އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކެމްޕެއިން ދަތުރުފުޅެއްގައި މިއަދު ސްރީލަންކާ އަށް ފުރާވަޑައިގެންފިއެވެ.

އިބޫ މިއަދު ލަންކާ އަށް ވަޑައިގަންނަވާއިރު މާދަމާގެ ވަގުތެއްގައި އެގައުމުގައި ދިރިއުޅުއްވާ ދިވެހިންނާއި ބައްދަލުކުރައްވާނެއެވެ. މި ބައްދަލުކުރެއްވުމުގައި ލަންކާގައި މިވަގުތު ދިރިއުޅުއްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މި ބައްދަލުކުރެއްވުން އޮންނާނީ މާދަމާ ހަވީރު 05:00 އިން ފެށިގެން ރޭގަނޑު 08:00 އަށް ބަރްޖާޔާ ހޮޓެލްގައެވެ.

މިއީ ރިޔާސީ ކެންޑިޑޭޓަކަށް އިބޫ ވެވަޑައިގެންނެވި ފަހުން ރައީސް ނަޝީދާއި އެކީ ރައްޔިތުންނާ ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ.

މި ދަތުރުފުޅަށްފަހު އިބޫ އެނބުރި ރާއްޖެ ވަޑައިގަންނަވާނީ އަންގާރަ ދުވަހުއެވެ.

އިބޫ ލަންކާ އަށް ފުރާވަޑައިގެންނެވިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް އޭނާ ވަނީ ކެމްޕެއިން ދަތުރުތައް ކޮށްފައެވެ. އެގޮތުން އިބޫ މިހާތަނަށް ވަނީ އައްޑޫ ސިޓީ އާއި ފުވައްމުލަށް އަދި ހދ.ކުޅުދުއްފުށި ފަދަ ބޮޑެތި ރަށްތަކަށް ދަތުރުތައް ކުރައްވާފައެވެ.

މީގެއިތުރުން އިބޫގެ ރަނިން މޭޓް ފައިސަލް ނަސީމް ވެސް ގެންދަވަނީ ކެމްޕެއިން ހަރަކާތްތަށް ކުރިއަށް ގެންދަވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބަންކަރު

    ކެނެރީގެ ބޮޑުފާދިރީ ކާރިޔަށް އެދަނީ ޑޯޒެއް ނަގަން.

  2. ކީއްވެ

    ނަސީދުއާ ބައްދަލުކުރަން ލަންކާއަށް!