ޕީޕީއެމާއި އެމްޑީއޭ ކޯލިޝަންގެ މުސްތަގުބަލާ މެދު ގޮތެއް ނިންމުމަށް މިރޭ އެމްޑީއޭގެ ކައުންސިލް ބައްދަލުވުމެއް ބާއްވަން ނިންމުމަށް ފަހު އެބައްދަލުވުން ފަސްކޮށްފިއެވެ.

އެމްޑީއޭގެ ކައުންސިލް ބައްދަލުވުން ފަސްކުރިކަން ކަށަވަރުވި ނަމަވެސް ބައްދަލުވުން ފަސް ކުރި ސަބަބެއް ވަނީ ސާފުނުވެފައެވެ. ދެން އެމްޑީއޭގެ ކައުންސިލް ބައްދަލުވުމެއް ބާއްވާނެ އިރެއް ވެސް އެޕާޓީ އިން ހާމަކޮށްފައެއް ނުވެއެވެ.

އެމްޑީއޭ އާއި ޕީޕީއެމް އިން 2013 ގެ ރިޔާސީ އިންތިޚާބާއި ދިމާކޮށް އެކުލަވާލި ކޯލިޝަން އެއްބަސްވުމުގެ މުއްދަތު މިހާރު ވަނީ ހަމަވެފައެވެ. އެހެންކަމުން އެއްބަސްވުން އާކުރުމާއި މެދު ގޮތެއް ނިންމަން މިހާރު އެމްޑީއޭ އަށް ވަނީ ޖެހިފައެވެ.

އެމްޑީއޭގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން ގެންދަވަނީ އެ އެއްބަސްވުމުގެ ދަށުން އެ ޕާޓީ އަށް ކޮށްދޭން އެއްބަސްވި ކަންތައްތަކަށް ސަރުކާރުން އަމަލުނުކުރާ ކަމަށް ބައެއް ފޯރަމްތަކުގައި ވިދާޅުވެފައެވެ. ނަމަވެސް ޕާޓީގެ އިސް ގިނަ ބޭފުޅުންނާއި އާންމު ގިނަ މެންބަރުން އަދިވެސް ތާއިދު ކުރަނީ ޕީޕީއެމް އަށް ތާއިދު ކުރާށެވެ.

މިމައްސަލައިގައި ޕާޓީގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު (ސަންޓްރެވަލް ސިޔާމް) ގެ ވިސްނުންފުޅު ހުރި ގޮތެއް އަދި ސާފެއް ނުވެއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭން ހަރަކާތްތަކުން އެމްޑީއޭގެ އިސް ބޭފުޅުން ނުފެނުނު ނަމަވެސް އެބޭފުޅުން ރައީސް ޔާމީންގެ ކެމްޕޭންގައި ބައިވެރިވަމުންދާ ކަމަށް ވެއެވެ. އެގޮތުން ބައެއް ބޭފުޅުން އެބޭފުޅުންގެ ދާއިރާތަކުގައި ކެމްޕޭން ހަރަކާތްތައް ކުރިއަށް އެބަގެންދަވައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ސީސީސީސީ

    މިހާރު ލިބޭވަރު މަދީކަމަށްވާނީ؟ ލަސްކޮށްލީމާ ލިބޭވަރު އިތުރުނާނެ

  2. ނުރަބޯ

    ޕީޕީއެމް އާއިއެކު ކުރިޔަށް ދިޔުމަށްވުރެ ފައިދާ އާއި ލާބަ އާއި މަންފާ ހުރިގޮތެއް އެމްޑީއޭ އަކަށް ނެތް. ދެންތިބީ ބުނާބަހެއްގައި ތެދުވެރިވާން ހިތައްވެސް ނާރާބައެއް.

  3. ؟؟؟؟

    ވިސްނަނީ ކަންނޭނގެ ކުރިއަށް ނުގޮއްސިއްޔާ އަންނާނެ ތުހުމަތު ތަކާ ދޭތެރޭ

  4. ޑިމޮކްރަޓިސްޓް

    އަޅެ ތި އެމްޑީއޭތީ ކީއްކުރަން ރަޖިސްޓްރީކޮށްގެން އުޅޭ ފާޓީއެއް؟ ރައްޔިތުންނަށް ކޮށްދެނީކީއް؟ ބޭއްވީ ކޮންއިވެންޓެއް؟ އެއްވެސް ހަރަކާތްތެރިކަމެއް ނުފެނޭ!

  5. މައުސް

    ޝިޔާމުގެ ދުވަސް ތިދިޔައީ. މާދަމާ ޝިޔާމުގެ ގެއިން ކަޅު ފޮއްޓެއް ނުވަތަ ޕެންޑުރައިވެއް ނުވަތަ މެޝިން ގަންއެއް ފުލުހުން ނުހޯދިއްޔާ ރަގަޅު.

  6. ފަޅުވެރިން

    މަޖްލިސް އިންތިޚާބަށް ވާއިރަށް ސަން ސިޔާމްގެ ކިބައިން ސަލާމަތް ވެވިއްޖެއްޔާ ވަރަށް ރަނގަޅު! ޕީޕީއެމްގެ ބުރިކަށިމަތީގައި ތިބެގެން ގޮނޑި ނަގާ ބައެއް ތިޔައީ! ސިޔާސީ އެއްވެސް އުރައްޕެއް ހުރި ބައެއް ނޫން ތިޔައީ! އަވަހަށް ދާންއުޅޭ! ތިކަހަލަ ލޮނުމަޑު މީހުންނަކަށް މިހާ ކޮޅިގަނޑު ގިނަ ދުވަސްވަރެއްގައި ހިފަހައްޓައެއް ނުލެވޭނެ!!

  7. މަަލަކުރި

    ސީޔާމަކީ މައުމޫނަށް ނުހަނު އިޙްތިރާމް ކުރާ މީހެއް އަދި މައުމޫންގެ އެދި ވަޑައިގެންނެވުމަކަށް ކޯލި ޝަނުގައި ބައިވެރިވީ މިއަދަކު މައުމޫން ނެތް

  8. އަސަރީ

    ބަލަ ދުރަށްދާށޭ ތިޔަބުނަނީ މަޖިލިސްތެރެއިން ޔާމީނުގެ ސަރުކާރު ވައްޓާލަން ބޭނުންވިނަމަ އެކަން ސިޔާމުގެ މަޖިލިސްމެންބަރުން މެދުވެރިކޮށް އެކަން ކިތައްމެ ރީއްޗަކަށްވެސް ކުރެވުނީސް! އެކަމަކު އެކަންއެގޮތައް ނުކުރީ ވަފާތެރިވުމުގެ ބޭނުމުގައި