އަލިފުށީގައި މިނިސްޓަރ ތޯރިގު ވާހަކަފުޅު ދައްކަވަނީ
މިނިސްޓަރ ތޯރިގު ވާހަކަފުޅު ދައްކަވަނީ

އިދުކޮޅު އިއްތިހާދުން ވެރިކަމުގެ ދަހިވެތިކަމުގައި ބޭރުފަރާތްތަކުގައި ވެރިކަން ހޯދައިދިނުމަށް އެދި އާދޭސް ދަންނަވަމުންދާ  ކަމަށް އެންވައިރްމަންޓް މިނިސްޓަރު ޠާރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.

އަލިފުށީގައި ގާއިމްކޮށްފައިވާ ނަރުދަމާގެ ނިޒާމް އިފްތިތާހުކުރުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޠާރިގު ވިދާޅުވީ، ވެރިކަން ހޯދައިދިނުމަށް އެދި ބޭރު ފަރާތްތަކުގައި އިދުކޮޅު ފަރާތްތަކުން ދަނީ އާދޭސް ދަންނަވަމުން ކަމަށެވެ.

ކުރީގެެ ރައިސް ނަޝީދާއި އިމްރާންއާއި ގާސިމް އިބްރާހިމް އަކީ ދުވަހަކުވެސް އެއްގަލަކަށް އަރުއްވާނެ  ބޭފުޅުންނެއްނޫން ކަމަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް މިވަގުތު އެބޭފުޅުން އެއްގަލަކަށްއަރާގެން އެއުޅުއްވަނީ ވެރިކަމުގެ  ދަހިވެތިކަމުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެބޭފުޅުން އެއުޅުއްވަނީ ވެރިކަމުގެ ދަހިވެތިކަމުގައި. މިހާރު އެކަން ނުވެގެން އެއުޅުއްވަނީ ބޭރުފަރާތްތަކުގައި ސަލާން ޖަހައިގެން ވެސް ވެރިކަން ލިބޭތޯ" މިނިސްޓަރު ޠާރިގު ވިދާޅުވިއެވެ.

އަލިފުށީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޠާރިގު އިތުރަށް ވިދާޅުވީ އިދިކޮޅު އިއްތިހާދުގެ ކެނޑިޑޭޓް އިބޫ އެއްފަރާތް ކުރެއްވުމަށްފަހު ކުރީގެ ރައީސް ދަނީ ބޭރު ފަރާތްތަކުގައި މިގައުމު ހިފުމަށް އެދި ސަލާން ޖަހަމުން ކަމަށެވެ.

އަލިފުށީގެ ނަރުދަމާ އިފްތިތާހުކުރުމުގެ ޖަލްސާގައި ޠާރިގު ފާހަގަކުރެއްވި ގޮތުގައި އަަލިފުށީގައި ވެސް ތަރައްގީއަށް  މަސައްކަތް ކޮށްދެއްވީ ރައީސް ޔާމީނެވެ.

"އަލިފުށީގެ ކުރިއެރުމުގައި އަދިވެސް އެބަހުރި ބައިވަރު ކަންތައްތައް. އެކަންތައްތައް ކުރެވިގެން މިދަނީ ހަމަ ރައީސް ޔާމިންގެ ޒައާމަތުގައި. މިއަދު އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ އަލިފުށީގައި ނަރުދަމާގެ މަސައްކަތް ވެސް ނިމިގެން ދިޔަތަން" ޠާރިގު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި މިއަދު އަޅުގަނޑުމެންނަށް މިއޮތީ ވަރަށް މުހިންމު ހިސާބަކަށް އާދެވިފައެވެ.  "ރިޔާސީ އިންތިހާބު މިއޮތީ އަޅުގަނޑުމެން ކުރިމަތީގައި މިހާރު ފެނިގެންއެބަދޭ މިރަށަށް ވެސް އިދިކޮޅު ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ވެސް ވަޑައިގަންފައި މިތަނުގަވެސް އެބޭފުޅުންގެ ބައެއް ވަހަކަ ދައްކަވާލިތަން. ނަމަވެސް ތިބޭފުޅުން ތިއްބެވީ ރައީސް ޔާމިން އާއެކުކަން އެބަހާމަ ކޮށްދެއްވާ" ޠާރިގު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަލޭމެން ރައްޔިތުން ކައިރީ ސަލާންޖަހަނީ ގޭގޭބަދިގެއައްވަންނަނީ

  2. އެކުދިން މިހާރު އެ އުޅެނީ ބޭރުމިހުންގެ އަށް ދަށުން ސަލާމަތް ނުވެވިގެން