނަކަން.

 2. ނިޔާޒް

  ކަލޭގެލޯކަނުތަ

 3. މައުސް

  އަޅެ ތިބޭފުޅާ ތިހިރީ ހަމަހޭގަތަ؟ ރާއްޖެ ތަރައްގީވެފައިވާވަރު ނުފެންނަން އަނިޔާވެރިވިޔަސް ބޮޑުވަރު ، ރޯމާދުވާލު ތިދޮގުހަދަނީ ކާކައްތަ

 4. ޢަލީ

  އަޅެ މީނާގެ ލޮލަށް ހުރީ ހިކި މިރުސް އެޅިފަބާ؟؟؟

 5. ދޮންދުބުރިމާ

  ގޮވާނެ ދެން ކަނޑުކޮހެއް ނެތުމުން ތިޔަކަހަލަ ވާހަކަ ދައްކާނެ މިހާރު ތިހުރީ ބާކީވެފަ

 6. ޖަޟީލަށް ވަރަށްސަލާމް

  ލޯމަރައިގެން އުޅޭ މީހަކަށް މިދައުރުގައި ރައީސްޔާމީން ރާއްޖެއަށް ގެނެސްދެއްވާފައިވާ ތަރައްޤީއެއް ނުފެންނާނެ.

 7. އަބުލް ޙަސަން

  ބަލަ މޮޔަޔާ..ކަލޭ އެތަނެއްގަ ހުރެގެން އަނގަ ގަޅާ އިނގިރޭސިވިލާތުގެ ލަންޑަނާ އެހެން ތަންތަނާ ތަފާތެއް ނޫންތަ. ކަލޭގެ ބުއްދިއާ އަދި ދެލޯ ހުރީ ސަލާމަތުންތަ. ކޮންމެވެސް އެއްޗެއް ވީދެނިކޮށް ނިމުނީ. ބަލަ މާލޭ ސިޓީ އާދެ ވެރިކަންކުރާ ސިޓީ ތަރައްޤީނުކޮށް ކޮން ޤައުމަކުންތަ ރަށްފުށު ހިސާބު ތަރައްޤީ ކުރީ. ބޯ ބުރާންތި. ތިހެން ބުނި މައިތިރިޕާލާ ވެސް. އެންމެފަހުން އުނބަށް ޖަހާފަ ޗައިނާ އަތްދަށުވީ. ހަމަ ލޯނު ނަގައިގެން ތަރައްޤީ ކުރަނީ. ކަލޭ ލާރި ޖަހަނީތަ، މި ރާއްޖެ ތަރައްޤީ ކުރަން.

 8. ޙަރާމީ

  ކަލޭ ތީކާކު؟؟ ރައީސް ބޭނުންވާ ގޮތެއްވެސް އަދި ރައްޔިތުން ބޭނުންވާ ގޮތެއްވެސް ކަލެޔަކަށް ނޭގޭނެ! ކަލޭ ތީ ހަރާމްކޯރެއް! ކަލޭ ޖެހޭނީ ޖަލަށްލާން..އެނޫން ގޮތެއް ކަލެޔަކަށް ނެތް!