ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މަކަރު ހަދައިފިނަމަ ދިވެހިރާއްޖެ ހިފުމަށް، އިންޑިއާގެ ވެރިކަންކުރާ ހަރުކަށި ހިންދޫއިން ކޮންޓްރޯލްކުރާ ބީޖޭޕީގެ އިސް މެމްބަރެއް ކަމަށްވާ ސުބްރަމާނިއަން ސުވާމީ ގޮވާލެއްވި މައްސަލާގައި އިންޑިއާ ސަފީރު އަކިލެޝް މިޝްރާ ފޮރިން މިނިސްޓްރީ އަށް ހާޒިރުކޮށްފިއެވެ.

އޭނާ ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށްފައި ވަނީ މިއަދުއެވެ. މިޝްރާ ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށް އޭނާއާ ސުވާލު ކުރެއްވީ ރާއްޖޭގެ ފޮރިން ސެކެޓްރީ އަހުމަދު ސަރީރުކަމަށް މައުލޫމާތު ލިބެއެވެ. އެހެން ނަމަވެސް އެ ބައްދަލުވުމާއި ގުޅޭ އިތުރު މައުލޫމާތުތަކެއް ލިބިފައެއް ނުވެއެވެ.

ނަމަވެސް އެނގިފައިވާގޮތުގައި، އެ ބައްދަލުވުމުގައި ސަރީފް ވަނީ އެ ގޮވާލެއްވުމާއި މެދު ކަންބޮޑުވާކަމަށް ވިދާޅުވެފައެވެ.

ރާއްޖެ ހިފުމަށް ގޮވާލާ ފާޅުކަން ބޮޑުގޮތެއްގައި ސުބްރަމާނިއަން ގޮވާލެއްވިއިރު، އެއީ އިންޑިއާ ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާން ވަނީ ވިދާޅުވެފައެވެ.

އިންޑިއާ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަވީޝް ކުމާރާއި ޙަވާލާދީ އެ މިނިސްޓްރީން މިއަދު އާންމުކުރި ކުރު ބަޔާނެއްގައި ބުނެފައި ވަނީ ސުބްރަމާނިއަން ސުވާމީގެ ޓްވީޓަކީ އޭނާގެ އަމިއްލަ ޚިޔާލުފުޅު ކަމަށާއި އެއީ އިންޑިއާ ސަރުކާރުން ދެކޭ ގޮތް ނޫން ކަމަށެވެ.

"ޑރ.ސްވާމީގެ ހިޔާލަކީ ސްވާމީގެ އަމިއްލަ ހިޔާލެއް. އެއީ އިންޑިއާ ސަރުކާރުގެ ވިސްނުމެއް ނޫން،" ރަވީޝް ކުމާރު ވިދާޅުވެފައިވެއެވެ.

ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވާލައިފިނަމަ އިންޑިއާ އިން ރާއްޖެއަށް އަތްގަދަކުރަން ޖެހޭނެ ކަމަށް ސުބްރަމާނިއަން ގޮވާލާފައި ވަނީ ޙުކުމަށް ފިލައިގެން ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ލަންކާގައި ބައްދަލުކޮށް ރާއްޖޭގެ ސިޔާސީ މަސްރަހާއި ބެހޭ ގޮތުން މަޝްވަރާ ކުރިތާ ދެތިން ދުވަސް ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަރުބުރުސް މަތިމަސް

    ބަލަގަ ، ތިޔަ އިންޑިޔާ ތަރުޖަމާނު ކައިރީގައި ބުނެބަލަ ކަލޯމެންގެ ވިސްނުން ރާއްޖެހިފުމަށް އޮތަސް ތިޔަކީ ވާނޭ ކެމެއް ނޫނޭ. އިންޑޔާއިން ރާއްޖެހިފުމުގެ ކުރިން ޖެހޭނީ ޗައިނާ ، އިނގިރޭސިވިލާތް ، ސައުދި އަރަބިއްޔާ ، އެމެރިކާ ، ޖަރުމަން ، ފްރާނސް ، ތުރުކީ ، ޖަޕާން ، ސްރީލަންކާ ، އޮސްޓްރޭލިއާ ، އިޓަލީ މިޤައުމުތައް ހިފަން. އެއަށްފަހު ރާއްޖެހިފަންވީ. ބޯ ހަލާކް.

  2. ޤުރްބާން ވާނަން

    ކޮބާކޮމެންޓެއެއް ކޮލާނެކުައެޖެއްނެއްތަ އިންޑިއާއަރައިފިޔާ މަޤުރުބާންވާން މެގޭލޭ ގުރުބާން ކޮލާން ތައްޔާރު