ޖިނާޢީ މައްސަލައެއްގައި ޖަލުގައި ބަންދުކުރައްވާފައި ހުންނެވި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލް ޤައްޔޫމަށް، ޖަލުން ދޭ ފަރުވާތަކަށް، މައުމޫނުގެ ޕާސަނަލް ޑޮކްޓަރު ތަޢުރީފު ކޮށްފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން، ރައީސް މައުމޫނަށް ދެމުންދާ ފަރުވާއަށް ޑޮކްޓަރު ތައުރީފު ކުރައްވާފައިވަނީ، އޭނާގެ އަމިއްލަ ފޭސްބުކު އެކައުންޓުގައި، އޮންލައިން ނޫހެއްގައި ޝާޢިރު ކޮށްފައިވާ ޚަބަރެއް ޝެއަރ ކުރައްވަމުން ލިޔުއްވާފައިވާ ސްޓޭޓަސް އެއްގައެވެ.

މައުމޫނުގެ އަމިއްލަ ޑޮކްޓަރުގެ ގޮތުގައި އެތައް އަހަރުތަކެއް ވަންދެން މަސައްކަތް ކުރަމުން އަންނަ ޑރ. އަބްދުﷲ ޖުނައިދު ވިދާޅުވެފައިވަނީ މައުމޫނަށް ލޮލުގެ ފަރުވާ ދިނުމަށް، އޭނާއަށް ޚާއްޞަކޮށްގެން ވަކި ކްލިނިކެއްވެސް ހަދާފައިވާކަމުގައެވެ. އަދި، އެތަނުގައި އަގުބޮޑު އާލާތްތައް ހުރިކަމަށްވެސް، ޑޮކްޓަރު ވިދާޅުވެފައިވެއެވެ.

"މިއީ އެންމެ ބަލިމީހެއް ބަލަން ޖަލުގައި ހެދި ލޮލުގެ ފުރަތަމަ ކްލިނިކް" ޑރ.ޖުނައިދު ވިދާޅުވެފައިވެއެވެ.

ޑރ.އަބްދުﷲ ޖުނައިދު

ރައީސް މައުމޫނަށް ފަރުވާ ދެއްވުމަށް، މިހާރުވެސް ޖަލަށް ޒިޔާރަތް ކުރާ ޑޮކްޓަރު ދައްކާފައިވާ ވާހަކަތަކާ، މައުމޫނުގެ ޤާނޫނީ ވަކީލުން ދައްކަމުންދާ ވާހަކަތަކާ ނުގުޅެއެވެ. އަދި، މިކަމުގެ ސަބަބުން ވަކީލުން ދައްކާ ބައެއް ވާހަކަތަކީ ހަގީގަތްކަމާމެދު ސުވާލު އުފެދެއެވެ.

މީގެއިތުރުންވެސް، ޑރ. ޖުނައިދު ވިދާޅުވެފައިވަނީ އެންމެ ބަލި މީހެއް ބެލުމަށް ކަރެކްޝަނަލް ސަރވިސް އިން ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ. އެގޮތުން، މާފުށީ ޖަލުގައި ހުންނަ ކްލިނިކުގެ، ބަލިމީހުން ބަލާ ކޮޓަރިތަކުގެ ތެރެއިން އެއް ކޮޓަރީގައި ރައީސް މައުމޫނަށް ޚާއްޞަ ލޮލުގެ ކްލިނިކް ގާއިމްކޮށްފައިވާކަމުގައެވެ. އޭނާ އިތުރަށް ވިދާޅުވެފައިވަނީ، ލޯ ޗެކު ކުރުމަށް ބޭނުންވާ ތަކެތި ހުންނަން ޖެހޭނެކަމަށް، އޭނާ ކަރެކްޝަންސް އަށް އެންގުމުން، އެފަރާތްތަކުން އެތަކެތި ހޯދާ، މާފުށީ ޖަލުގައި ބަހައްޓާފައިވަނީ އެންމެ 24 ގަޑިއިރުގެ ތެރޭގައިކަމަށެވެ.

"މިއީ އާދައިގެ ޕޭޝަންޓެއް ނޫން ކަމަށް ގަބޫލުކުރަމެވެ. އެކަމަކު އެމަނިކުފާނާ މެދު ޖަލުގައި އަޅާނުލާ ނަމަ، މި ގޮތަށް އަމަލު ކުރުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟" ޑޮކްޓަރު ވިދާޅުވިއެވެ.

ފޭސްބުކުގައި ކުރެއްވި ޕޯސްޓުގައި ޑޮކްޓަރު އިތުރަށް ވިދާޅުވެފައިވަނީ އޭނާ ކޮންމެ ފަހަރަކުވެސް މާފުށީ ޖަލަށް ދިއުމުން ކަރެކްޝަންސް އިން ޢަމަލު ކުރަމުންދަނީ ވަރަށް އިހުތިރާމާ އެކުގައި ކަމަށެވެ. އަދި، އެފަރާތްތަކުން މިކަންކަމުގައި އެއްބާރުލުން ދޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ޑޮކްޓަރުގެ މި ފޭސްބުކު ޕޯސްޓު، ސިޔާސީ ޕްރޮޕެގެންޑާ ފެތުރުމަށް ބޭނުން ނުކުރުމަށް އެދިފައިވާއިރު، ނޭނގޭ ކަންކަމުގެ ވާހަކަ ދައްކާ ކޮމެންޓު ކުރުމަކީ ރަނގަޅު ކަމެއް ނޫންކަމަށްވެސް، ވިދާޅުވެފައިވެއެވެ.

