ވަގު ފިންގަރ ޕްރިންޓް ޖަހައިގެން 1892 ފޯމު ރަޖިސްޓްރީ ކުރަން ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަން ކޮމިޝަނުން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވީ 1892 ފޯމް ހުށައަޅާފައި ވަނީ ސައްހަ ނޫން ފިންގަ ޕްރިންޓާއި އެކުގައި ކަމަށެވެ.

" އެ ފޯމްތަށް ހުށައެޅި ފަރާތްތަކާއި ދެކޮޅަށް އަޅުގަނޑުމެން ދައުވާކުރާނަން. މިއީ އިންތިހާބުގެ ޕްރޮސެސް ލަސްކުރުމަށް ހުށައެޅި ފޯމްތަކެއް" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މި ފޯމްތަކުގައި ފިންގަ ޕްރިންޓް ޖަހާފައި އޮތީ ވެރިފަރާތް ނޫން ކަން ވެރިފިކޭޝަނުން ސާބިތުވާ ކަމަށާއި މި ފޯމްތަށް ހުށައެޅުއްވި ފަރާތާއި ހެކިވެރިންގެ ގޮތުގައި ތިބި ފަރާތްތަކާއި މެދުވެސް އިލެކްޝަން ކޮމިޝަނުން ދައުވާ ކުރާނެ ކަމަަަށެވެ.

" މި ފޯމްތަކުގައި ފިންގަޕްރިންޓް ޖަހާފައި ހުރި ފަރާތްތަށް ދެނެގަތުމަށާއި ފޯމް މިތަނަށް ހިފައިގެން އައި ފަރާތްތަށް ވެރިފައި ކުރުމަށް އިރާދަކުރެއްވިޔާ ކުރިއަށް އޮތް ހަފްތާތެރޭގައި މި ފޯމް ތަށް އަޅުގަނޑުމެން ފުލުހުންނަށް ފޮނުވާނަން " ޝަރީފް ވިދާޅުވިއެވެ.

ނޫސްވެރިނާއި ވާހަކަ ދައްކަވަމުން ޝަރީފް އިތުރަށް ވިދާޅުވީ ފިންގަރ ޕްރިންގް ސާފް ނުވާތީ 102 ފޯމް އަދި ސައްހަކަން ކަށަވަރު ނުވާ 72 ފޯމް އަދި ފިންގަ ޕްރިންޓް ޔަގީން ނުވާ 3590 ފޯމް ރިޖެކްޓް ކޮށްފައިވާ ކަމަށެވެ.

"އަދި ބައެއް އެހެން ގޮތްގޮތުން 17 ވަރަކަށް ފޯމް އެބައޮތް. އޭގެ ތެރޭގައި ފިންގަ ޕްރިންޓް ފޯމްގައި ނެތް , އެއީ ދެން އަޅުގަނޑުމެންގެ މިސްޓޭކަކުން އެ ފޯމްތަަށް އެއޮތީ ބަލައިގަނެވިފައި " ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ރީރަޖިސްޓްރީ ވުމުގައި މިހާ ދިގު މުއްދަތެއް ނެގީ، ރިޔާސީ އިންިތިޚާބުގެ ރީރަޖިސްޓްރޭޝަން ޕްރޮސެސް އޮޅުވާލުމަށް ބައެއް ފަރާތްތަކުން މަސައްކަތްކޮށްފައިވާތީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ހުސޭނުބޭ

  ޖަޒީރާ ރާއްޖޭ ފޯމުތައް!

 2. އަސްމާއައްތަ

  ޝަރީފް ތިވިދާޅުވާ އަދަދާ ޕީޕީއެމް އިން ހުށަހެޅި އަދަދު ދިމާވޭ

 3. ގ

  ވަގުފޯމްމަތައް ހުށަހެޅި ފަރާތް ހޯދައި އިންސާފްގެ ކުރިމައްޗަށް ގެނައުމަށް ގޮވާލަން

 4. އ މ ރ ބ

  އެއީ ޖަޒީރާރާއްޖޭގެ މީހުން ކުރި ކަމެއްކަން ޔަޤީން