ރީ ރަޖިސްޓަރ ކުރަން ވަގު ފޯމު ހުށަހެޅި މީހުންގެ ނަންތައް ކޯޓުގައި ހާމަކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަން ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވީ އޮޅުވާލައިގެން ކަމަށް ވެރިފިކޭޝަނުން ސާބިތުވާ 1892 ފޯމް ގެ މައުލޫމާތު ހާމަކުރުމާއި ބެހޭގޮތުން އެ ކޮމިޝަނުން އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް އުފާވާނެ ރެޖިސްޓްރީ ކަންތަކުގައި އެއްވެސް ފަރާތަކުން ކޯޓަށް ވަޑައިގެންފިޔާ. އަޅުގަނޑުމެން ކޯޓުގައި ހާމަކުރާނަން ވޯޓުގެ ކަންތައްތައް އޮޅުވާލި ފަރާތްތަކުގެ މައުލޫމާތު " ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ކޯޓުގައި ހެކިތަކާއި އެކު ވޯޓުގެ ކަންކަން އޮޅުވާލީ ކޮން ބައެއް ކަން ހާމަ ކުރާނެ ކަމަށެވެ.

"އިލެކްޝަން ތޯ އޮޅުވާލީ ނުވަތަ އެ ފޯމްތަށް ހުށައެޅި ފަރާތްތަކުން ތޯ އޮޅުވާލީ އަޅުގަނޑުމެން ވަރަށް ސާފުކޮށް ސާބިތު ކޮށްދޭނަން " ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އެ މައްސަލަތައް ބަލަމުންދާ ކަމަށާއި އެ ފޯމުތައް ހުށަހެޅި ކޮން ބައެއްކަން އީސީއަށް އެނގޭ ކަމަށެވެ. އަދި ޝަރީފް ވަނީ ސައްހަކަން ކަށަވަރު ނުވާ ފޯމްތައް އިލެކްޝަންސް އިން ދެއްވާފައިވާ ތިން ދުވަހުގެ މުއްދަތުގެ ތެރޭގައި ރީރަޖިސްޓްރީ ކުރުމަށް އިލްތިމާސް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ނޫންތަ؟

  ސާބަހޭ އީސީ. އެންމެ ތަންފުކެއްވެސް ދޫ ނުދޭތި. ފޮނި އަރައިގަނެގެން ތެޅެވޭތޯ ބަލާނަން.

 2. ޙަސަންބެ

  ކޮބާ މިހާރު ހުންނާނީ ރަނގަޅަށް ރާކަނި މަސްކެވިފާ

 3. އިބޫ

  ތިކަން ކުރާނީ އެމްޑީޕީ މީހުން އަޑުގެ ކޮޅައް ހަޅޭލަވާ މުޒާހަރާގެ ގޭމްވެސް ޖައްސާނީ ހަމަ ތިމީހުން ނުވިތާކަށް ރާއްޖެޓީވީ ވާނެ ޕުރޮޕެގެންޑާ ފަތުރާދޭން މަސައްކަތް ކުރާ ސުޓޭޝަނަކަށް.

 4. އަދުރޭ

  އެމްޑީޕީ މީހުން މުޅިންވެސް ޖަހާނީ ބައިކޮޅައް ގޯލް ލޮލް