މި މަހުގެ 24 ވަނަ ދުވަހު "ފޭސްބުކް" ގައި އަންހެން ކުދިންތަކެއް ބައިވެރިވެގެން ކުޑަ އަންހެން ކުއްޖެއްގެ ގައިގާ ތަޅާ މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯގައި އަނިޔާ ލިބުނު ކުއްޖާ ހޯދަމުން ދަނިކޮށް އަމިއްލަ އަށް ފުލުހަށް ހާޒިރުވެއްޖެއެވެ.

ގެއްލިގެން ހޯދަމުންދިޔަ އަންހެން ކުއްޖަކީ ގދ.ތިނަދޫ / އާބާދުވާދީ، ނަޝްފާ ޙަސަން (15އ) އެވެ.

ފުލުހުން ވަނީ މިރޭގެ ވަގުތެއްގައި ނަޝްފާ ފުލުހަށް ހާޒިރުވެފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު މައުލޫމާތެއް މިވަގުތު ހާމަކުރެވެން ނެތް ކަމަށް ފުލުހުން ވިދާޅުވިއެވެ.

މީސް މީޑިޔާގައި ދައުރުވަމުންދާ ވީޑިއޯ އަކުން ފެންނަ ގޮތުގައި ތިން އަންހެނުން ވެގެން އެ އަންހެން ކުއްޖާ އެކަހެރި ސަރަހައްދަކަށް ގެންގޮސް އެކުއްޖާގެ މޫނުމަތީގައި ޖަހައި، ހުތުރު ބަހުން އެއްޗެހި ކިޔާ މަންޒަރު ފެނެއެވެ. އަދި ތަފާތު އެކި އިންޒާރުދީ އެކުއްޖާއަށް ގަނާކުރާ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ.

އެނގިފައިވާ ގޮތުގައި އެކުއްޖާއަށް އަނިޔާކޮށްފައިވަނީ ހުޅުމާލޭ "ޗައިނާ ފްލެޓް" ސަރަޙައްދަށް ގެންގޮހެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޝީޝާ

    ޢަނިޔާކުރި ވައިގަޑު ހީދާ އަދަބު ދީބަލަ އަފިވެސް އަނިޔާ ލިބޭމީހާ އާތާ ސުވާލުކުރަނ1ވީ

    • ޔޫމީ

      އަނިޔާ ލިބޭމީހާ އާ ސުވާލުކުރީމަދޯ އަނިޔާ ދިން މީހުން އެނގޭނީ

  2. ނަން ނޭންގޭ

    އެކުއްޖާއަށް ފޮށެ ޢަދަބު ދިން މީހުންތަކަށް ޢަދަބު ދިނުމަށް ގޮވާލަން.

  3. ނާނު

    އަނިޔާ ކުރި މީހުން ހޯދުމައްފަހު ޙައްގު އަދަބު ދިނުމަށް ގޮވާލަން

  4. ސަހަރޯ

    މަ ނުދެކެން ނަޝްގެ މަންމަވަރު އަޅާލާ މަންމަ އެއް.

  5. ފޫހި

    ކީއްކުރަން ހަވާލްވީ ..