މިކަންކަމާ ގުޅިގެން، ބައެއް މީޑިޔާތަކަށް މައުލޫމާތު ދެމުން ރައީސް މައުމޫނުގެ ޤާނޫނީ ޓީމުގައި ހިމެނިވަޑައިގަންވާ ބޭފުޅަކު ވިދާޅުވެފައިވަނީ، ޑޮކްޓަރު ދެއްކި ހުރިހާ ވާހަކަތައް، ވަކީލުންގެ ކަންބޮޑުވާ ހުރިހާ ކަމަކާ ނުގުޅޭކަމަށެވެ. އަދި، ވަކީލުން ކަންބޮޑުވަނީ އެހެން މައްސަލައެއްގައި ކަމަށާއި، އެފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، ރައީސް މައުމޫން ވެއްޓި ގެއްލުންކަމުގައެވެ. އަދި ޑޮކްޓަރުން ލަފާ ދެނީ ޞިއްޙީ ފަރުވާ ދޭ ތަނަކަށް ބަދަލު ކޮށްގެން ފަރުވާ ދިނުންކަމަށާއި، އެފަދަ ތަނަކަށް ބަދަލު ނުކުރުމަކީ އިހުމާލެއްކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ރާޑޯ

    ތިވާހަކަ އެމްޑީޕީ އަކަށް ހަޖަމެއް ނުވާނެ.

  2. ކަމަނަ މުހައްމަދު

    މައުމޫނަށް ފަރުވާ ދޭންވީ ކުޑަ ގޮޅީގަ، ބިޑި އަޅުވާފަ ބާއްވައިގެން. ތީ ހާއްސަ އިނާޔަތް ދީގެން ބަލަހައްޓަން ޖެހޭ ވަރަށްވުރެ ހަރާން ކޯރު ޖައްބާރެއް.

    • ބޮލާފޮށާ

      ޖަލުގައި ބާއްވަންޖެހޭ މީހާ އެނގޭނީ މިއަހަރުގެ ރިޔާސީ އިންތިހާބު ނިމުނީމާ.

  3. ފިނިފެންމާ ދޯނި

    އަހަރެން ނެތިން އެއްޗެއް ބުނާކަށް

  4. ޙަމޭ

    ޜައީސް ޔާމީން އަކީ ހަގީގަތުގަ އޯގާތެރިއެއްކަން މިއަދު އިހުސާސްވެއްޖެ.ޔާﷲ ރައީސް އައް ދެވަނަ ދައުރެއްދެއްވާންދޭވް.

  5. ހުސޭނުބޭ

    އެހެންވިއްޔާ ޖަލުގައި ތި ހެދި ލޮލުގެ ކްލިނިކުން އެންމެ ފުރަތަމަ މައުމޫނުގެ ވަކީލަށް ރަގަޅަށް ފަރުވާދިނުން މާ ބޮޑަށް އައުލާވެގެންވޭ!

  6. ދިވެހިރަތްލޭ

    ހަގީގަތް އޮޅުވާލާ އަމިއްލައެދުން ބޮޑު މަކަރުވެރީން އެމީހުންގެ ގެ އަމިއްލަމަސްލަހަތު ހިމާޔަތްކުރުމަށް ކޮފަނުކުރާނެކަމެއްނުއޮންނާނެ. ޢެފަދަމީހުންނައް އެމީހާއުފަންގައުމާއި ފަސްގަނޑު މުހިންމެއްނުވާނެ. ފަށްފަށުންދޮގުހަދާ އެވިއްކޭނެގޮތްވުންފިޔަވާ އިތުރުކަމެއް އެމީހަކު ބޭނުންނުވުމަކީ އާކަމެއްނޫން

  7. ލާހޫރޭ

    މިހާރު ވަރަށް ވައްތަރު ހަލުކު ހޯގަންނާ

  8. އަޙްމަދް

    މައުމޫނު ޖަލަށް ލާފައިހުރި ހުރުމަކީ އެއީ އަދުލު އިންސާފު މިރާއްޖޭގައި ކަށަވަރުވެގެންވާ ކަމުގެ އަލި ގަދަ ހެއްކެކެވެ.
    މިއީ އާއްމު ރައްޔިތުން އެކަމަށްޓަކާ އުފާކުރުން ހައްޤުވެގެން ވާކަމެކެވެ.
    އެހެނީ މުޖުތަމާގެ ހަމޖެހުމާއި ސަލާމަތާއި ރައްކައުތެރިކަން ކަށަވަރު ކުރުމަށްޓަކާ ކޮއްމެހެންވެސް ކުއްވެރިނަކީ މީސްތަކުން ނާއި އެކަހެރި ކޮއްފައި ބައިތިއްބަން ޖެހޭ ބަޔެކެވެ.

  9. ވާލުސޮރުބެ

    މައުމޫނު ފަހަތަށް ހުޅިޖަހަން ފެށީތަ

  10. ޢަމްޖަދު

    މައްމޫނުގެ ވަކީލުން ޖަލައް ދާކޮންމެފަހަރަކު ފުރަތަމަ އެމީހުންލޮލަ ފަރުވާދީފަ ވަޠްދާއޭރުން އެމީހުންނަޠް ތިއެޠްޗެހިތައް ފެއްނާނީ

  11. އާދަނު

    މައުމޫން ޖަލު ހެދީ އެހެންވީމަ މައުމޫން ވެސް ވާނެ ޖަލު އެކްސްޕީއެން ކޮށްލަން
    ވަރަށް ގިނަ އާމު ރައްޔިތުން ކުށެއްނެތި މައުމޫން ޖަލުގަ ގެންގުޅުނު
    ކުށްވެރިންނަކަ ނުޖެލޭނެ 5 ތަރީގެ ޚިދުމަތް ދޭކަށް